Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބްރޮޑްކާސްޓިން ކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ ހުރިހާ މެމްބަރުން ވަކިކުރަން މަދުވީ މީކާއިލްގެ ވޯޓު އެކަނި!

ވިސާމް ހުށައެޅުއްވީ ހުރިހާ މެމްބަރުން ވަކިކުރަން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 24 ޖުލައި 2019 | ބުދަ 14:49
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ

ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖޭގެ ނޫސްވެރިން އެތައް އަނިޔާތަކެއް ތަހައްމަލު ކުރަން ޖެހުނު ދުވަސްތަކެކެވެ. އެކަންކުރުމުގައި އެންމެ އިސްކޮށް އޮތީ ބްރޯޑްކާސްޓިން ކޮމިޝަން އެވެ. ސަރުކާރު ދިފާއުކުރުމަށްޓަކައި، މުޅި ނޫސްވެރިކަމުގެ ވެށި ފުނޑާލައި، ހިންގި ހަޑިމުޑުދާރު ޖަރީމާތަކަކީ ދިވެހި ރައްޔިތުންނަށް މިއަދު އައު ވާހަކަތަކެއް ނޫނެ އެވެ. އެބޭފުޅުން ކަންކުރެއްވިގޮތާއި، ޖެއްސެވި ސަކަރާތް ހުރިހާ ރައްޔިތުންނަށްވެސް ސާފުވެއެވެ. އެ ދުވަހު އެ ބޭފުޅުން ހީކުރައްވައިގެންތިއްބެވީ އެއީ ދާއިމަށް ލިބިވަޑައިގެންފައިވާ މަޤާމެއް ކަމަށެވެ. ޤާނޫނުގެ ދިގު އަތް އެބޭފުޅުންނާއި އަރާ ހަމަނުކުރާނެ ކަމަށެވެ.

ކެޔޮކޭވަރު އެނގޭނީ ބިތު ފަންގި ނެގީމަޔޭ ބުނާހެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ހާޒިރުކުރުމުން އެބޭފުޅުން ކެޔޮކޭވަރު ވަނީ ހާމަވެގެންގޮސްފަ އެވެ. ރައްޔިތުންގެ ކުރިމަތީގައި ފަލީހަތްވެ، ކުރެއްވި ހަޑިމުޑުދާރު އަމަލުތައް ހާމަކުރައްވަމުންގެންދެވީ އަމިއްލައަށެވެ. ޤާނޫނާއި ހިލާފަށް އެވެނިކަމެއް ކުރީމޭ، މިވެނި ނިންމެވުމެއް ނިންމަމުންގެންދެވީ އެވެނި ބޭފުޅަކު ވިދާޅުވެގެންނޭ ވިދާޅުވެ ދެއްކެވި ވާހަކަތަކުން އެއިން ބޭފުޅެއްގެ ނަން ކިޔާލަންވެސް ލަދުގަންނަ ހިސާބަށް ދިޔަ އެވެ.

އެއް މެމްބަރަކު އަނެއް މެމްބަރަކު ބަރަހަނާކުރަމުންގެންދިޔައިރު، ނިންމުންތައް ނިންމީ ވަކި ޓީވީ ސްޓޭޝަނެއް ފުނޑާލުމަށްކަމާށާއި، ރާއްޖެޓީވީ ޖޫރިމަނާކުރީ ގަވައިދާ ހިލާފަށްކަމަށް އިއތިރާފްވަމުންގެންދެވީވެސް އެ މެމްބަރުން އަމިއްލަފުޅަށެވެ. ކޮމެޓީ ބައްދަލުވުން ނިންމާލިއިރު، އެއިން އެންމެ މެމްބަރަކު އެންމެ ދުވަހަކުވެސް އިތުރަށް މަޤާމުގައި ބެހެއްޓުމަކީ މުޅި ދައުލަތަށްކުރާ މަލާމާތަކަށްވާވަރު ވަނީވެފަ އެވެ.

އަމިއްލައަށް ފަލީހަތްވެ، ދެއްކެވި ވާހަކަފުޅުތަކުން މިނިވަން މުއައްސަަސާތަކުގެ ކޮމެޓީން ވަނީ ވަކިވަކިން މެމްބަރުން ހާޒިރުކޮށް ބަޔާން ނަގާފަ އެވެ. ހިންގެވި ހުތުރުވެގެންވާ ޖަރީމާތަކުގެ މައުލޫމަތު އޮޅުން ފިލުއްވާފަ އެވެ. ކޮމެޓީ ރިޕޯޓުންވެސް އެނގުނު ކަމަކީ މިއިން އެންމެ މެމްބަރަކުވެސް ހަމަ އެންމެ ދުވަހަކަށްވެސް މެމްބަރުކަމުގައި ބެހެއްޓުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމެވެ. ނަމަވެސް ކޮމެޓީ ރިޕޯޓުތައް ހުށަހެޅިގެންދިޔަ ވަގުތުގައި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ހިޔާލު ތަފާތުވި އެވެ.

ނޫސްވެރިކަމުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިމަތިކުރެއްވި ފިއްތުންތަކާއެކު މަސައްކަތްކުރެއްވި މިހާރު ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ހުރިހާ މެމްބަރުންވެސް ވަކިކުރެއްވުމަށެވެ. ނަމަވެސް ވިސާމްގެ އެ ހުށަހެޅުއްވުމަށް ބައެއް މެމްބަރުންގެ ހިޔާލު ތަފާތުވި އެވެ.

ބްރޮޑްކޮމްގެ މެމްބަރު ޒީނާ ހުރީ ވިހެއުމުގެ ޗުއްޓީގައި ކަމުން ފަހުގެ ތާރީހެއްގައި ކޮމިޓީ އަށް ވަޑައިގަންނަވާނެ ކަމަށް މަޖިލީހަށް ވަނީ ސިޓީ އެއް ހުށައަޅާފައެވެ. ފަހުން މެމްބަރުން ނިންމެވީ ޒީނާ ފިޔާވާ ހުރިހާ މެމްބަރުން ވަކި ކުރުމަށެވެ.

ކޮމީޓީގައި އެވަގުތު ތިއްބެވީ މުގައްރިރު ފިޔާވާ 10 މެމްބަރުންނެވެ. ފާސް ކުރަން ބޭނުންވަނީ މަދުވެގެން ހަ މެމްބަރުންގެ ވޯޓެވެެ. ވޯޓަށް އެހި އިރު ހަ މެމްބަރެއް އަތް ނެންގެވިއެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްވެސް އަތްނެންގެވިއެވެ. އެކަމަކު ފަހުން ކޮމީޓީން އެ ނިންމުން ފާސްވެެއްޖެކަމަށް ކޮމީޓިގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އިއުލާންކުރެއްވުމުން ކުރިން އަތްނެންގެވި މީކައިލް ވިދާޅުވީ، އެ އަށް ވޯޓު ނުދެއްވާ ކަަމަށެވެ. މީކައިލްގެ ވޯޓު ބަދަލުކުރެއްވުމާއެކު ވޯޓުގެ އަދަދު ހަމަހަމަވެ، ހުށަހެޅި ހުށަހެޅުން ފާސްވެފައެއް ނުވެ އެވެ.

މީކާއިލް ދެއްވި ވޯޓު ބަދަލުނުކުރެއްވިނަމަ ބްރޮޑްކޮމްގެ ހުރިހާ މެމްބަރުންވެސް މަގާމުން ވަކިކުރަން ނިންމުނީސް އެވެ. މީކާއިލް ރާއްޖެ.އެމްވީ އަށް ވިދާޅުވީ އެގޮތަށް ވޯޓުދެއްވި މައްސަލަ ދިރާސާކުރި ސަބް ކޮމެޓީގެ ނިންމުމަށް ރިއާޔަތްކުރެއްވުމަށްފަހުގައި ކަމަށެވެ. އަދި އެގޮތަށް ވޯޓު ނުދެއްވީ ގަނޑުކޮށް ހުރިހާ މެމްބަރުން ވަކިކުރުމަށް ތާއީދުނުކުރައްވާތީ ކަމަށާއި، ސަބް ކޮމެޓީގެ ރިޕޯޓުގައިވެސް ބޮޑަށް ގޯސްހެއްދެވީ ދެ މެމްބަރުންކަމަށް ފާހަގަކުރައްވާފައިވާތީކަމަށް މީކައިލް ވިދާޅުވި އެވެ.

މީކާއިލް އަކީ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާފއިވާ ބޭފުޅަކަށްވާއިރު ބްރޮޑްކޮމް ކަންކުރެއްވިގޮތް ވަރަށް ގާތުން އެނގިވަޑައިގަންނަވާނެ ބޭފުޅެކެވެ. ނަމަވެސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކިކުރުމަށް ތާއީދުނުކުރެއްވުމުން، ގިނަ ކަންބޮޑުވުންތަކެއް އެބަހުރި އެވެ. އެއީ ބްރޯޑްކޮމްގެ މެމްބަރުން ހިންގެވި ޖަރީމާތަކަށް ތާއީދުކުރެއްވުމަށް ނިންމެވި ނިންމެވުމެއްތޯވެސް ސުވާލު އުފެދެ އެވެ.

މުއައްސަސާތައް ސާފުކުރެވޭނީ ވަރަށް ކެރިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރެއްވުމުންނެވެ. ވަކި ބަޔަކު ބޭތިއްބުމަށްފަހު، އަނެއް ބަޔަކު ވަކިކުރުމުގެ ބޭނުމެއް ނެތެެވެ. އެކަމުން އެ މުއައްސަސާތަށް ސާފެއްވެސް ނުކުރެވޭނެ އެވެ. ބަދަލުގައި މުއައްސަސާގެ އަގު ވެއްޓި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނިޔަތާއި މެދު ސުވާލުތައް އުފެދެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!

އެމްޑީޕީގައި އޮތީ އާއްމު މެމްބަރުންގެ ބާރު، ޕީޕީއެމްގައި ހަމައެކަނި ރައީސް ޔާމީން ބާރު!

23 މެއި 2018
ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!

ޝަރީފް 'އުޑުގަ ޖެހިފަ، ބިމުގަ ޖެހުނަސް' މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށްވާނެތަ!

03 މެއި 2018
އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!

އަދީބުގެ ފައިސާ އިން ހޮވުނު މެމްބަރުން އިސްތިއުފާއެއް ނުދިން، މައްސަލަ ވެސް ނުބަލާ!

03 އެޕްރީލު 2018
މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ

މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ

13 މާރިޗު 2018
ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް!

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީއެއްގެ ކުޑަ ކޮމެޓީއަކަށް!

07 މާރިޗު 2018

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު