Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބީއެމްއެލް

ތެދު މައުލޫމާތު ހިއްސާކޮށްދެއްވާނެކަމަށް ވިދާޅުވުމުން ބީއެމްއެލް ޝަރީފްގެ މައްސަލަ ނެގުމަށް މަޖިލީހުން ވިސްނަނީ!

22 ޖުލައި 2019 | ހޯމަ 06:08

ޝަރީފު ދޮގުމައުލޫމާތު ދެއްވާފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 ޖުލައި 2019 | ހޯމަ 06:08
ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެއްބާރުލުން ދެއްވައި, ތެދު މައުލޫމާތު ހިއްސާކޮށްދެއްވާނެކަމަށް ވިދާޅުވުން ފުލުހުންގެ އިދާރާއަށް ހުށަހެޅި މައްސަލަ ނެގުމަށް ވިސްނަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށްފަހު ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ޝަރީފު މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާކަމަށާއި, އެ ސިޓީގައި މާލިއްޔަތު ކޮމިޓީގައި އަލުން ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. ޝަރީފު ރައްޔިތުންގެ މަޖިލީހަށް އެގޮތަށް ސިޓީ ފޮނުއްވާފައިވަނީ އެ މަޖިލީހުން އޭނާގެ މައްޗަށް ދޮގު މައުލޫމާތު ދިންކަމުގެ ތަހުޤީޤު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށައެޅުމުންނެވެ.

މިދިޔަ އަންގާރަ ދުވަހު އޮތް މާލިއްޔަތު ކޮމިޓީއަށް ބޭންކުގެ އިސްވެރިން ވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން ޖަވާބުދާރީ ކުރުވުމަށް ހާޒިރު ކޮށްފައެވެ. އެ ކޮމިޓީއަށް ހާޒިރުކޮށް މެމްބަރަކު "ނޮޓް ނެގޯޝިއަބަލް" ޗެކްތައް ބީއެމްއެލުން އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވޭތޯ އެއްސެވުމުން ޝަރީފު ވިދާޅުވީ ޗެކް ކްރޮސް ކުރުމުގައި އެއްފަރާތުން އަނެއްފަރާތަށް ބަދަލު ނުކުރެވޭ ޗެކެއް ގޮތުގައި ކަނޑައެޅެނީ ގާނޫނު ބުނާ ގޮތުން " ނޮޓް ނެގޯޝިއަބަލް ޖަހާފައި ކްރޮސް ކުރުމުން ކަމަށެވެ. . ނަމަވެސް އެ ކޮމިޓީ ނިމުނުފަހުން ސޯޝަލް މީޑިއާގައި ވަނީ ބީއެމްއެލްއިން އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވާ "ނޮޓް ނެގޯޝިއަބަލް" ޗެކްތަކެއް ދައުރުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ޝަރީފުގެ ސިޓީގައި އޭނާ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވިއިރު އެކަން އެނގިނުގަންނަވާކަމަށާއި، އެކަން ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި އެ ޗެކްތައް ދައުރުވުމުން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އިތުރު ފުރުސަތަކަށް އެދި އެ ޗެކުތަކާއި ބެހޭގޮތުން މުތާލިއާ ކުރުމަށްފަހު ސައްހަ މައުލޫމާތު ކޮމިޓީއަށް ދެއްވާނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޝަރީފު އެގޮތަށް ވިދާޅުވުމުން މާލިއްޔަތު ކޮމިޓީގައި މުގައްރިރާއި ވާހަކަ ދެއްކެވުމަށްފަހު ފުލުހުންނަށް ފޮނުވާފައިވާ މައްސަލަ އަލުން އަނބުރާ ގެންނެވުމަށް ވިސްނަވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ދޮގު މައުލޫމާތު ދިނުމަކީ ގާނޫނު އަސާސީ ބުނާ ގޮތުން ޖިނާއީ ކުށް އުފުލިދާނެ ކަމެކެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތައް ހާޒިރުކޮށް އަންނަނީ މަޖިލީހުން މައުލޫމާތު އޮޅުންފިލުއްވަމުންނެވެ. އެގޮތުން ބީއެމްއެލްއާއި، އޭސީސީ ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
13 މާރިޗު 2017

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް