Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޕޯޓް

އާޒިމާގެ ގާނޫނީ އެހީތެރިކަން ރައީސް ޔާމީން "މިސްވާނެ"

އާޒިމާގެ ގާނޫނީ ލަފަޔާއެކު ރައީސް ޔާމީނަށް މިހާތަނަށް ލިބިލެއްވީ ފައިދާއަށް ވުރެ ބޮޑު ގެއްލުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 ޖުލައި 2019 | ހޯމަ 10:59
އާޒިމާ(ކ)އާއި ރައީސް ޔާމީން

އާޒިމާ(ކ)އާއި ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ލައިވްކޮށް އާދީއްތަ ދުވަހު ގެނައުމާއެކު އާންމުންގެ ޝަކުވާތައް އައީ ގާނޫނީ ވަކީލުން އެމަނިކުފާނުގެ ދިފާއުގައި މާބޮޑު އެއްޗެއް ވިދާޅުނުވެވުނީ ކަމަށް ބުނެއެވެ. ދިފާއުގައި އޮއްޓަރު ހުރި ހެކިތަކެއް ނުގެނެވުނުކަމަށް ދެކޭ މީހުން ގިނައެވެ. އެގޮތަށް ބުނާ މީހުން އަޅާކިޔަނީ ކުރިން ރައީސް ޔާމީންގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި އައިޝަތު އާޒިމާ ޝަކޫރާއެވެ. އެކަމަނާގެ ގާނޫނީ ލަފާ ކޯޓުތަކުގަޔާއި އެހެނިހެން މުއައްސަސާތަކުގައި ވެސް މާހިނގާކަމެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލަކަށް ހުންނެވިއިރު ވެރިކަމުގައި ދިމާވި ގިނަ ކަންތައްތައް އެކަމަނާގެ ގާނޫނީ ލަފާފުޅާއެކު ކާމިޔާބު ކުރެއްވިއެވެ.ފެބްރުއަރީ1 ގައި ކުރި ހުކުމުގައި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވި އިރު ސަރުކާރު އަލުން ކޮޅަށް ނަގާ ޖެހީ އާޒިމާގެ ލަފާފުޅުގެ މަތިންކަން ގަބޫލު ކުރާ މީހުން މަދެއް ނޫނެވެ. އޭރު ދައުލަތަށް ގެއްލުން ލިބުނު ކޮންމެ ކަމެއްގައި އާޒިމާގެ ކުޅަދާނަ ގާނޫނީ ލަފާ ދެއްވިއެވެ. އެގޮތަށް މަޝްހޫރުވެފައި ވަނީ ޖުޑިޝަރީގެ ތެރެއިން އޭނާ ބޭނުންވާ ގޮތަށް ގިނަ މައްސަލައްތަކެއް ނިމެމުންދާތީ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި ޖަރީމާތައް ބޭނުންވެލައްވާ ވަކި ގޮތަކަށް އަނބުރާލެއްވުމުގެ ތުހުމަތުތައް އާޒިމާގެ މައްޗަށް ކުރެވޭއިރު އެމަނިކުފާނުގެ މައްޗަށް ކުރެވޭ މަނީލޯންޑަރިންގެ ތުހުމަތުގައި ވެސް އެކަމަނާގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން އުފުލާފައިވަނީ ދެއްވި މޮޅު ގާނޫނީ ލަފާގެ ސަބަބުންނެވެ. ރައީސް ޔާމީނަށް އެސްކްރޯ އެކައުންޓް ހެދުމުގައި އާޒިމާގެ ގާނޫނީ ލަފާ އެރުވިކަމުގެ ލިޔުންތަކާއި އެއެއްބަސްވުމުގައި ޔާމީންގެ ހެކި ވެރިއެއްގެ ގޮތުގައި ސޮއި ކުރެއްވި ލިޔުމާއި އޭސީސީއަށް ރައީސް ޔާމީން ހާޒިރުކޮށް ސުވާލު ކުރެއްވުމުގެ ކުރިން އާޒިމާ ބޭނުންވެލައްވާ ގޮތަށް ސުވާލުތައް ކުރައްވާ އަދި ބަޔާނުގެ ޑްރާފްޓް އެކުލަވާލުމުގައި އާޒިމާގެ ބައިވެރިވުން އޮތްކަމުގެ ތުހުމަތު ދައުލަތުގެ ފަރާތުން ދައުވާ ކުރެއެވެ. އެކަމަނާގެ ގާނޫނީ ލަފާގެ ކުޅަދާނަކަމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއާޕޯޓް ތަރައްގީ ކުރުމަށް ހެދި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރުމުގައި ގާނޫނީ ގޮތުން އެންމެ އިސްކޮށް އުޅުއްވީ އާޒިމާއެވެ. ޖީއެމްއާރާއެކު ވި އެއްބަސްވުން ބާތިލްކޮށް އެފައިސާ ދަންކަން ޖެހުމަކީ ރައީސް ޔާމީންގެ ސަރުކާރުން ނެގި ލޯނުތަކުން ދައުލަތް ބޮޑު ތަނުން ދަރަނިވި މައިގަނޑު ސަބަބު ކަމަށް ރައީސް ޔާމީން އެމަނިކުފާނުގެ ވެރިކަމުގައި ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ސަބަބުން އޭރު ސަރުކާރު ނޭވާ ހޮޅިއަށް އެޅުނީ ވެސް އިސްކޮށް އުޅުއްވީ ވެސްތާކުންތާކުން ނުޖެހޭ ގާނޫނީ ލަފާއެއްގަ ޖެހިގެން ނެވެ.

އެކަމަނާގެ ގާނޫނީ ލަފާ ނެތުން އެއީ އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ދިޔަ ވަގުތު ފަޅުކަމެއް އައިކަމަށް ގަބޫލުކުރި ނަމަވެސް އާޒިމާގެ ގާނޫނީ ލަފަޔާއެކު ރައީސް ޔާމީނަށް މިހާތަނަށް ލިބިލެއްވީ ފައިދާއަށް ވުރެ ބޮޑު ގެއްލުމޭ ވެސް ބުނެވިދާނެއެވެ.އެހެންކަމުން އާޒިމާގެ ގާނޫނީ ލަފާ ރައީސް ޔާމީން "މިސް ވާނެ" އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
19 ޖެނުއަރީ 2017

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު