Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީހުން ހައްޔަރުކުރުން

މާރާމާރީ ހިންގަން އުޅޭކަމުގެ ތުހުމަތުގައި ވިލިނގިލިން ނުވަ މީހަކު ހައްޔަރުކޮށްފި

2 އޯގަސްޓު 2019 | ހުކުރު 08:14

ހައްޔަރުކުރީ 9 ދިވެހިން

އަމްނާ އިމާދު
އަމްނާ އިމާދު | 2 އޯގަސްޓު 2019 | ހުކުރު 08:14
ވިލިމާލޭގައި ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން

ވިލިމާލޭގައި ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން

ވިލިމާލޭގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގައި އާންމު މަސްލަހަތު ނަގާލަން އުޅޭކަމުގެ ތުހުމަތުގައި ނުވަ މީހުން ހައްޔަރުކޮށްފިއެވެ.

މި ނުވަ މީހުން ހައްޔަރުކުރީ ގްރޫޕް ހަދައިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ވިލިމާލޭގައި ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ބަޔަކު އަމަލު ކުރަމުންދާ ކަމުގެ ތުހުމަތުގައި 31 ޖުލައި ވީ ބުދަ ދުވަހުގެ ރޭ 00:10 އެހައިކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ތިން ފިރިހެނުންނާއި 21 އަހަރުގެ ދެ ފިިރިހެނުންގެ އިތުރުން 22 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އަދި މި އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއޮޕަރޭޝަންގައި، ކުށްތަކަށް މަގުފަހިވާ ގޮތަށް ގްރޫޕް ހަދައިގެން އެއްވެ އުޅޭ ތަންތަން ބަލައިފާސްކުރުމާއި އާންމު ރައްޔިތުންނަށް އުނދަގޫވާގޮތަށް ކުރަމުންދާ ކަންކަން ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ގްރޫޕް ހަދައިގެން އާއްމުކޮށް އެއްވާ ތަންތަން ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓައި އެފަދަ ތަންތަން ބަލައި ފާކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މިއޮޕަރޭޝަނަކީ ކުށްމަދު އަމާންތަނަކަށް ވިލިމާލެ ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވިލިމާލެ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސާއި ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއު އަވަހާރަ ކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަނީފް ވަޒީފާއިން ވަކިކޮށްފި

11 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއު އަވަހާރަ ކޮށްލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަނީފް ވަޒީފާއިން ވަކިކޮށްފި
06 އެޕްރީލު 2017

ފޭދޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި ސިޔާސީ ހަރަކާތް ނުހިންގަން އަންގައިފި

06 އެޕްރީލު 2017
ފޭދޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި ސިޔާސީ ހަރަކާތް ނުހިންގަން އަންގައިފި
05 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި

05 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި
19 މާރިޗު 2017

މާރާމާރީ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އިއުލާން ކޮށްފި

19 މާރިޗު 2017
މާރާމާރީ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އިއުލާން ކޮށްފި
11 މާރިޗު 2017

ކަޅުއޮއްފުންމި ސައުދީ ރަސްގެފާނަށް ހަދިޔާ ކުރަން އުޅޭކަމުގެ އަޑު ފެތުރިއްޖެ

11 މާރިޗު 2017
ކަޅުއޮއްފުންމި ސައުދީ ރަސްގެފާނަށް ހަދިޔާ ކުރަން އުޅޭކަމުގެ އަޑު ފެތުރިއްޖެ
11 މާރިޗު 2017

ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި

11 މާރިޗު 2017
ފޭދޫ އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހަކު ޒަހަމް ކޮށްލައިފި
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް