Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި މެނޭޖްކުރުން

ކުނި މެނޭޖް ކުރާ ނިޒާމް ބަދަލު ކުރަން ޖެހޭ : ފަރުދީ ޒިންމާ މުހިންމު!

23 ޖުލައި 2019 | އަންގާރަ 11:01

ދައުލަތުން ކުނި މެނޭޖް ކުރުމަށް ހޭދަކުރެވުނު މިންވަރު ހޯދުމަށް ވަނީ އެދިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 23 ޖުލައި 2019 | އަންގާރަ 11:01
އެންވަޔަރަމަންޓް އެންޑް ކުލައިމެޓް ޗޭންޖް ކޮމިޓީ

އެންވަޔަރަމަންޓް އެންޑް ކުލައިމެޓް ޗޭންޖް ކޮމިޓީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި މެނޭޖް ކުރުމަށް ގެންގުޅޭ ނިޒާމް ބަދަލު ކުރަންޖެހޭ ކަމަށާއި ކުނި މެނޭޖް ކުރުމުގައި ފަރުދީ ޒިންމާ އަދާ ކުރަން ޖެހޭ ކަމަށް އެންވަޔަރަމަންޓް އެންޑް ކުލައިމެޓް ޗޭންޖް ކޮމިޓީގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކުނި މެނޭޖް ކުރުމާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި އީޕީއޭ އާއި އެލްޖީއޭ އަދި ވެމްކޯއިން ފޮނުވި ލިޔުންތަކާއި ގުޅޭ ގޮތުން މެންބަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވީ ކުނި މެނޭޖް ކުރުމުގައި އެންމެ ބޮޑު މައްސަލައަކަށް ވަނީ ފަރުދީ ޒިންމާ އަދާނުކުރެވުން ކަމަށެވެ. އަދި ސްކޫލްތަކުން ކުދިން ޓްރެއިން ކޮށްފައި ތިބި ކަމުގައި ވިޔަސް ބެލެނިވެރިންނަކީ އެކަމަށް ހޭލުންތެރު ނުވާ ބައެއް ކަމުގައި ވާނަމަ އެކަން އަށަނުގަނެވޭނެ ކަމަށް ވެސް ހައިތަމް ފާހަގަކުރެއްވިއެވެ. ހައިތަމް ވިދާޅުވީ ކިތަންމެ ވަރަކަށް ބަޖެޓް ދީގެން ކަންކަން ކުރިކަމުގައި ވީނަމަވެސް ދައްކަން ޖެހެނީ ވޭތިވެދިޔަ ފަސް އަހަރު ތެރޭގައި ހިނގި ކަންތައް ކަމަށެވެ.

ހައިތަމް ވިދާޅުވީ ކުނި މެނޭޖް ކުރުމުގައި އެންމެ ބޮޑު ކަމަކީ ފަރުދީ ޒިންމާ އަދާ ކުރުމާއި އީޕީއޭ މިނިވަން ކުރުމުގެ އިތުރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން ކަމަށެވެ.

މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ ވެމްކޯއިން ކުނި މެނޭޖް ކުރުމަށް ގެންގުޅޭ ނިޒާމް ބަދަލުކުރަން ޖެހޭ ކަމަށެވެ. ފިރުޝާން ވިދާޅުވީ ހުރިހާ ކުންޏެއް އެއްކޮށް ގެންގޮސް އެންދުމަކީ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުން ނޫން ކަމަށެވެ.

ކުނި ރައްކާތެރި ގޮތެއްގައި ނައްތާލާނަމަ އެކުނި ބައިބައި ކުރަން ޖެހޭނެ ކަމަށާއި އެއްކޮށް ހުރިހާ ކުންޏެއް އަންދައިގެން އެޓްމޮސްފިއާ ތެރެއަށް ވިހަ ގޭސްތައް ދޫކުރެވޭ ކަން ވަނީ ފިރުޝާން ފާހަގަކުރައްވައިފައެވެ. ވިހަ ގޭހުގެ ސަބަބުން ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ވެމްކޯ ރަށްރަށުގައި ފުޅާ ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެކަން ނުކުރުމަށް ފިރުޝާން ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

މިމައްސަލައާ ގުޅިގެން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ކުނި މެނޭޖް ކުރުމުގައި ޚާއްސަ މަސައްކަތެއް ފަށަން ޖެހޭ ކަމަށެވެ. އަދި ކުނި މެނޭޖް ކުރުމަށް އެންވަޔަރަމަންޓް މިނިސްޓީން ވެސް އިޕީއޭއިން ވެސް ރަށެއްގެ ކައުންސިލްގެ އޮނިގަނޑުގެ ތެރޭގައި އެންމެ މުވައްޒަފަކުވެސް ހިމަނާފައި ނުވާކަމަށް ވިދާޅުވެ ވައްޑެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމިޓީއަކީ މަޖިލިސްގެ ތެރެއިން ޤާނޫނީ ހައްލެއް ތިމާވެއްޓަށް ހޯދުމަށް އެކުލަވާލެވިފައިވާ ކޮމިޓީއެއްކަން ފާހަގަ ކުރައްވާ ވައްޑެ ވިދާޅުވީ ރާއްޖޭގައި ހެދޭ ހުރިހާ ޤާނޫނެއްގައި ތިމާވެއްޓާއި ބެހޭ ކޮމްޕޯނެންޓެއް ހިމެނުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވައްޑެ ވިދާޅުވިއެވެ.

އަންގާރަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މުއައްސަސާތަކުން ފޮނުވާފައިވާ މައުލޫމާތާއި ގުޅޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު އިތުރަށް ބޭނުންވާ ކަމަށް ފާހަގަ ކުރެއްވި މައުލޫމާތުތައް ހޯއްދެވުމަށް މަޖިލީހުގެ ފަރާތުން މުއައްސަސާތަކަށް އަލުން ފޮނުއްވުމަށް ވަގުތު ދެއްވުމަށް ވަނީ ނިންމާފައެވެ. މެންބަރުން އިތުރަށް ހޯދަން އެދިފައިވާ މައުލޫމާތަކީ

· ދައުލަތުން ކުނި މެނޭޖް ކުރުމަށް ހޭދަކުރެވުނު މިންވަރު

· ރާއްޖޭގައި ވޭސްޓް އޮޑިޓެއް ހެދިފައިވާނަމަ އެ މައުލޫމާތު

މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ކުނިން އާމްދަނީ ހޯދުމާއި ކަރަންޓު އުފެއްދުން ހިމެނިފައިވެއެވެ. މިމަސައްކަތުގެ ތެރެއިން ރ.ވަނދޫގައި ގާއިމްކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުނިން ކަރަންޓު އުފައްދާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް