Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލިއްޔަތު ކޮމިޓީ

ސީއެސްސީގެ ހަތަރު އޮޑިޓް ރިޕޯޓް ތަޅުމަށް ފޮނުވަން ފާސްކޮށްފި

ތިން ކަމެއް ފާހަގަކޮށްފައިވޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 30 ޖުލައި 2019 | އަންގާރަ 10:00
އަންގާރަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

އަންގާރަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ 2016،2015،2014 އަދި 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީއަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުގެ އިތުރުން އޮޑިޓް އޮފީހުގެ އިސް ބޭފުޅުން ވަނީ ހާޒިރު ކޮށްފައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން ވަނީ އެ ރިޕޯޓު ގައި ފާހަގަވެފައި ހުރި ކަންތައްތަކުގެ މައުލޫމާތު މެމްބަރުންނަށް އަރުވާފައެވެ. ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހަރު މުދަލުގެ ރެޖިސްޓަރީ ބަލަހައްޓާފައި ނުވާކަން ފާހަގަ ވެފައިވާ ކަމަށް އޮޑިޓް ޔުނިޓް ޑައިރެކްޓަރ އިބްރާހިމް ފަޒީލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ރެޖިސްޓަރ ބްރޭންޑް، ސީރިއަލް ނަންބަރު، އެސެޓް ނަންބަރާއި އޭގެ ހާލަތު ފަދަ މައުލޫމާތުތައް ފުރިހަމަ ވެފައިނުވެއެވެ. މިނިވަން ފަރާތަކުން ކޮމިޝަންގެ ސަވައިލެންސް އޮޑިޓެއް ހަދާފައިވާއިރު، އެއަށް ބިޑްކޮށްފައިވާ ފަރާތްތަކަކީ ''ސެޓިފައިޑް'' ބައެއްކަން ވެރިފައިވެފައި ނުވާކަން ފާހަގަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ، 34،590 ގެ މަސައްކަތެއް ބިޑަކާ ނުލައި ތިން ބަޔަކަށް ދީފައިވާ މައްސަލައެވެ. ދައުލަތުގެ މާލިއްޔަތު ގަވާއިދު ބުނާ ގޮތުން 25،000 އާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ މަސައްކަތް ހަވާލުކުރެވޭނީ ބިޑްކޮށްގެންނެވެ. އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ މައްސަލާގައި ކޮމިޓީގެ މެމްބަރުންގެ ހިޔާލު ތަފާތުވިއެވެ. ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށައެޅުއްވީ އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ގަބޫލުކުރެވޭތީވެ އެ މައްސަލަ އޭސީސީގެ ސަމާލު ކަމަށް ގެނައުމަށެވެ.

އެ ހުށައެޅުމަށް ތާއިދު ކުރައްވާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރް އަބްދުލް ލަތީފްއެވެ. އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ހުށައެޅުއްވީ އޮޑިޓަރ ޖެނެރަލްގެ ރެކޮމޮންޑޭޝަންއާ އެކު ފަސް އޮޑިޓް ރިޕޯޓު މަޖިލީހުގެ ތަޅުމަށެވެ. ހަތަރު މެމްބަރުންގެ ވޯޓާއިއެކު އޮޑިޓް ރިޕޯޓްތައް ތަޅުމަށް ފޮނުވަން ފާސްކުރިއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު