Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މެރިން ސައިންސް ކޭމްޕް 2019

މެރިން ސައިންސް ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލަފި

ކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް މަހުގެ 2 ކުން 3 އަކަށް ކ. ތުލުސްދޫގަ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 4 އޯގަސްޓު 2019 | އާދީއްތަ 12:11
މެރިން ސައިންސް ކޭމްޕް 2019

މެރިން ސައިންސް ކޭމްޕް 2019

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ސާނަވީ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މެރިން ސައިންސް ކޭމްޕްގެ މިއަހަރުގެ ދެ ވަނަ ކޭމްޕް ކާމިޔާބު ކަމާއެކު ނިންމާލަފިއެވެ.

މި ކޭމްޕަކީ މެރިންސައިންސް އަދި މަސްވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުކޮށް މި ސިނާއަތާ ގުޅުންހުރި ކަންކަމުގައި އަމަލީ ތަޖުރިބާ ދަރިވަރުންނަށް ހޯދާ ދިނުމަށް މިނިސްޓްރީއިން ކުރިއަށް ގެންދާ ކޭމްޕެކެވެ. 2019 ވަނަ އަހަރުގެ ދެވަނަ ކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް މަހުގެ 2 ކުން 3 އަކަށް ކ. ތުލުސްދޫގައެވެ.

Advertisement - newsAdvertisement

މި ކޭމްޕުގައި ޢާޒީ ސުކޫލް، ހިރިޔާ ސުކޫލް، މުހިއްޔިއްދީން ސުކޫލް، އަދި ލ. އަތޮޅު ތައުލީމީ މަރުކަޒުން 34 އަންހެން ދަރިވަރުންނާ 24 ފިރިހެން ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ ކޭމްޕުގައި ބައިވެރިވި ދަރިވަރުންނަށް ކްލާސްރޫމް ސެޝަންތަކާ އަމަލީ މަސައްކަތްތައް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައި ވާނެ ކަމަށެވެ. ކްލާސް ރޫމް ސެޝަންތަކުގައި ކޭމްޕުގައި ދަރިވަރުންނަށް ކުރިއަށް ގެންދިޔަ އަމަލީ މަސައްކަތްތަކުގައި ދަރިވަރުން އެއްކޮށްފައިވާ މައުލޫމާތުތަކާ ގުޅޭ ގްރާފްތައް ކުރަހަން ވަނީ ދަސްކޮށްދީފައެވެ. ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ކަނޑުމަތީގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތު ވެސް ދަރިވަރުންނަށް ވަނީ ދީފައެވެ.

ކޭމްޕުގައި ދަރިވަރުންނަށް ތަޖުރިބާ ކުރަންލިބުނު އަމަލީ މަސައްކަތްތަކުގެ ތެރޭގައި ކަނޑުމަތީގައި ދިމާވާ ހާދިސާ ތަކުގައި އަމަލުކުރާނެ ގޮތާ، ފަރުތަކުގެ ދިރުންތަކުގެ މައުލޫމާތާ، ފަރުގެ ދިރުން ހުރިވަރު ދެނެގަތުމަށް ސާވޭ ކުރާނެ ގޮތާ، މޫދުގެ އޮއެވަރު ބާލަނެ ގޮތާ، ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ދިރާސާ ކުރާނެ ގޮތް އަދި ގޮޑުދޮށުގައި ހުންނަ ވެލީގެ ސައިޒުތައް ދެނެގަތުމަށް ކުރާ މަސައްކަތް ހިމެނެއެވެ. ރާއްޖެއަށް އަލަށް ތައާރަފް ކޮށްފައިވާ ތުތި ބޯވަދިލަމަސް ބާނާ ގޮތުގެ އަމަލީ ތަޖުރިބާވެސް ދަރިވަރުން ވަނީ މި ކޭމްޕުގައި ކޮށްފައެވެ.

މި ކޭމްޕުގައި ދަރިވަރުންނަށް މައުލޫމާތު ދީފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒްގެ ކަމާގުޅޭ ސެކްޝަންތަކާ މެރިން ރީސާރޗް ސެންޓަރުގެ މުވައްޒަފުން އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް-ކޯސްޓް ގާރޑު ރިސޯސްގެ ބޭފުޅުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެންޑީއެފް އުވާލުމަށްފަހު، އުފައްދާނީ ކޯސްޓުގާޑާއި މެރިން ޕޮލިސް: ސުއޫދު

އެމްއެންޑީއެފް އުވާލުމަށްފަހު، އުފައްދާނީ ކޯސްޓުގާޑާއި މެރިން ޕޮލިސް: ސުއޫދު

26 ޖޫން 2018
ތުރާކުނު ސްކޫލުގައި އޭވީ ރޫމަކާއި ސައިންސް ލެބެއް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފި

ތުރާކުނު ސްކޫލުގައި އޭވީ ރޫމަކާއި ސައިންސް ލެބެއް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފި

05 ޖޫން 2018
ލީޑަރޝިޕް އެކެޑަމީއިން ބޭއްވި "ކޫލް ކޭމްޕް" ނިންމާލައިފި

ލީޑަރޝިޕް އެކެޑަމީއިން ބޭއްވި "ކޫލް ކޭމްޕް" ނިންމާލައިފި

30 ނޮވެމްބަރު 2017
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އެކްސަސައިޒް "ޖައްރާފާ" ކާމިޔާބުކަމާއެކު ނިންމާލައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އެކްސަސައިޒް "ޖައްރާފާ" ކާމިޔާބުކަމާއެކު ނިންމާލައިފި

02 އޮކްޓޯބަރު 2017
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ސައިންސް ފެއާ ބާއްވައިފި

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ސައިންސް ފެއާ ބާއްވައިފި

24 އޯގަސްޓު 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު