Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އާމްދަނީ އިތުރުކުރަން އެންމެ މޮޅީ ދަނޑުވެރިކަން ކުރިއެރުވުން!

ރާއްޖެ ބަރޯސާވަނީ އިމްޕޯޓް ކުރެވޭ ކާބޯތަކެތީގެ ބާވަތްތަކަށް

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 24 ޖުލައި 2019 | ބުދަ 16:48
ތޮއްޑޫ ކަރާދަނޑެއް : ދަނޑުވެރިންގެ ޝަކުވާތައް ގިނަ

ތޮއްޑޫ ކަރާދަނޑެއް : ދަނޑުވެރިންގެ ޝަކުވާތައް ގިނަ

އެވޭލާ ޒަމާނުގައި ދިވެހިންނަކީ ނިކަން ފުދުންތެރި ބަޔެކެވެ. އެރަށެއްގެ ބަޔަކު ދިރިއުޅުނީ އެބަޔަކު ހައްދާ ދަނޑުގޮވާމުން ކައިގެން، ވަށައިގެންވާ ކަނޑުތަކުން ބާނާ މަހުން ހިތްހަމަ ޖެހިގެންނެވެ. އެއްވެސް އެހެން ގައުމަކަށް ބަރޯސާވާކަށް ހަމަގައިމުވެސް ނުޖެހޭކަން ކަށަވަރެވެ. ދިވެހި ދަނޑުވެރިން ހެއްދި އޮޅުއަލައާއި ބަނބުކޭލާއި ކާއްޓާއި ބަރަބޮލާއި ދޮންކޭލާއި ކައްޓަލައާއި ދަނޑިއަލުވިތަކާއި އުފައްދައިގެން އެކައިގެން ދިވެހިން އުޅުނީ ފުދިގެންނެވެ.

އަދުގެ މަންޒަރު ތަފާތެވެ. މިއަދު ރާއްޖެއަކީ ކާބޯތަކެތީގެ ބާވަތްތައް މައިގަނޑު ގޮތެއްގައި އިމްޕޯޓު ކުރާ ގައުމެކެވެ. ހިތާމައަކީ މީގެން ދިވެހިރާއްޖޭގައި އުފައްދާ ދަނޑުގޮވާމުގެ ބާވަތްތައް ވެސް އިސްތިސްނާ ނުވާކަމެވެ. އެންމެ ފަހުން ލިބެން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އާއްމުކޮށް ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އެތެރެކުރަން 2017 ވަނަ އަހަރު އެކަނިވެސް ރާއްޖެއިން ވަނީ 400،897،835 ރުފިޔާ ހަރަދުކޮށްފައެވެ. ޑޮލަރުން ހިސާބު ޖަހާލާއިރު އެއީ ގާތްގަނޑަކަށް 26 މިލިއަނެއްހާ ޑޮލަރެވެ. މިއީ 2013 ވަނަ އަހަރު ހަރަދުކުރިވަރަށް ވުރެ 34 އިންސައްތަ އިތުރު އަދަދެކެވެ. މިހާރު މިއަދަދު ހުންނާނީ މިއަށް ވުރެ ވެސް މަތީގައިކަން ކަށަވަރެވެ.

އެވަރެޖްކޮށް ދިވެހިރާއްޖެއަށް ކެއިންބުއިމުގެ ބާވަތްތައް އެތެރެކުރަން މަހެއްގެ މައްޗަށް 600 މިލިއަން ރުފިޔާ ހަރަދުކުރެއެވެ. މިއީ ހުސް ގައުމުން ބޭރުވާ ފައިސާއެވެ. ނިމިދިޔަ މޭ މަހުގެ ތެރޭގައި އެކަނިވެސް ކެއިންބުއިމުގެ ބާވަތްތައް އެތެރެކުރަން 663.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ޖުމްލަކޮށް އިމްޕޯޓަށް ރާއްޖެއިން މަހެއްގެ މައްޗަށް 3.5 ބިލިއަން ރުފިޔާ ހަރަދުކުރެއެވެ. މިކަމާ ދެން ބަޔަކު އަންތަރީސް ނުވާނަމަ މި ރާއްޖޭގެ ކުރިމަގާ މެދު ތިޔަ ވެވެނީ ބޮޑު އިހުމާލެކެވެ. ހާއްސަކޮށް ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ އަދަދު 70 އިންސައްތައިގައި އުޅޭއިރު މިވަރުގެ އަދަދެއް ގައުމުން ބޭރުވެގެން ދިޔުމުގެ ބަދަލުގައި މަސައްކަތް ކުރަންވީ މިކަމަށް ހައްލެއް ހޯދަން އަަވަސްވެގަންނާށެވެ.

ކޮންމެ ސަރުކާރަކުން ވެސް ދަނޑުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށް ބުނެ އެދެވޭ މަސައްކަތްތަކެއް ނުކުރެވޭކަން، ދަނޑުވެރިކަމުގައި އުޅޭ މީހުން ކުރެން އަހާލުމުން އެނގިގެން ދާނެއެވެ. އަބަދުވެސް ދަޅަ ދެއްކުމާއި ހިޔާލީ ފޮލާތަކެއްގައި ސަރުކާރުތައް ނިމިގެން ދަނީ ދަނޑުވެރިންގެ އެއްވެސް ކަމަކަށް ހައްލު ނުލިބިއެވެ. "ފުޑް ސްކާސިޓީ" ނުވަތަ ކާނާގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ އެންމެ ބިރުބޮޑު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭއިރު، މިކަންކަމާއި މެދު އަޅާނުލާ ދެވުމަކީ ހަމަ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއްހެއްޔެވެ؟

ދެން އޮތީ ބިމުގެ ޖާގައިގެ ދަތިކަން ކުޑަ ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރުވާނީ ކިހިނަކުންތޯ އުފައްދާ ސުވާލެވެ. ޖަވާބަކީ ޓެކްނޮލޮޖީ އާއި އީޖާދީ ދަނޑުވެރިކަމުގެ ހައްލުތަކެވެ. މިސާލަކަށް ނަގަން ރަނގަޅު ގައުމެއް ވެސް އެބައޮތެވެ. އެއީ މުޅި ހުޅަނުގެ ބިތުގައި ވެސް އޮތް އެންމެ ކުޑައެއް ގައުމު ކަމުގައިވާ ނެދަރލޭންޑްސްއެވެ. ޗާޓަކުން ބަލާއިރު ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް (ރާއްޖެ ފަދައިން) އެގައުމަކީ މި ދުނިޔޭގައި ވެސް ދަނޑުވެރިކަމުން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ގައުމެވެ. މިކަމުގައި ވާދަކުރަނީ އެމެރިކާއާއި ޖަރުމަނާއި ފްރާންސް ފަދަ ގައުމުތަކާއެވެ. ދަންނަވަން މިއުޅޭ ވާހަކައިގެ ބޮޑު މަންޒަރު މި ގައުމުތަކުގެ ބިމުގެ ޖާގައިގެ ތަނަވަސްކަމާއި އެވެރިންގެ ގައުމުގެ ބިމަށް ބަލާލީމާއި ވެސް އެނގޭނެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ތެރޭގައި ވެސް އެ ގައުމުން ވަނީ ދަނޑުވެރިކަމުން އެކަނިވެސް 79 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. ވާޓިކަލް ފަރމިން އާއި ހައިޑްރޯފޯނިކްސް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް އެއްކޮށް އެގައުމުން އެއޮތީ ޒަމާނީ ހައްލެއް މިކަމަށް ހޯދާފައެވެ.

ދިވެހިރާއްޖެ ވެސް އަވަސް ވެގަންނަންވީ މިމަގުން ހިނގައި ގަތުމަށެވެ. ހަމައެކަނި ކަރުދާސް ކޮޅެއްގައި މިވެނި ކަމެއް އެވެނި ކަމެއް ކުރާނަމޭ ނުބުނެ، އަމަލީ މަސައްކަތް ފަށައިގަންނަންވީއެވެ. އާމްދަނީ އިތުރުކުރާ ވާހަކަ ދެއްކުމުގެ ކުރިން ހަރަދު ކުޑަކުރަންވީއެވެ. މިއީ ރޮކެޓް ސައިންސް ނޫންކަން މިކަން ކުރަން ފެށުމުން އިނގޭނެއެވެ. އިންވެސްޓް ކުރަންވީ ދޮންވެލި ގޮނޑުދޮށާއި ރުށް ބުޑަށް މީހުން ޖަމާކުރާކަށެއް ވެސް ނޫނެވެ. އިންވެސްޓް ކުރަންވީ ދެމެހެއްޓެނިވި ބަރޯސާވުން ކުޑަ އިގްތިސާދަކަށެވެ. ހަމަ ޔަގީނުންވެސް އެކަމުގެ ފޮނި މީރުކަން އަންނަން އޮތް ޖީލުތަކަށް ވެސް އާހިރާ ހަމައަށް ދެމި އޮންނާނެއެވެ. އެއްކަމުން އެތައް ކަމަކަށް ހައްލު ލިބުނީއެވެ. ގައުމުގެ ރިޒާވް އިތުރުވެ، ކާބޯތަކެއްޗަށް އޮތް ބަރޯސާ ނެތި، ހަރަދު ކުޑަވެ، އާމްދަނީ ވެސް އިތުރުވީއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އާލިއާގެ ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް އިނގޭތަ؟

އާލިއާގެ ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމް އިނގޭތަ؟

15 ފެބުރުއަރީ 2019
ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

19 ޖެނުއަރީ 2019
ދައުލަތުގެ އާމްދަނީ: އެހެން އަހަރުތަކަށް ވުރެ ރިއަލިސްޓިކް

ދައުލަތުގެ އާމްދަނީ: އެހެން އަހަރުތަކަށް ވުރެ ރިއަލިސްޓިކް

15 ނޮވެމްބަރު 2018
ގޭގައި ތިބެގެން އާމްދަނީ ހޯދާ މީހުން: އުފައްދާ ތަކެތި ވިއްކާނެ މާކެޓެއް ނެތް

ގޭގައި ތިބެގެން އާމްދަނީ ހޯދާ މީހުން: އުފައްދާ ތަކެތި ވިއްކާނެ މާކެޓެއް ނެތް

22 އޮކްޓޯބަރު 2018
އެންމެ މޮޅީ މަޖޫ އާއި ޖުމައްޔިލް

އެންމެ މޮޅީ މަޖޫ އާއި ޖުމައްޔިލް

20 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު