Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މައުމޫންގެ ސިޔާސީ ތަރި އޮއްސުނީ؟

1 އޯގަސްޓު 2019 | ބުރާސްފަތި 08:18

ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރާ ގިނަ ދުވަސްތަކެއްވެއްޖެ

އަލީ ސަމާޚް
އަލީ ސަމާޚް | 1 އޯގަސްޓު 2019 | ބުރާސްފަތި 08:18
މައުމޫން އެމްއާރް އެމް އަށް ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

މައުމޫން އެމްއާރް އެމް އަށް ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

''ތިޔައީ ޒައީމޭ އަދު ލޮބުވެތި މި ގައުމު ފަހުރުވެރިވާ. އުފެދޭ ޝުއޫރުން ނަންފުޅު ލިޔެ ވިދާ ހަނދާން ތަކުގައި. ތިޔައީ ޒައީމޭ އަދު ލޮބުވެތި ގައުމު ފަހުރުވެރިވާ.''

މިއީ ރާއްޖޭގެ ތާރިހުގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި ކުރިގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ނުވަތަ ޒައީމް މައުމޫނުގެ ރަންޒަމާނުގައި ގައުމު އެމަނިކުފާނަށް ފަހުރުވެރިވާ މިންވަރު ހާމަކޮށް ދިނުމުގެ ގޮތުން ހަދާފައިވާ ލަވަޔެކެވެ. އެއީ ސަޕޯޓަރުންގެ ހިތުގައި އެމަނިކުފާނަށް އޮންނަ ލޯބި ބަންޑުން ޖަހަލައި އެމީހުންގެ ލޭ ކައްކުވާލާ ލަވަޔެކެވެ. ތެދެކެވެ. ރައީސް މައުމޫނަކީ ވެރިކަމުގެ ދިގު ތިރީސް އަހަރު ދުވަހުގެ މުއްދަތުގައި ގިނަ ބައެއްގެ ތާއިދާއެކު ވެރިކަން ކުރެއްވި ބޭފުޅެކެވެ. ވެރިކަމުގައި ހުންނަވައިގެން ރަށްރަށަށް ވަޑައިގަންނަވާއިރު ސަލާމް ކުރަން ދަމާލާފައި އޮންނަ ސަފުތަކުން އެކަނިވެސް އެކަން އެނގޭއެވެ.

2008 ވަނަ އަހަރު ވެރިކަން ގެއްލި ވަޑައިގަތުމަށްފަހު، ރައީސް މައުމޫނަކީ ރާއްޖެގެ ސިޔާސީ މަޝްރަހުގެ އަދިގުޑަންތަކާއި އެންމެ ގަދަޔަށް ކުރިމަތިލައްވަންޖެހިވަޑައިގެންނެވި އެއް ބޭފުޅެކެވެ. 2 ސިޔާސީ ޕާޓީއެއް އުފައްދަވާ، އެ ދެ ޕާޓީގެ ތެރެއިންވެސް ކެހި ލިބިވަޑައިގެން ހުންނެވި ހަމައެކަނި ސިޔާސީ ލީޑަރަކީވެސް ރައީސް މައުމޫނޭ ބުނެވިދޭނެ އެވެ.

ރައީސް މައުމޫނަކީ އެ އަޑިގުޑަންތަކުގެ ތެރެއިން ތެދުވެވަޑައިގެން މިއަދުވެސް ސިޔާސީ މަޝްރަހުގައި ކުރިއަށް ވަޑައިގެންނެވުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅެކެވެ. އެގޮތުން ސިޔާސީ މަސްރަހްގައި ދެމިހުންނެވުމުގެ މަގްސަދުގައި މޯލްޑިވްސްް ރިފޯމް މޫވްމެންޓު (އެމްއާރްއެމް) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއެއްދުމުގެ މަސައްކަތް ފައްޓަވައިގެން މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅިއެވެ.

ޕާޓީ އުފައްދެމުގެ ހުއްދަ ފެބްރިއަރީ މަހުގެ 19 ވަނަ ދުވަހު ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ) އަށް ދިނެވެ. ޑރ. ހަސަން އަށް ދިން ހުއްދަ ބާތިލް ކުރަން އޭނާ ހުށަހެޅުއްވުމުން މައުމޫން ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ މިމަހު ދެވަނަ ފަހަރަށް ހުއްދަ ދީފައެވެ. އީސީގެ ގަވާއިދު ބުނާގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރަން 3000 މެމްބަރުން ބޭނުންވެއެވެ. މިއަދާ ހަމަޔަށް އަދިވެސް ޕާޓީ ރަޖިސްޓްރީ ކުރެވޭ ގޮތެއް ނުވެއެވެ.

ނިމިގެން ދިޔަ އިންތިހާބުގައި މައުމޫނު ތާއިދާ އެކު 32 ފަރާތަކުން ވަނީ މަޖިލީސް އިންތިހާބަށް ކުރިމަތިލައްވާފަ އެވެ. ނަމަވެސް އޭގެތެރެއިން 2 ބޭފުޅަކަށް ނޫނީ އިންތިހާބުގައި ކުޑަވެސް ކާމިޔާބީއެއް ހޯދޭގޮތެއްވެފަ އެއް ނުވެ އެވެ.

އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތްއިރު ރަޖިސްޓްރީ ނުކުރެވިގެން އުޅެނީ ހަމަ 3000 މެމްބަރުން ހަމަނުވާތީ ކަމަށް ބެލެވިދާނެއެވެ. ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާއިރު މިވީ ތަނަކަށް އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ. ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމް ތައާރަފްވެގެން ދިޔައީވެސް ރައީސް މައުމޫންގެ ވެރިކަމުގައެވެ. އޭރު އިދިކޮޅު ހަމައެކަނި އޮތް ޕާޓީ އެމްޑީޕީން މަގުތަކަށް ނިކުމެ މުޒާހަރާކޮސް ސަރުކާރަސް ފިއްތުންތައް ކުރިމަތިވެ ސިޔާސީ ޕާޓީ ސިސްޓަމް ތައާރަފް ކުރަން އެމަނިކުފާނަށް މަޖުބޫރުވެވަޑައިގަތެވެ.

އެމްޑީޕީ އަށް ފަހު އޭރު ދިވެހިރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ '' ޑީއާރްޕީ'' އަކީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އަހަރުތަކެއް ކުރިން ރައްޔިތުންގެ މެޖޯރިޓީ ޕާޓީއެކެވެ. ރައީސް މައުމޫންގެ ފުރިހަމަ ތާއިދާއެކު ސިޔާސީ ގޮތުން ފުންނާބު އުސް ފަރަތްތަކެއް އުފެއްދި ޕާޓީއެކެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކަކީ މިހާރުވެސް ސިޔާސީ ދާއިރާގައި ''ވިދަމުންދާ'' ފަރާތްތަތަކެވެ. ވަކި ހިސާބަކުން ޕާޓީ ތެރޭގައި ކޮޅުންތައް ގިނަވެ ޕާޓީގެ މެމްބަރުން އެކި ދިމަދިމާލަށް މިސްރާބު ޖަހައި އަމިއްލަ ޕާޓީތައް ވުޖޫދަށް ގެނައެވެ. ޑރ. ހަސަން ސައީދު އިސްކޮށް ހުންނަވައި އުފެއްދި ގައުމީ ޕާޓީ، ޖުމްހޫރީ ޕާޓީ މިހާރު އުވާލަފައިވާ ޕީޕަލް އެލައިންސް ވެސް ހިމެނޭއެވެ.

އަލީ ވަހީދު، މަހުލޫފް، ނާޝިޒް، ރޮޒެއިނާގެ އިތުރުން މަހްލޫފް އަކީ ރައީސް މައުމޫންގެ ކުޑައިގެ ދަށުން ސިޔާސީ ދާއިރާ އަށް ނިކުންނެވި ބޭފުޅުންނެވެ. އެބޭފުޅުން ޑީއާރްޕީ '' އެކަނި'' ކޮށްލާފަވަޑައިގަތުމުން ދެން ރައީސް މައުމޫން އުފެއްދެވީ ޕީޕީއެމްއެވެ. ކޮއްކޮފުޅު ރައީސް ޔާމީން އާ ދެމެދު އުފެދުނު ސިޔާސީ '' ހަނގުރާމަ'' ތެރޭގައި އެމަނިކުފާ އަތްޕުޅުން ޕީޕީއެމްވެސް ބީވެގެން ދިޔައީއެވެ. އެހިސާބުން އެމަނިކުފާނު އުޅުއްވަން ޖެހި ވަޑައިގަތީ ''ގިނަކަންޏާ'' އެވެ. ޔާމީންގެ ދަންތުރާގައި ޖެހިވަޑައިގެން އެމަނިކުފާނު ޖަލުގެ ތޭރިތަކުގެ ތެރެއަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ހިސާބުން މަޖުބޫރު ވެވަޑައިގެންނެވީ މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރައްވާށެވެ. އެގޮތުން އެމަނިކުފާނަކީ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރެއިން އެއް ލީޑަރެވެ. ސަރުކާރުގެ 13 ޕަސެންޓް ވަނީ މައުމޫނަށް ދީފައެވެ.

އެހެން ނަމަވެސް މަނިކުފާނަށް އަމިއްލަ ޕާޓީއެއް އުފެއްދޭ އަދަދަށް ތާއިދެއް ނެތީތޯ؟ ސަރުކާރުން 13 ޕަސެންޓް ދިނީމަވެސް އަމިއްލަފުޅު ބާރެއް ނެތީތޯ؟ މަނިކުފާނުގެ ވަޒީރުންގެ ގާބިލް ކަމާއި މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާއިރު އެއަށް ވުރެ އިލްމީ ގޮތުން ގާބިލް ބޭފުޅުން އަރިހުގައި ނެތީތޯ؟ ކޮއްކޯފުޅާ ޖެހުނު މައްސަލާގައި އާއިލާ ތެރޭގައި އެޅި ރެނދު އިތުރަށް ބޮޑުވެދާނީތީވެ ސިޔާސީ ކުޅިގަނޑު ކުޅުއްވަން ބޭނުންވެވަޑައިނުގަންވަނީތޯ؟

މިއީ ހައްތަހާވެސް ސުވާލު އެވެ. މަނިކުފާނަށް ތާއީދުކުރާ ފަރާތްތައް މިއަދު މި ސުވާލުތަކުގެ ޖަވާބު ބޭނުންވެ އެވެ. މަނިކުފާނު ދެން ކުރިއަށް އަޅުއްވާނެ ފިޔަވަޅެއް އެނގެން ބޭނުންވެއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

10 މެއި 2017

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!
02 މެއި 2017

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
01 އެޕްރީލު 2017

ރައީސް މައުމޫންގެ ކުށަކީ...

01 އެޕްރީލު 2017
ރައީސް މައުމޫންގެ ކުށަކީ...
15 މާރިޗު 2017

މިކަން ސިޔާސީ ނުކުރާށެވެ!

15 މާރިޗު 2017
މިކަން ސިޔާސީ ނުކުރާށެވެ!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް