Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ސޯލިހު

ރައީސް ސޯލިހުގެ ތަފާތު ކަމަށް އާ ބޮޅެއް

އަންޖަލްއަށް މުލިއާގެ ބަލާލުމުގެ ފުރުސަތު ވަނީ ދެއްވާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 28 ޖުލައި 2019 | އާދީއްތަ 12:17
ރައީސް ސޯލިހު އަންޖަލްއަށް ހަދިޔާއަށް ދެއްވާފައިވަނީ މި ބައިސްކަލް

ރައީސް ސޯލިހު އަންޖަލްއަށް ހަދިޔާއަށް ދެއްވާފައިވަނީ މި ބައިސްކަލް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ކުޑަކުދިންގެ މެދުގައި ވަރަށް މަގްބޫލް ފަރާތެކެވެ. ކުޑަކުދިންނާއި ދޭތެރޭ އެ މަނިކުފާނު ބަހައްޓަވާ ޚާއްސަކަން ރިޔާސީ އިންތިޚާބުގެ ދުވަސްވަރުން ފެށިގެން، އެ މަނިކުފާނުގެ ވެރިކަމުގެ 8 މަސް ފާއިތުވެގެންދާއިރު މި ދަނީ ފެންނަމުންނެވެ. ތަފާތު ފޯރަމްތަކުގައި ކުޑަކުދިންނާއި ބައްދަލުކުރައްވާ ވަގުތު އެ މަނިކުފާނު އެ ކުދިންނާއި ބަހައްޓަވާ ގާތްކަމާއި އޯގާތެރިކަން މި ކަމަށް ހެކި ދެއެވެ. އެކުދިންނާއި ބައްދަލުކުރައްވާ ވަގުތު، އެ ކުދިންގެ އުމުރުފުރައިގެ ބޭފުޅަކަށް ބަދަލުވެވަޑައިގެން، އެ ކުދިންނާއި ސަމާސާކޮށް ހައްދަވައެވެ. އޭގެ މިސާލެއްގެ ގޮތުން ދާދި ފަހުން މީސްމީޑިޔާގައި ވައިރަލްވި ރައީސް ސޯލިހުގެ "މިސްކިތު ފްރެންޑް" ވާހަކަ އާއި "އިބޫ އޯކޭ" ތަސްވީރު ކުރެހި މަރިޔަމް އަންޖަލް ސިޖްނީންގެ ވާހަކަ ފުދެއެވެ.

އައްޑުސިޓީ ހިތަދޫއަށް އުފަން އުމުރުން އެންމެ ހަ އަހަރުގެ ސިޖްނީން އެންމެނަށް އެގިގެން ދިޔައީ ރިޔާސީ އިންތިޚާބު ދުވަސްވަރު އޭނާ "އިބޫ އޯކޭ" ލިޔެފައި ކުރެހި ތަސްވީރުގެ ސަބަބުންނެވެ. އޭރު އޭނާ އެ ތަސްވީރު ކުރެހީ ރައީސް ސޯލިހު ދެކެ އޭނާގެ މަންމަ ލޯބިވާތީ، މަންމައަށް "ސަޕްރައިޒް" އެއް ދިނުމުގެ ގޮތުންނެވެ.

ރައީސް ސޯލިހު ކުޑަކުދިންނާއި ބައްދަލުކޮށް އެ ކުދިން އުރާލާ، ސަލާމްކޮށްލާ މަންޒަރު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ފެނުމުން، އެމަނިކުފާނަކީ އަންޖަލް އެންމެ ލޯބިވާ ފަރާތަކަށް ބަދަލުވެގެން ދިޔައެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އައްޑޫ ސިޓީއަށް ރައީސް ސޯލިހު ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، އަންޖަލް ވަނީ އޭނާ ކުރެހި "އިބޫ އޯކޭ" ތަސްވީރު ރައީސް ސޯލިހަށް ހަދިޔާކޮށް، އެ މަނިކުފާނާއި އެކުގައި ހެދުނުގެ ނާސްތާގައި ބައިވެރިވެފައެވެ. ރައީސް ވަނީ އަންޖަލް އެ މަނިކުފާނަށް ހަދިޔާއަށް ދިން، "އިބޫ އޯކޭ" ތަސްވީރު މުލިއާގޭގެ ސިޓިންރޫމްގައި ހަރުކޮށްފައެވެ.

ރައީސް ސޯލިހު އަންޖަލް އާއި ވަރަށް ގާތް ގުޅުމެއް ބާއްވައެވެ. އަންޖަލްގެ އުފަންދުވަހު ފޯނުން ގުޅުއްވައި، އުފަންދުވަހުގެ ތަހުނިޔާވެސް ކިޔުއްވިއެވެ. އަދި އުފަންދުވަހުގެ ހަދިޔާ ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އަންޖަލް އެންމެ ބޭނުންވާ ކަންތައް ކަމަށްވާ، ރިޔާސީ ގަނޑުވަރު "މުލިއާގެ" ބަލާލުމުގެ ފުރުސަތު އޭނާ އަށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އަންޖަލްގެ އެ ހުވަފެން ރައީސް މިވަނީ ހަގީގަތަކަށް ހައްދަވައިދެއްވާފައެވެ. ޖުލައި 27 ވަނަ ދުވަހު ރައީސް ވަނީ އަންޖަލްއަށް މުލިއާގެ ބަލާލުމުގެ ފުރުސަތު ދެއްވާފައެވެ. އަދި އަންޖަލްއަށް އުފަންދުވަހުގެ ހަދިޔާއެއް ދިނުމުގެ ގޮތުން، އެ މަނިކުފާނު ބައްލަވައިގެންފައިވާ ރީނދޫ ކުލައިގެ ބައިސްކަލްވެސް އޭނާއަށް ވަނީ ދެއްވާފައެވެ. ރައީސް ދެއްވި މި ހަދިޔާއާއި އެކު، އަންޖަލް މި ވަނީ އުފަލުން ފޮޅިފައެވެ.

ގައުމުގެ ބުރަ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން، އެ މަނިކުފާނު ކުރައްވާ މި ފަދަ ކަންކަމުގެ ސަބަބުން ކުޑަ ބޮޑު އެންމެންގެ މެދުގައިވެސް، އެ މަނިކުފާނު ވެވަޑައިގެންފައިވަނީ ތަފާތު އެހާމެ މަގްބޫލް ރައީސްއަކަށެވެ. ވައުދުފުއްދަވާ ރައްޔިތުންނާއި މެދު އޯގާތެރިކަން ބެހެއްޓުވުމުގައި، ރައީސް ސޯލިހް ވަރެއް ނެތެއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު