Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޭންގު ކުށްތައް ހުއްޓުވުން

ގޭންގުތައް ޕްރޮމޯޓުވާގޮތަށް ކުޅިވަރުތަކުގައި ބައިވެރިވުން މަނާކުރަނީ

މި ހުށައެޅުން ހުށައެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖުލައި 2019 | ބުދަ 09:53
ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ކޮމެޓީގެ ބައްދަލުވުމުގައި

ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ކޮމެޓީގެ ބައްދަލުވުމުގައި

އެކި ނަންނަމުގައި ހަރަކާތްތެރިވާ ގޭންގުތައް ޕްރޮމޯޓުވާގޮތަށް މަދަނީ ހަރަކާތްތަކުގައާއި، ކުޅިވަރުތަކުގައި ބައިވެރިވުން މަނާކުރުމުުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފަށައިފިއެވެ.

ބުދަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި މި ހުށައެޅުން ހުށައެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ. އެގޮތުން ނާޒިމް ވިދާޅުވީ، ގޭންގްތަކުގެ މައްސަލައަކީވެސް ކުޑަކުދިންގެ ނާޖާއިޒް މަންފާ ނެގުމާއި، ކުށްތަކުގައި ކުޑަކުދިން ބައިވެރިވުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. އަދި ސުކޫލު ފެންވަރުގައާއި ރަށުފެންވަރުގައިވެސް އެއްވެސް ގޭންގެއްގެ ނަމުގައި ކުޅިވަރުތަކުގައި ބައިވެރިވުން މަނާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހުށައެޅުމަށް ތާއީދު ކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިިދާޅުވީ، ގޭންގު ކުށްތައް މަނާ ކުރުމުގެ ޤާނޫނެއް އޮންނަ ކަމަށާއި، ނަމަވެސް ނަން މަޝްހޫރު ގޭންގުތައް ގިނަ ފަހަރު ރަޖިސްޓްރީވެފައި އޮންނަނީ ޤާނޫނާއި އެއްގޮތަށް ކޮންމެވެސް މަދަނީ ޖަމިއްޔާއެއް ނުވަތަ ރެކްރިއޭޝަނަލް ކްލަބެއްގެ ގޮތުގަައި ކަމަށެވެ. އަދި އޭގެ ސަބަބުން ފިޔަވަޅު އެޅުމަށް ދަތިވާ ކަމަށާއި، ނަމަވެސް އެއީ އަވަސް ހައްލެއް ބޭނުންވާ ކަމެއް ކަމަށްވެސް އިންތި ވިދާޅުވިއެވެ.

އެގޮތުން ކޮމިޓީ ބައްދަލުވުމުގައި އިންތި ވަނީ ކޮމިޓީއަށް ފުލުހުން ހާޒިރުކޮށް، ގޭންގް ވައޮލެންސް ގައި ބައިވެރިވާކަން ފާހަގަވެފައި ހުންނަ ޖަމާއަތްތައް ފާހަގަކޮށް، ފުލުހުން މެދުވެރިކޮށް އެފަދަ ޖަމާއަތްތައް ދެނެގަތުމުގެ މަސައްކަތް ކުރުމަށް ހުށައަޅުއްވާފައެވެ. އަދި މި ހުށައެޅުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ތާއީދު ކުރައްވާފައެވެ. އެގޮތުން ރޮޒެއިނާ ވިދާޅުވީ، ކްލަބެއް ނުވަތަ މަދަނީ ޖަމިއްޔާއެއްގެ ނިވާފަތްގަނޑުގައި އޮވެގެން ގޭންގުތައް އޮޕަރޭޓް ކުރުން ހުއްޓުވައި އެކަމަށް އަވަސް ހައްލެއް ގެންނަންޖެހޭ ކަމަށެވެ.

މި ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމަށާއި، އިޖުތިމާއީ ކޮމިޓީން ބައިވެރިވާން އެދޭނަމަ އެ ފުރުސަތު ދޭނެ ކަން ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

މި ހުށައެޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުޙުސިން ހަމީދު (ޖޭފޯ) ވިދާޅުވީ، 2015 ވަނަ އަހަރު ކުޅިވަރުގެ ޤާނޫނު ވުޖޫދުވިފަހުން އެއްވެސް ކުޅިވަރު ޖަމިއްޔާއެއް އުފައްދާނަމަ ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށާއި، ވީމާ ރަޖިސްޓްރީކޮށް ނަން ފާސް ކުރުމުގެ މަރުހަލާގައި މި މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރެވިދާނެ ކަމަށެވެ.

މި ހުށައެޅުންތަކާ ގުޅޭގޮތުން ކޮމިޓީން މަޝްވަރާކޮށް ، ރާއްޖޭގައި އޮޕަރޭޓް ކުރާ ގޭންގްތައް މަދަނީ ޖަމިއްތާ ނުވަތަ ކުޅިވަރު ކްލަބު ތަކުގެ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށްޓަކައި އެކަން ހޯމް މިނިސްޓްރީއާއި، މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަށް ހުށައެޅުމަށާއި، އެފަދަ ކަންކަން ގާތުން ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަށް އެ މުއައްސަސާތަކުގެ ކިބައިން އެދުމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2019

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހުނަރު ތަރައްގީކުރަން އެންމެގެ ބައިވެރިވުން ވަރަށް މުހިންމު: ސްޓޭޓް މިނިސްޓަރު އިފްހާމް

03 ޑިސެމްބަރު 2019
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހުނަރު ތަރައްގީކުރަން އެންމެގެ ބައިވެރިވުން ވަރަށް މުހިންމު: ސްޓޭޓް މިނިސްޓަރު އިފްހާމް
10 އޮކްޓޯބަރު 2019

ކައުންސިލްތަކުގެ ނިންމުންތަކަށް އަންހެނުންގެ ބައިވެރިވުން މުހިއްމު: ޝަމާއު

10 އޮކްޓޯބަރު 2019
ކައުންސިލްތަކުގެ ނިންމުންތަކަށް އަންހެނުންގެ ބައިވެރިވުން މުހިއްމު: ޝަމާއު
07 ސެޕްޓެމްބަރު 2019

އަންހެނުންގެ އިޤުތިޞާދީ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް : މިނިސްޓަރ ޝިދާތާ

07 ސެޕްޓެމްބަރު 2019
އަންހެނުންގެ އިޤުތިޞާދީ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް : މިނިސްޓަރ ޝިދާތާ
29 އެޕްރީލު 2019

އަންހެނުންގެ ސިޔާސީ ބައިވެރިވުން އިތުރު ކުރުމަށް ބޭއްވި ސިމްޕޯޒިއަމް ނިންމާލައިފި

29 އެޕްރީލު 2019
އަންހެނުންގެ ސިޔާސީ ބައިވެރިވުން އިތުރު ކުރުމަށް ބޭއްވި ސިމްޕޯޒިއަމް ނިންމާލައިފި
28 އެޕްރީލު 2019

 އަންހެނުންގެ ސިޔާސީ ބައިވެރިވުން އިތުރު ކުރުމަށް ސިމްޕޯޒިއަމެއް ފަށައިފި 

28 އެޕްރީލު 2019
 އަންހެނުންގެ ސިޔާސީ ބައިވެރިވުން އިތުރު ކުރުމަށް ސިމްޕޯޒިއަމެއް ފަށައިފި 
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު