Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮރިން މިނިސްޓަރ

އޯއައިސީގެ ހުރިހާ ހަރަކާތްތަކެއްގައި ދިވެހިރާއްޖޭގެ ފުރިހަމަ ބައިވެރިވުން އޮންނާނެ: މިނިސްޓަރ ޝާހިދު

3 މާރިޗު 2019 | އާދީއްތަ 04:14

ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނާއި ތަރައްޤީގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 3 މާރިޗު 2019 | އާދީއްތަ 04:14
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހުރިހާ ހަރަކާތްތަކެއްގައި ދިވެހިރާއްޖޭގެ ފުރިހަމަ ބައިވެރިވުން އޮންނާނެކަމުގެ ޔަޤީންކަމާއި އެޖަމާޢާތުގެ މަޤްޞަދުތަކާއި ލަނޑުދަނޑިތައް ޙާސިލްކުރުމަށް ދިވެހިރާއްޖެ އިން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަޙްމަދު އަލްޢުތައިމީން އަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްވައިފިއެވެ.

އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ޔޫއޭއީގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން ޝައިޚް ޢަބްދުﷲ ބިން ޒައިދް އަލް ނަޙްޔާންއާ ބައްދަލުކުރައްވައި ނިމިގެން ދިޔަ އޯއައިސީ ޚާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވުމުގައި ދެއްކެވި ލީޑަރޝިޕަށް މަރުޙަބާ ދަންނަވަފައެވެ.

Advertisement - newsAdvertisement

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނާއި ތަރައްޤީގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމުގެ އިތުރުން އޯއައިސީ އާއި އދ. ފަދަ ޖަމާޢަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ޚާރިޖީ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

އޯއައިސީ ޚާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރ ޝާހިދު ވަނީ ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން ފަލަސްތީން، އިންޑިއާ، ބަންގްލަދޭޝް، ރުމޭނިއާ، އުރުދުން، ކުވައިތު، ކޮސޯވޯގެ އިތުރުން އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރުންނާއި އަބޫދާބީގައި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ސްޓޭޓް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އާއި މިސްރުގެ ޚާރިޖީ ވަޒީރުގެ ނައިބުގެ އިތުރުން އޯއައިސީ ޚާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމަށް އިރާޤާއި ސަރބިއާ އިން ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ.

މުސްލިމް 57 މެމްބަރު ގައުމު ހިމެނޭ އޯއައިސީގެ މެމްބަރަކަށް ރާއްޖެވީ 1967 ވަނަ އަހަރުގައެވެ. އަދި ރާއްޖެއިން މި އަހަރުގެ ތެރޭގައި އޯއައިސީއާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައި ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ. އޯ.އައި.ސީ ޚާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުން އޮންނާނީ 2020 ވަނަ އަހަރު ނައިޖަރގައެވެ. އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިނިސްޓަރ ޝާހިދު އާއި އެމަނިކުފާނުގެ އަރިހުގައި އަބޫދާބީއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

05 މެއި 2017

ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

05 މެއި 2017
ސަރަހައްދީ ކުރިއެރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
04 މެއި 2017

ވޯޓް ލުމުގެ ފުރިހަމަ ޙައްޤު ބޭނުން ހިފުމަށް އެޗްއާރްސީއެމުން ގޮވާލައިފި

04 މެއި 2017
ވޯޓް ލުމުގެ ފުރިހަމަ ޙައްޤު ބޭނުން ހިފުމަށް އެޗްއާރްސީއެމުން ގޮވާލައިފި
04 މެއި 2017

މިވެރިކަން ބަދަލުވި ދުވަހަކުން ރިލްވާންގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރާނަން: ރައީސް ނަޝީދު

04 މެއި 2017
މިވެރިކަން ބަދަލުވި ދުވަހަކުން ރިލްވާންގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރާނަން: ރައީސް ނަޝީދު
30 އެޕްރީލު 2017

ކައުންސިލް އިންތިޚާބަށް ފުރިހަމައަށް ތައްޔާރު، ޓީމްތައް އަތޮޅުތަކަށް ފުރައިފި: ފުލުހުން

30 އެޕްރީލު 2017
ކައުންސިލް އިންތިޚާބަށް ފުރިހަމައަށް ތައްޔާރު، ޓީމްތައް އަތޮޅުތަކަށް ފުރައިފި: ފުލުހުން
26 އެޕްރީލު 2017

ޑިމޮކްރަސީ އޮތީ ޅަފަތުގައެއް ނޫން، އޮތީ ފުރިހަމަ ނުވެ: އަބްދުﷲ ކަމާލުންދީން

26 އެޕްރީލު 2017
ޑިމޮކްރަސީ އޮތީ ޅަފަތުގައެއް ނޫން، އޮތީ ފުރިހަމަ ނުވެ: އަބްދުﷲ ކަމާލުންދީން
03 އެޕްރީލު 2017

ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް

03 އެޕްރީލު 2017
ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް
10 މާރިޗު 2017

މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ

10 މާރިޗު 2017
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް