Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީބޯޅަ

ސްރީލަންކާ އާއި ދިވެހިރާއްޖެ ބައްދަލުކުރާ މެޗަށް ޔޫތު ސެންޓަރ ފުރާލަދީ: މިނިސްޓަރ މަހްލޫފް

7 އޯގަސްޓު 2019 | ބުދަ 11:29

މެޗު ބެލުމަށް ވީހާވެސް ގިނަ އާންމުން ދިޔުމަށް މިނިސްޓަރ ވަނީ އެދިފައި

އަތޫފް އާތިފް
އަތޫފް އާތިފް | 7 އޯގަސްޓު 2019 | ބުދަ 11:29
ވޮލީ ޓީމާއިއެކު މިނިސްޓަރ މަހްލޫފް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ވޮލީ ޓީމާއިއެކު މިނިސްޓަރ މަހްލޫފް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އޮގަސްޓް މަހު 13 ވަނަ ދުވަހުގެރޭ ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރާ އެކުވެރިކަމުގެ މެޗު ބެލުމަށްވީހާވެސް ގިނަ މީހުން ސޯޝަލް ސެންޓަރަށް މެޗު ބެލުމަށް ދިޔުމަށް މިނިސްޓަރ މަހްލޫފް ގޮވައިލައިފިއެވެ.

ބުދަ ދުވަހު ގައުމީ ވޮލީ ޓީމާއި މިނިސްޓަރ މަހްލޫފް ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ފެހި، ރަތް، ހުދުން ސޯޝަލް ސެންޓަރު ފުރާލަދިނުން އެއީ ވޮލީ އާއިލާގެ އެދުމެއް ކަމަށާއި، ވޮލީގެ ފޯރި އަލުން ގަދަކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ މަހްލޫފް ވިދާޅުވީ އެއްވެސް ކުޅިވަރެއް މެދުގައި ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށާއި، ވޮލީ އަކީ ވެސް ރާއްޖޭއަށް ރީތި ނަން ހޯދައިދޭނެ ކުޅިވަރެއް ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ސެންޓްރަލް ޒޯން މުބާރާތުން ވޮލީން ރަން މެޑަލް ހޯދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުން މި ކަންކަމުގައި ބޭނުންވާ ކަމަށާއި، ވޮލީ ޓީމުގައި އެންމެ ގިނަ ކުޅުންތެރިން ތިބީ ވ. އަތޮޅު ކުޅުންތެރިން ކަމުން އެ އަތޮޅުން މެޗު ބަލަން ސަޕޯޓަރުން ގެނައުމަށް ދަތުރުތައް ސަރުކާރުގެ ޙަރަދުގައި ކުރެވޭތޯ ބަލަމުން އަންނަކަމަށެވެ.

ވޮލީ ޓީމުގެ ކޯޗް ސާޖިދު ބުނީ، މިނިސްޓަރ މަހްލޫފް ވޮލީ ޓީމާއި ވަރަށް ގާތްކޮށް މަސައްކަތް ކުރައްވާ ކަމަށާއި، ކިތަންމެ ކުޑަ ކަމަކު ބުނި ކަމުގައި ވިޔަސް އެކަން ވަރަށް ފުރިހަމައަށް ކޮށްދެއްވާ ކަމަށެވެ. އަދި އޭނާ ވަނީ މިނިސްޓަރ މަހްލޫފްގެ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން ސާޖިދު ބުނީ މިއީ ސެންޓްރަލް ޒޯނަށް ތައްޔާރުވަމުން އަންނަ އިރު، ޓީމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި، މީގެ ސަބަބުން މުބާރާތުގެ ކުރިން ވާދަވެރި މެޗުތަކެއް ލިބިގެންދާނެ ކަމަށެވެ.

ގައުމީ ވޮލީ ޓީމު ކެޕްޓަން ހުޒާމް ވަނީ މިނިސްޓަރ މަހްލޫފް ރާއްޖޭގެ ވޮލީއަށް ކޮށްދެއްވަމުން އަންނަ މަސައްކަތްތަކަށް ވޮލީ އާއިލާގެ ނަމުގައި ޝުކުރުއަދާ ކޮށްފައެވެ. އަދި ހުޒާމް ބުނީ ކުރިއަށް އޮތް ސެންޓްރަލް ޒޯން މުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް