Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުން ހަމަލާ ދޭނީ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް: ލަރިޖާނީ

7 އޯގަސްޓު 2019 | ބުދަ 03:03

އެމެރިކާއިން ވަނީ އީރާނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 7 އޯގަސްޓު 2019 | ބުދަ 03:03
އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަލީ ލަރިޖާނީ

އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަލީ ލަރިޖާނީ

މެދުއިރުމަތީގައި މިހާރު އުފެދިފައިވާ މައްސަލަތައް އިތުރަށް ހޫނުވެ ހަނގުރާމައެއް ފެށިއްޖެނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އީރާނުން ހަމަލާދޭނެ ކަމަށް ވިދާޅުވެ، އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަލީ ލަރިޖާނީ އިންޒާރު ދެއްވައިފިއެވެ.

މީޑިއާގައި ވާހަކަދައްކަވަމުން ލަރިޖާނީ ވިދާޅުވީ، އިސްރާއީލާއި އަދި އެ ސަރަޙައްދުގެ އެހެން ޤައުމުތަކުގެ އެދުމުގެ މަތިން އެމެރިކާއިން އީރާނާއި ދެކޮޅަށް ހަނގުރާމައެއް ފެށުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އީރާނާއި ދެކޮޅަށް ހިންގާ އެންމެ ކުޑަ އަސްކަރީ އަމަލަކީވެސް އެ އަމަލަކާއި ދެކޮޅަށް ވަރުގަދަ ރައްދެއް ދޭނެ އަމަލެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - worldAdvertisement

ލަރިޖާނީ ވިދާޅުވީ އެ ހާލަތުގައި އީރާނުން އެންމެ ފުރަތަމަވެސް ހަމަލާދޭނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ކަމަށާއި، އެމެރިކާއިން އެކަމާއި މެދި ކުޑަވެސް މިންވަރަކަށް ފިކުރު ހިންގާނަމަ އެފަދަ އަމަލެއް ނުހިންގާނެ ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާއިން އިރާނާއި ދެކޮޅަށް އަސްކަރީ ހަނގުރާމައެއް ފަށާފާނެކަމަށް އެމަނިކުފާނު އަމިއްލަފުޅަށް ދެކިނުލައްވާ ކަމަށެވެ. ލަރިޖާނީ ވިދާޅުވީ އެއްވެސް މިންވަރެއްގެ ހަނގުރާމައެއް ނުވަތަ އަސްކަރީ އިސްނެގުމެއް ފަށައިފިނަމަ ވާނެ ގޮތް އެމެރިކާއަށް ވަޒަން ކުރެވޭނެ ކަމަށެވެ.

މީގެއިތުރުން، ލަރިޖާނީ ވަނީ އެމެރިކާ ތަމްޞީލު ކުރުމަށް އީރާނުގައި ހުންނަ މަންދޫބު، ބްރައިއަން ހުކްއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އީރާނާއި ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އަޑީގައި ހުންނެވީ ހުކް ކަމަށް ލަރިޖާނީ ވަނީ ތުޙުމަތު ކުރައްވާފައެވެ.

އެމެރިކާއިން މިދިޔަ ހަފްތާގެ ބުދަ ދުވަހު އެޅި ފިޔަވަޅުތަކުގެ އަސަރު ކޮންމެވެސް ވަރަކަށް އެ ޤައުމުގެ ތެލުގެ އެކްސްޕޯޓަށް ކުރި ނަމަވެސް، އެ ވިޔަފާރި ހުއްޓުވާލެވޭ ވަރުގެ އަސަރެއް އެ ފިޔަވަޅުތަކުން ކޮށްފައިނުވާކަމަށް ލަރިޖާނީ ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް