Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑީއާރްޕީ

ޑީއާރްޕީއަށް މެންބަރުން ހަމަ ކޮށްފި، މާދަމާ ސައިކަލު ބުރު އޮންނާނެ

އަހަރު ނިމިގެންދާއިރު ފާޓީގެ އަމާޒަކީ ރާއްޖޭގައި ދެވަަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަށް ވުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 7 އޯގަސްޓު 2019 | ބުދަ 15:06
ޑީއާރްޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުއްލާ ޖާބިރު

ޑީއާރްޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުއްލާ ޖާބިރު

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އަށް 3000 މެންބަރުން ހަމަކޮށްފިއެވެ.

ޑީއާރްޕީއަށް މެންބަރުން ހަމަވިކަމަށް އަންގާ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުދަ ދުވަހު އެ ޕާރޓީއަށް ސިޓީއެއް ފޮނުވާފައެވެ.

Advertisement - newsAdvertisement

މޫކައި ހޮޓަލްގައި އެ ޕާޓީގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުއްﷲ ޖާބިރު ވަނީ އަހަރު ނިމިގެންދާއިރު ފާޓީގެ އަމާޒަކީ ރާއްޖޭގައި ދެވަަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަށް ވުން ކަމަށް ވިދާޅުވެފައެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ދާއިރު ޕާޓީގައި 80000 މެންބަރުން ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ ޑީއާރްޕީ ވެގެންދާނީ ސަރުކާރު ޒިންމާދާރު ކުރުވާ ފުރިހަމަ އިދިކޮޅު ސިޔާސީ ޕާޓީއަށް ކަމުގައެވެ. މިހާރުވެސް ރައްޔިތުންގެ މަޖީލީހުގެ ތެރޭގައި ޑީއާރްޕީ ތަމްސީލުކުރަމުން ދާކަމަށް ވިދާޅުވެ އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގެ ތެރެއިން އަށްވަރަކަށް އަމިއްލަ މެންބަރުން މިހާރު ވެސް ޑީއަރްޕީއާ ގުޅުމުގެ ވާހަކަ ދައްކާވާފައިވާކަމަށެވެ.

ޖާބިރު ވަނީ މި ބައްދަލުވުމުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޑީއާރްޕީގެ ފަރާތުން ކެނޑިޑޭޓަކު ނެރޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

ޑީއާރްޕީއަށް މެންބަރުން އިތުރުކޮށް ޕާޓީ ޕްރޮމޯޓް ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު ސައިކަލު ބުރެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ޕާޓީގެ ސެކްރެޓަރީޖެނެރަލް ނަހުލާ އަލީ ވިދާޅުވީ ސައިކަލް ބުރުގެ ހަރަކާތްތައް ކުރިއަށް ދާނީ ބުރާސްފަތި ދުވަހު ހަވީރު ހަތަރަކުން ހަޔަކަށް ކަމުގައެވެ. 4:00 އިން 5:00 އަށް ކުރިއަށް ދާނީ ޕާޓީގެ މެންބާރޝިޕް ފޯމް ފުރުމުގެ މަސައްކަތް ކަމަށާއި ސައިކަލް ބުރު ކުރިއަށް ދާނީ 5:00 އިން 6:00 އަށް ކަމަށް ނަހުލާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޕާޓީގެ ރެޖިސްޓްރާ އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުއްﷲ ރިފާއު ވަނީ ޑީއާރްޕީގެ ފަރާތުން އެ ޕާޓީގެ މެންބަރުންނަށް ހާއްސަކޮށްގެން އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ހާއްސަ މޯބައިލް އެޕެއް ތައްޔާރު ކުރުމުގެ މަސަައްކަތް ކުރަމުން ދާކަމަށް ވިދާޅުވެފައެވެ. އަދި އަވަަސް މުސްތަގްބަލެއްގައި ޕާރޓީގެ އޮފިޝަލް ވެބްސައިޓް ވެސް ލޯންޗް ކުރެވިގެން ދާނެ ކަމަށް ރިފާއު ވިދާޅުވިއެވެ.

ޑީއާރްޕީގެ މެންބަރުންނަށް ހާއްސަ މެންބަރޝިޕް ކާޑުތަކެއް ވެސް ދިނުމަށް ހަމަޖެހިފައިވާކަމަށް ރިފާއު ވިދާޅުވިއެވެ.

ޑީއަރްޕީގެ ރައީސް ކަމަށް އަބްދުއްﷲ ޖާބިރު ހަވާލުވުމަށް ފަހު ބޭއްވުނު އެންމެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެ މަނިކުފާނުވަނީ ޑީއާރްޕީ އަކީ ޕާޓީގެ މެންބަރުންނާ ގުޅިގެން ހިންގާނެ ޕާޓީއެއް ކަމަށް ވިދާޅުވެފައެވެ. މި ޕާޓީ އަކީ އެއްވެސް ބޭފުޅެއްގެ އާއިލީ ޕާޓީ އެއް ނޫންކަމަށް ވިދާޅުވެ ޕާޓީގެ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް އޮތްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު