Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން ރަޝީދު މަރާލުން

ޔާމީން މަރާލުމުގެ ޓްރެއިނިންތައް ހެދި: ސިއްރު ހެކިވެރިޔާ

31 ޖުލައި 2019 | ބުދަ 16:52

ބުންވަރު ޖައްސަން ދުވަން ދިއުމާއި ފަތަން ދިޔަ ކަމަށް ބުނި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 31 ޖުލައި 2019 | ބުދަ 16:52
ޔާމީން ރަޝީދު

ޔާމީން ރަޝީދު

އަނިޔާވެރި ރަހުމުކުޑަ ހަމަލާއެއްގައި މަރާލާފައިވާ ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގެ ކުރިން، އެކަމަށް ބޭނުންވާނެ ފަދަ ޓްރެއިނިން ހަދާފައިވާކަމަށް ކްރިމިނަލް ކޯޓުގައި މީހަކު ހެކިބަސް ދީފި އެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

Advertisement - newsAdvertisement

ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ކްރިމިނަލް ކޯޓުގައި ބުދަ ދުވަހު ސިއްރުން ހެކިބަސް ދިން މީހާ ބުނިގޮތުގައި ޔާމީން މަރާލުމުގެ ކުރިން މަރާލުމަށް ބޭނުންވާނެ ކަހަލަ ތަމްރީނުތައް އެކަމުގައި ބައިވެރިވި މީހުން ހަދާފައިވާ ކަމަށެވެ. އެގޮތުން ބުންވަރު ޖައްސަން ދުވަން ދިއުމާއި ފަތަން ދިޔަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސިއްރުން ހެކިބަސް ދިން މީހާ ބުނިގޮތުގައި ޔާމީން ރަޝީދު މަރާލުމަށް އެންމެ ފުރަތަމަ ރޭވީ 2016 ވަނަ އަހަރުގެ ތެރޭގައި ފުރުގާން މިސްކިތުގެ ތެރޭގައެވެ. އެ މަޝްވަރާތައް ފެށުނީ މާލޭގައި ބޭއްވި ފޮޓޯ މައުރަޒެއްގައި އިސްލާމްދީނަށް ފުރައްސާރަވާ ފަދަ އެއްޗެހިތަކެއް އާންމު ކުރުމުންނެވެ. ދީނަށް ފުރައްސާރަކުރާ އެންމެން މަރަން ޖެހޭކަމަށް ބުނެ އެމަޝްވަރާތައް ފެށުނީ ހައިޝަމް އިސްވެ ހުރެގެން ކަމަށާއި ދެން ތިބި ފަސް މީހުންވެސް އެކަމުގައި ބައިވެރިކޮށް ފުރުގާން މިސްކިތާއި ތޮއިބާ މިސްކިތާއި ޒިޔާދާއި ހައިޝަމްގެގޭގައި ވެސް ޔާމީން ރަޝީދު މަރާލުމުގެ މަޝްވަރާތައް ކުރަމުން ދިޔަ ކަމަށް ބުންޏެވެ.

ޔާމީން ރަޝީދު މަރާލުމުގެ މަޝްވަރާތައް 2016 ވަނަ އަހަރު ފެށުނު ކަމުގައި ވިއަސް އެކަމުގެ އަމަލީ މަސައްކަތް ފެށުނީ ހެކިވެރިޔާ ބުނި ގޮތުން 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވުމަށް ހައިޝަމްއާއެކު މަސައްކަތް ކުރަން ޒިޔާދު ނެގި ކަމަށާއި އޭނާ ވެސް އެކަމުގައި އަމަލީގޮތުން ބައިވެރިވި ކަމަށެވެ. ނަމަވެސް ޔާމީން ރަޝީދު މަރާލި ރޭ ޒިޔާދަށް ނުދެވުނީ ޔާމީން މަރާލި ދުވަހުގެ ކުރީ ހަތަރު ދުވަސް ކުރިން އޭނާގެ ފަޔަށް ގެއްލުން ވެފައި ހުރުމުން ކަމަށް ސިއްރު ހެކިވެރިޔާ ބުންޏެވެ.

ޔާމީން ރަޝީދު މަރާލުމަށް ފަހު ޖެހިގެން އައި ދުވަހު އޯކިޑްމަގުގައި ހުރި ފިހާރައެއްގެ ސޭޓާއި ބައްދަލުކޮށް ބައްދަ ބައްދާފައި އޭނާ މަރާލި ވާހަކައާ ހެދިގޮތުގެ ވާހަކަ ކިޔައިދިން ކަމަށްވެސް ސިއްރު ހެކިވެރިޔާ ބުންޏެވެ.

ޔާމީން ރަޝީދު މަރާލި ރޭ ކަންތައްތައް ވީގޮތް ކިޔައި ދެމުން ސިއްރު ހެކިވެރިޔާ ބުނީ އޭނާ މަރާލީ ހައިޝަމާއި ޒިހާން ކަމަށެވެ. އަދި އިސްމާއިލް ރަޝީދު އިނީ ބޭރުގައި ކަމަށާއި ބާކީ ތިބި ޝިފާޒާއި ދިފްރާން ހަރަކާތްތެރިވީ ޔާމީން ރަޝީދަށް ފާރަލުމަށް ކަމަށެވެ. ނަމަވެސް އެގޭ ކައިރިން ޝިފާޒް ނުފެންނަ ކަމަށާއި އެގެކައިރިން އޭނާއަށް ފެނިފައިވަނީ ދިފްރާން ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ހެކިވެރިޔާ ބުނެފައިވަނީ ޔާމީން ރަޝީދު މަރާލިރޭ އިތުރު އެހެން ފަރާތްތަކުން ފޯނާއި ސައިކަލް ފަދަ ތަކެތި ފޯރުކޮށްދިން ކަމަށާއި އެއީ ކޮން ބައެއްކަން އޭނާއަށް ނޭނގޭ ކަމަށެވެ.

ސިއްރު ހެކިވެރިޔާ ބުނީ ޔާމީން މަރާލުމަށްފަހު މަރާލުމުގައި ބައިވެރިވި ފަރާތްތައް މަސް ދަތުރެއްގައި ވެސް ދިޔަ ކަމަށެވެ. އަދި އެ ދަތުރުގައި ހައިޝަމްގެ ފޯނު މޫދަށް ވައްޓާލީ އޮޅިގެން ކަމަށް ހަދައި ފޯނު މޫދަށް ވައްޓާލި ކަމަށާއި ފޯނު ވައްޓާލުމަށްފަހު އެއްވެސް މީހެއްގެ ފޯނުގައި އެއްވެސް ހެއްކެއް ނުބެހެއްޓުމަށް ނަސޭހަތް ދީފައިވާ ކަމަށެވެ.

ސިއްރު ހެކިވެރިޔާ ވަނީ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ފުލުހުން އާންމުކުރި ފޮޓޯތަކުގައި ކަޅުކުލައިގެ އެއްޗެއް ލައިގެން ހުރީ ހައިޝަމް ކަމަށާއި ދެން ހުރީ ޒިހާން ކަމަށް ވެސް ބުނެފައެވެ. އަދި ޒިހާން ކަން އޭނާގެ ބޮޑީ ލެންގުއޭޖުން އެނގޭކަމަށް ވެސް ބުނެފައި ވެއެވެ.

ސިއްރު ހެކިވެރިޔާގެ ދައުވާލިބޭ މީހުންގެ ދިފާއީ ވަކީލުން ގިނަ ސުވާލުތަކަށް އޭނާ ޖަވާބުދޭން ދެކޮޅު ހެދިއެވެ. އޭނާއަށް އެ އަޑުތައް އިވުނީ ކިހިނެތްތޯ އާއި ހުރިހާކަމެއް އެނގުނީ ކިހިނެތްތޯ ވަކީލު އެހުމުން އޭނާ ބުނީ އޭނާއަށް މަޝްވަރާތައް އަޑުއިވޭ ހިސާބުގައި ހުރެވުނު ކަމަށެވެ. އަދި އަޑުއިވުނީ ކަންފަތުން ކަމަށް ބުންޏެވެ.

ސިއްރު ހެކިބަހުގެ އިތުރުން މިމައްސަލައިގައި ހަތަރު ފުލުހެއްގެ ވެސް ހެކިބަސް ވަނީ ނަގާފައެވެ. އޭގެ ތެރެއިން ދެ ފުލުހުންނަކީ ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނު ސިޑި ގޮޅިއަށް އެންމެ ފުރަތަމަ ދިޔަ ދެ ފުލުހުންނެވެ.

ތިންވަނަ ފުލުހަކީ އެމައްސަލައިގައި ދައުވާ ލިބޭ ހައިޝަމް އާއި ޒިހާންގެ ހަޑިގަނޑުގެ ތަންތައް ފޮޓޯ ނެގި ފުލުހެކެވެ. އޭނާ ބުނި ގޮތުގައި ފޮޓޯތަކުން ހައިޝަމްގެ ކަރުގައި ވަކި އެޅިފައި ހުރި ކަމަށާއި ޒިހާންގެ ފައިގެ ބައެއްތަންތަނުގައި ކުދި ކުދި ޒަޚަމްތައް ހުރި ކަމަށެވެ.

ހަތަރުވަނަ ފުލުހަކީ ޔާމީން ރަޝީދު މަރާލި އިރު ސިޑި ގޮޅީގައި ހުރި ބޮކި ނުދިއްލޭ ގޮތަށް ހަދާފައި ހުރި ކަމަށް ބުނާ ފުލުސް މީހާއެވެ.

މިމައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ އަންނަ ހަފްތާގެ ބުދަ ދުވަހުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް