Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް 2019

ބޭރުގެ މަސްބޯޓް ފަހަރުތަކުން ދިވެހި މަސްކަނޑުގައި މަސްވެރިކަން ކުރުން މަނާކުރާ ގަރާެރު ފާސްކޮށްފި

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 31 ޖުލައި 2019 | ބުދަ 08:45
ބޭރުގެ މަސް ބޯޓްތަކުން އަންނަނީ ވަގަށް ރާއްޖޭގެ މަސްކަނޑުތަކުގައި މަސްވެރިކަން ކުރަމުން

ބޭރުގެ މަސް ބޯޓްތަކުން އަންނަނީ ވަގަށް ރާއްޖޭގެ މަސްކަނޑުތަކުގައި މަސްވެރިކަން ކުރަމުން

ބޭރުގެ މަސްބޯޓް ފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަން ކުރުން މަނާ ކުރާ ގަރާރު މަޖިލީހުން ފާސްކޮށްފިއެވެ. މި ގަރާރަށް ތާއީދު ކުރައްވާ 70 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.

ބޭރުގެ މަސްބޯޓުފަހަރު ދިވެހި ކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓުވުމާއި ގުޅޭ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ، ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްއެވެ.

Advertisement - newsAdvertisement

މިއީ ދިވެހި މަސްވެރިން ބާނާ ރީނދޫ އުރަހަ ކަންނެލި މަސް ކިރުމުގައި ދަތިތައް ކުރިމަތިވެ ހަމައަގު ލިބުމަށް ދަތިވާތީ ހުށަހަޅާފައިވާ ޤަރާރެކެވެ.

މި ޤަރާރުގައި ބުނެފައިވަނީ މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ބިދޭސީން މަސްވެރިކަން ކުރުން ހުއްޓުވައި، ލޯބޮޑު ކަންނެލީގެ މަސްވެރިކަމާއި، އެބާވަތުގެ އެހެނިހެން މަސްވެރިކަމަށް ދިވެހި މަސްވެރިން ތަޢާރަފްކޮށް ތަމްރީން ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

ލޯބޮޑު ކަންނެއްޔަކީ ނިސްބަތުން އަގުބޮޑު އެއްޗަކަށް ވީނަމަވެސް، އެބާވަތުގެ މަހަކީ ފުނުން ބާނާ މަހެއްކަމުން އަތުނަނު ބޭނުންކޮށްގެން މަސްބާނާ ބޯޓު ފަހަރަށް މި މަސްބޭނުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާތީ ލޯބޮޑު ކަންނެލީގެ މަސްވެރިކަމަކީ ދިވެހި މަސްވެރިންގެ ތެރޭގައި އެހާ އާންމު މަސްވެރިކަމަކަށް ނުވާއިރު، މި ބާވަތުގެ ކަންނެލި ފަސޭހައިން ބޭނޭނީ ވަކި ކަހަލަ މަސްބޯޓެއްގައި ވަކި ކަހަލަ މެޝިނަރީ ބޭނުންކޮށްގެން ކަމަށް ވެފައި ދިވެހިރާއްޖޭގައި މަސްވެރިކަން ކުރާ ދޯނި ފަހަރާއި ބޯޓުފަހަރުގައި މި އާލާތްތައް ހަމަކޮށް މި ބާވަތުގެ މަސްވެރިކަމަށް ނުކުމެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތް ކަމަށް ޤަރާރުގައި ވެއެވެ.

1. ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރުމަށް ދީފައިވާ އެންމެހައި ހުއްދަތައް ބާތިލް ކުރުމަށާއި، ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ އެއްވެސް ގައުމަކުން ބްލެކް ލިސްޓް ކުރެވިފައި ނުވާ އުޅަނދު ފަހަރު ކަމުގައި ކަނޑައެޅުން.

2. ދިވެހި ކަނޑުތަކުގައި މަސްވެރިކަން ކުރާ އުޅަނދުފަހަރު ހުންނަންޖެހޭނެ ސްޓެންޑާރޑްތަކާއި، އެ އޮޑިފަހަރުގައި ފަޅުވެރިންނަށް ކަންކަން ހުންނަން ޖެހޭނެ ސްޓެންޑަރޑްތައް ކަނޑައެޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު