Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުރީގެ ރައީސް އަބްދުﷲ ޔާމީން

ބާރުތައް ބީވުމުން ކޮސް ގޮވޭނެ!

28 ޖުލައި 2019 | އާދީއްތަ 12:48

އިންތިޚާބުގެ ނަތީޖާ އަދި ވެސް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 28 ޖުލައި 2019 | އާދީއްތަ 12:48
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

މީހުން ބުނެއުޅެއެވެ. ތިމާ ކަމަކަށް މާބޮޑަށް އެދި އެދިހުއްޓާ އެކަން ނުވުމުން ދެރަވެ ހިތާމަ ކުރާނެއެވެ. އަދި އެކަން ވާން ހުރި ގޮތްތައް ދައްކާ ކޮސް ގޮވޭނެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެވަޑައިގެންފައިވަނީ ދެވަނަ ދައުރަކަށް ވެރިކަމަށް އައުމަށް ބޭނުން ވެލައްވައި ވެރިކަން ބީވި ރައީސަކަށެވެ. ބަލި ގަބޫލު ކުރެއްވުމަށްފަހު ގަބޫލު ނުކުރެއްވޭ އެއް ރައީސަށެވެ.

ވެރިކަމުގެ ލައްޒަތާއި އާރާއި ބާރުގައި އުޅުއްވި ރައީސް ޔާމީނަށް އަދިވެސް ހުންނެވެނީ ވެރިކަމުގައޭ ހީވެލައްވާ ކަހަލައެވެ. ޕޯޑިއަމްތަކަށް އަރުއްވާ ވެރިކަން ބަދަލުވީ މުއައްސަސާތަކުގައި އެމަނިކުފާނަށް އޮތް އިތުބާރު ނެތުމުންނޭ ވިދާޅުވާން ފަށައިފިއެވެ. މި ވެރިކަމަށް އަށް މަސް ވެގެން ދާއިރު ވެސް ރިޔާސީ އިންތިޚާބުގެ ނަތީޖާ އައިގޮތުން އަދިވެސް ނަތީޖާ ގަބޫލެއް ނުކުރެއްވޭ ކަމަށް ވިދާޅުވެއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއްގެ މައްޗަކަށް ނޫނެވެ. އެކަން އެއޮތީ ސުޕްރީމް ކޯޓުގެ ހުކުމުން އެނގި ހާމަވެއެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލައްވާ މަސައްކަތް ކުރެއްވީ ދައުލަތުގެ އާރާއި ބާރު ހިއްޕަވައިގެންނެވެ. އެކަމަކަށް ދެބަހެއް ނުވެވޭނެއެވެ. އިންތިޚާބުގެ ކެމްޕެއިން ފެއްޓެވީ ދައުލަތުގެ ހުރިހާ ބާރެއް ބޭނުން ކުރައްވައިގެންނެވެ. އެމަނިކުފާނަށް ތާއީދު އޮތް ކަން އޭރުގެ އިދިކޮޅު ފަރާތްތަކަށް ދެއްކެވުމަށްޓަކައި ޕީޕީއެމް ދަރުވާލުމަށްފަހު މޯލްޑިވިއަން ބޭނުންކޮށްގެން ޗާޓަރަށް ފްލައިޓް ހިފައިގެން ރާއްޖޭގެ އެކި ރަށްރަށުން މީހުން ގެނައެވެ. ހުޅުމާލޭގައި ބޭއްވި ޖަލްސާއަށް ވެސް ކަންތައް ކުރެއްވީ އެގޮތެވެ. އެމަނިކުފާނަށް އޮތް ތާއީދު ދެއްކެވުމަށް ރަށްރަށުން ރައްޔިތުންނާއި ވަޒީފާ ތަކުގައި ތިބި މުއައްޒަފުން އެއްކުރީ މަޖުބޫރު ކޮށްގެންނެވެ. ގަބޫލު ނުކުރެއްވިގެން އުޅުއްވަނީ ފަހަރުގައި އެމަންޒަރުތައް އެއީ އަރިސް ބޭފުޅުން އެމަނިކުފާނަށް ދެއްކެވި އަސްލު މަންޒަރުތައް ކަމަށް ހީފުޅުވެވަޑައިގެން ކަމަށް ވެސް ވެދާނެއެވެ.

ވެރިކަމުގައި ގެނެސްދެއްވި ތަރައްގީ އަކީ ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވަންވީ ސަބަބު ކަމަށް ދެކެވަޑައިގެން ދިވެހިންގެ އަސާސީ ހައްގުތަކާއި އިންސާފާއި ހަމަހަމަކަން ހޯއްދަވަން ދެކޮޅު ހެއްދެވިއެވެ. އިންސާފު ހޯދަން ނިކުންނަ މީހާއަށް ޖަލުގެ ކުޑަ ގޮޅި ދައްކާލަމުންނެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނު ބޭނުންވެލެއްވި ގޮތަށް ހުރިހާކަމެއް ވެސް ކުރެއްވިއެވެ. ގާނޫނުތަކާއި ގަވައިދުތައް ފުނޑާލުމަށް ފަހުއެވެ. އޭރު އެމަނިކުފާނަށް ސަނާކިޔަން އުޅުނު ގިނަ މީހުންނަކީ އެމަނިކުފާނުގެ އަތްދަށުވެ އަނިޔާ ލިބުމަށް ބޭނުން ނުވި މީހުންނެވެ. އެކަން އޮތީ ރިޔާސީ އިންތިޚާބުން އެމަނިކުފާނަށް އަންގައި ދީފައެވެ.

އެމަނިކުފާނު ވިދާޅުވާގޮތުން ނަމަ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި އެންމެ ބޮޑު އެއް ސަބަބަކީ ފެބްރުއަރީ 1 ގެ ހުކުމެވެ. އެހުކުމާއި އެކު ހުރިހާ މުއައްސަސާތަކުގައި ފިތުނަ އުފެދި "ކަތުރު ފަނި" އެޅުނީއެވެ. އެމަނިކުފާނަށް އިންތިޚާބުން ނާކާމިޔާބު ވެވަޑައިގެންނެވީ ކުރިން އާރާއި ބާރުގައި އުޅުއްވި ގޮތަށް މުއައްސަސާތަކުން އިންތިޚާބު ބާތިލް ކުރުމަށް އެއްބާރުލުން ނުދެއްވުމުންނޭ ވިދާޅުވާ ކަހަލައެވެ.

މަނިކުފާނެވެ. މުއައްސަސާތަކާއި ރައްޔިތުން ތިބީ ކެތްތެރިކަމާއެކު ވެރިކަން ބަދަލުވާނެ ދުވަހެއްގައި ކަން އަންގައި ދިނީ ވޯޓުންނެވެ. ތަފާތު ބޮޑުކޮށް މަނިކުފާނު އޮތީ ބަލިވެފައެވެ. ދެން ވެސް ބަލި ގަބޫލު ކުރައްވާށެވެ. ބޮޑުތަނުން ނޫނެކޭ ބުނީމާ އެވީ އެކަން ގަބޫލު ކުރައްވާށެވެ. އިންތިޚާބުގެ ނަތީޖާ އަދިވެސް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެތި އުދާހުގައި ކޮސް ގޮވާ ޖާނުން ފިދާވިކަމުގައި ވީ ނަމަވެސް މި ފަސްއަހަރަށް ރައްޔިތުން ވަނީ ވެރިއަކު އިންތިޚާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2023

ބާރުތައް އަތަށް ކަހާލައިފި!

30 އޮކްޓޯބަރު 2023
ބާރުތައް އަތަށް ކަހާލައިފި!
23 ނޮވެމްބަރު 2022

ކޮސްޓަރިކާ ޓީމުގައި އަނިޔާގެ މައްސަލެއް ނެތް، ކުޅޭނީ ކައުންޓަރ އެޓޭކަށް އިސްކަން ދީގެން

23 ނޮވެމްބަރު 2022
ކޮސްޓަރިކާ ޓީމުގައި އަނިޔާގެ މައްސަލެއް ނެތް، ކުޅޭނީ ކައުންޓަރ އެޓޭކަށް އިސްކަން ދީގެން
11 ސެޕްޓެމްބަރު 2022

ސިމާއޯ ކޮސްޓާގެ އިސްތިއުފާއިން ބުނެދެނީ އެފްއޭއެމްގެ ފީކަޅާ ވާހަކަތަ؟

11 ސެޕްޓެމްބަރު 2022
ސިމާއޯ ކޮސްޓާގެ އިސްތިއުފާއިން ބުނެދެނީ އެފްއޭއެމްގެ ފީކަޅާ ވާހަކަތަ؟
30 ޖެނުއަރީ 2022

ޖަލުން ނުކުންނެވިގޮތަށް ހައްދަވަން ފެއްޓެވީ ކޮސް ގިނަ މިސްޓޭކްތަކެވެ.

30 ޖެނުއަރީ 2022
ޖަލުން ނުކުންނެވިގޮތަށް ހައްދަވަން ފެއްޓެވީ ކޮސް ގިނަ މިސްޓޭކްތަކެވެ.
21 މެއި 2021

ނަތަންޔާހޫގެ އަނިޔާވެރިކަން: ދިގު ދެމިގެންދިޔަ ކުޅިގަނޑެއްގައި ބާރުތައް ބަނދެވިފައި

21 މެއި 2021
ނަތަންޔާހޫގެ އަނިޔާވެރިކަން: ދިގު ދެމިގެންދިޔަ ކުޅިގަނޑެއްގައި ބާރުތައް ބަނދެވިފައި
20 ފެބުރުއަރީ 2020

ޕީޕީއެމަށް ބާރުތައް ދިނުމާއި އެމްޑީޕީއަށް ބާރުތައް ދިނުން، ވަރަށް ތަފާތު!

20 ފެބުރުއަރީ 2020
ޕީޕީއެމަށް ބާރުތައް ދިނުމާއި އެމްޑީޕީއަށް ބާރުތައް ދިނުން، ވަރަށް ތަފާތު!
08 އޮކްޓޯބަރު 2019

އިދިކޮޅު ފަރާތްތަކަށް ކޮސްތެޅިދާނެ ، ލާދީނީ ކިޔައި ރައްޔިތުން ގުނބޯ ހެއްދި ޒަމާން ގޮސްފި !

08 އޮކްޓޯބަރު 2019
އިދިކޮޅު ފަރާތްތަކަށް ކޮސްތެޅިދާނެ ، ލާދީނީ ކިޔައި ރައްޔިތުން ގުނބޯ ހެއްދި ޒަމާން ގޮސްފި !
09 މާރިޗު 2019

އަނިޔާވެރިންނަށް އަލުން ބާރުތައް ދޭންވީ ހެއްޔެވެ؟

09 މާރިޗު 2019
އަނިޔާވެރިންނަށް އަލުން ބާރުތައް ދޭންވީ ހެއްޔެވެ؟
15 ޖެނުއަރީ 2019

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

15 ޖެނުއަރީ 2019
އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް