Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލިއްޔަތު ކޮމިޓީ

ޓްރާންސެކްޝަން ކުރިއަށް ގެންދަން ނުބުނަން، އިންޓާނަލް ޕޮލިސީ ފޮލޯ ކުރަން ބުނިން: ނީޒާ

އެކައުންޓެއް އެކްޓިވް ކޮށް، ޑީއެކްޓިވޭޓް ކުރުމަށް ދުވަހަކު ވެސް އެމްއެމްއޭއިން ބޭންކުގައި އެދިފައި ނުވާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 7 އޯގަސްޓު 2019 | ބުދަ 08:49
އެމްއެމްއޭގެ އެސިސްޓެންޓް ގަވަރނަރުކަން ކުރެއްވި ނީޒާ އިމާދު

އެމްއެމްއޭގެ އެސިސްޓެންޓް ގަވަރނަރުކަން ކުރެއްވި ނީޒާ އިމާދު

އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓްތަކުން ކުރި ޝައްކު އުފެދޭ މުއާމަލާތްތަައް ކުރިއަށް ގެންދިއުމަށް އެދިފައި ނުވާނެކަމަށާއި އެދިފައިވާނީ "އިންޓާނަލް ޕޮލިސީ ފޮލޯ ކުރަން ކަމަށް" މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެސިސްޓެންޓް ގަވަރނަރުކަން ކުރެއްވި ނީޒާ އިމާދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ އިސް ފަރާތްތައް ހާޒިރުކޮށް ދެއްކި ވާހަކަތައް ދޮގު ކުރައްވަމުން ނީޒާ ވިދާޅުވީ އޭނާއަކީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރ ނޫންކަމަށާއި ކަމަށާއި އޭނާގެ މަގާމަކީ އެސިސްޓެންޓް ގަވަރުނަރގެ މަގާމުކަމަށެވެ. ނަމަވެސް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް އެކޮމިޓީގައި އޭނާގެ މަގާމުގެ ގޮތުގައި ވިދާޅުވީ ޑެޕިއުޓީ ގަވަރުނަރު ކަމަށް ވިދާޅުވިކަމަށެވެ. އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޖުލައި މަހުގެ 16 ވަނަ ދުވަހު ބީއެމްއެލް ހާޒިރުކޮށް ދެއްކެވި ވާހަކައިގައި ބީއެމްއެލްގެ ޔާމީން ވިދާޅު ވެފައިވަނީ އެސްއޯއެފުން އާދަޔާ ޚިލާފު މުއާމަލާތްތައް ހިންގަން ފެށީ ނޮވެމްބަރު، 25، 2014ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ޔާމީން އާދަމް ވިދާޅުވީ އެދުވަހު އާދަޔާ ޚިލާފު މުއާމަލާތެއް ހިންގުމުން ނޮވެމްބަރު، 27، 2014 ވަނަ ދުވަހު އަށް ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓެއް (އެސްޓީއާރް) ފޮނުވައި އެ އެކައުންޓުން މުއާމަލާތްތައް ހިންގުން ހުއްޓުވި ކަމަށެވެ. ނަމަވެސް އޭރު އެފްއައިޔޫއާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު ލަފާދެއްވީ އެކައުންޓުން ކުރާ މުއާމަލާތްތައް ހުއްޓުވާނުލާ އެމުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.އެފްއައިޔޫގެ އޭރުގެ ވެރިޔާ، އާތިފް ޝަކުރޫ ވެސް ޗުއްޓީއިން އެނބުރިވަޑައިގެން ހަމަ އެގޮތަށް ވިދާޅުވި ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ. އަދި އެސްއޯއެފް އިން ހިންގަނީ މަނީ ލޯންޑަރިންގްއަށް ޝައްކު ކުރެވޭ މުއާމަލާތްތަކެއް ކަމުން، އެފްއައިޔޫއަށް ރިޕޯޓް ފޮނުވި ކަމަށާއި އެ ކުންފުނީގެ އެކައުންޓުތައް ވެސް ވަގުތީ ގޮތުން ހިފެހެއްޓި ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ނަމަވެސް ނީޒާ ވިދާޅުވީ އެކަން ހިނގައިދިޔައީ އެގޮތަށް ނޫންކަމަށް ވިދާޅުވެފައެވެ. އެކަން ހިނގައި ދިޔަގޮތް ކަމަށް ނީޒާ ކޮމިޓީގައި ވިދާޅުވީ އޭނާ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް(އެފްއައިޔޫ)އާއި ހަވާލުވީ އެމަގާމުގައި ހުންނެވި އާތިފު ޝަކޫރު ޗުއްޓީއަށް ވަޑައިގެންނެވުމުން ކަމަށެވެ. ބީއެމްއެލްގެ ޝަރީފު އޭނާއަށް ފޯނުން ގުޅުއްވުމަށްފަހު ބޭންކުގެ ކަސްޓަމަރެއް ވަރަށް ބޮޑު އަދަދެއްގެ ފައިސާ ނަގަން އައިކަމަށާއި ސަސްޕީޝިއަސް ޓްރާންސެކްޝަން ރިޕޯޓް(އެސްޓީއާރު)އެއް އޮތް ކަމަށް ވިދާޅުވި ކަމަށެވެ. އަދި އެތަނުގައި ހުރި އެންމެ ސީނިއާ ބޭފުޅާ ކަމަށްވާ އަބްދުﷲ އަޝްރަފް(އާތިފް ޝަކޫރަށްފަހު އެފްއައިޔޫގެ ހެޑް ކަން ކުރެއްވި) ގާތު އޮފީހަށް ަވޑައިގެންނެވުމަށް އެދިލެއްވި ކަމަށެވެ. އަޝްރަފް ވަޑައިގެންނެވުމުން ކަން ހިނގައިދިޔަ ގޮތް ދެންނެވިކަމަށާއި އެސްޓީއާރެއް ފައިލް ކޮށްފައި އޮތްކަމަށް އޭނާ ވިދާޅުވިކަމަށެވެ. އަޝްރަފަކީ ގާނޫނީ ވަކީލަކަށް ވުމުންނާއި އެމްއެމްއޭގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާތީ އަޝްރަފުގާތު ދެން ކަންތައްތައް ކުރަންވީ ކިހިނެތްތޯ އެއްސެވި ކަމަށާއި ބީއެމްއެލްގެ ޝަރީފަށް ގުޅުއްވުމަށްފަހު "އިންޓާނަލް ޕޮލިސީއަށް ފޮލޯ ކުރުމަށާއި" ގާނޫނުތަކާއި ގަވާއިދު ތަކަށާއި އެއްގޮތަށް ކަންތައްތައް ކުރެއްވުމަށް ދެންނެވުމަށް ވިދާޅުވިަކަމަށެވެ. އަދި އަޝްރަފް ވިދާޅުވި ގޮތަށް އޭނާ ނީޒާގެ ގާތު އިންނަވަނިކޮށް ޝަރީފަށް ގުޅުއްވައި އޮގޮތަށް ކުރިއަށް ގެންދިއުމަށް އެދިލެއްވި ކަމަށް ވިދާޅުވިއެވެ. އަދި އެކަން އާޒިފު ޝަކޫރު ޗުއްޓީއިން ވަޑައިގެންނެވުމުން ކުރިއަށް ގެންދިއުމަށް އެދިލެއްވި ކަމަށް މިހާރު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ނީޒާ ވިދާޅުވިއެވެ.

އެމްއޭގައި ގާތްގަނޑަކަށް 30 އަހަރުވަންދެން ޚިދުމަތް ކުރެއްވި ނީޒާ ވިދާޅުވީ އެކައުންޓެއް އެކްޓިވް ކޮށް އަދި ޑީއެކްޓިވޭޓް ކުރުމަށް ދުވަހަކު ވެސް އެމްއެމްއޭއިން ބޭންކުގައި އެދިފައި ނެތްކަމަށެވެ. އަދި އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އެމްއެމްއޭއިން އަބަދުވެސް ބޭންކަށް އިންސްޓްރަކްޝަން ދޭނަމަ ދޭނީ ސިޓީއަކުން ކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ އިން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑެރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގި އިރު އެކަން ފުލުހުންނަށް ނުފޮނުވަން ނިންމީ އެފްއައިޔޫގެ އޭރުގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުކަން އެންޓިކަރަޕްޝަން ކޮމިޝަން (ޢޭސީސީ)ޢިން ތަހުގީގު ކޮށް ނެރުނު ރިޕޯޓުން ހާމަވެއެވެ.

އޭސީސީ އިން އެކަން ތަހުގީގުކޮށް ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން (އެފް.އައި.ޔޫ) އަށް ލިބިފައިވާ އެސް.ޓީ.އާރު ގައި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމަށް ޝައްކުކުރެވޭ ކަންތައްތަކެއް ހިމެނިފައި ވީނަމަވެސް 06 އެޕްރީލް 2015ގައި ފައިނަލް ކުރުމުގައި އެ ރިޕޯޓް ފުލުހުންގެ އިދާރާއަށް ނުފޮނުވަން ނިންމާފައިވަނީ އާތިފް ޝަކޫރުކަން އޭނާގެ އިއުތިރާފުންނާއި ތަހުގީގުން ހާމަވާކަމަށް ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެދިޔައިރު، އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ލިބިފައިވާކަން ތަހުގީގުން ހާމަވެފައިވާ ކަމަށް އެރިޕޯޓުގައި ވެއެވެ.

އޭސީސީއިން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އާތިފްގެ މައްޗަށް އުފުލުމަށް އެ މައްސަލަ މިދިޔަ ފެބުރުއަރީ 18ގައި ޕީޖީ އޮފީހަށް ފޮނުވިއެވެ. އެކަމަކު އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ރެކޮމެންޑްކޮށް ޕީޖީގެ ފަރާތުން އެ މައްސަލަ އަނބުރާ ފޮނުވާލީއެވެ. އަދި މިދިޔަ ފެބުރުއަރީ 21ގައި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭސީސީއިން ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު