Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމައުމޫން ހަމީދު

ބާ ކައުންސިލް މިނިވަންވާނެ، ވަކީލުންނަށް ދެން ބިރެއް ނޯންނާނެ: މައުމޫން ހަމީދު

22 ޖުލައި 2019 | ހޯމަ 04:14

ޖޭއެސްސީ މެމްބަރަކަށް ކުރިމަތިލުމުގެ ޝައުގުވެރިކަމެއް ނެތް

އަލީ ސަމާޚް
އަލީ ސަމާޚް | 22 ޖުލައި 2019 | ހޯމަ 04:14
ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު، ރާއްޖެޓީވީގެ ފަލަސުރުހީގައި

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު، ރާއްޖެޓީވީގެ ފަލަސުރުހީގައި

ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ ބާ ކައުންސިލު ވުޖޫދުވުމާއި އެކު، ސުލޫކީ މިންގަނޑާ ހިލާފު ނުވާހަ ހިނދަކު މިހާރު ވަކީލުން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ދިވެހިރާއްޖޭގެ ފުރަތަމަ ބާ ކައުންސިލްގެ ރައީސް މައުމޫނު ހަމީދު (މާނު) ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލް މިދިޔަ މަހުގެ 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވަނީ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. ވަކީލުންގެ މެދުގައި ބޭއްވި ވާދަވެރި އިންތިހާބަކަށްފަހު ބާ ކައުންސިލްގެ އެކްޒެކްޓިވް ކޮމިޓީގެ މެމްބަރުންގެ އިތުރުން ރައީސް އާއި ނައިބް ރައީސް ވަނީ ހޮވާފައެވެ. އެ ކައުންސިލްގެ ރައީސްގެ މަޤާމަށް އިންތިހާބުވެވަޑައިގެންނެވީ މައުމޫން ހަމީދު އެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މައުމޫން ވިދާޅުވީ، ބާ ކައުންސިލް ހިނގަމުން ދާނި ހުރިހާ ފަރާތެއްގެ ނުފޫޒު އެއްކިބާވެ މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި ކަމަށެވެ. އަދި ހަމަ އެއާއި އެކު ބާ ކައުންސިލާ އެކު ގާނޫނީ ވަކީލުންގެ '' ފަންނު'' މިނިވަން ވެގެން ގޮސްފި ކަމަށާއި، ދެން ވަކީލުން ފަސްޖެހެން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.

ބާ ކައުންސިލްގެ ރައީސް ވިދާޅުވީ، ދައުލަތް ތަމްސީލްކުރައްވާ ވަކީލުންނަށްވެސް ފުރިހަމަ ރައްކާތެރިކަން ލިބެން ޖެހޭނެ ކަމަށާއި، އެ ފަރާތްތަކަށްވެސް ވަޒީފާގެ ބިރެއް އޮވެގެން ނުވާނެ ކަމަށެވެ. ބައެއް ފަރާތްތަކަށް މިހާރުވެސް އެ ޔަގީންކަން ނެތްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެކަން ކަށަވަރު ކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ބާ ކައުންސިލުން ކުރަން ޖެހޭ ކަމަށެވެ.

މީގެ ކުރިން ގިނަ ވަކީލުންނާ މެދު ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ބުނެ ފިޔަވަޅު އަޅާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް މައޫމުންގެ ވަކީލުކަންވެސް ކުރައްވާފައިވާ މައުމޫން ވިދާޅުވީ، ޝަކުވާ އެއް ހުށައަޅައިގެން އެއީ ސުލޫކީ މިންގަނޑާ ހިލާފުވި ކަމެއް ކަމަށް ބެލެވިގެން ނުވާނެ ކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލަމުން މާނު ވިދާޅުވީ، ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމަށް ޖޭއެސްސީން ފަށާފައިވާ މަސައްކަތަކީ ކުރަން މިހާރުވެސް ލަސްވެފައި އޮތް ކަމެއް ކަމަށެވެ. އެއީ ހަމަތަކާއި އެކު ދާކަމެއްކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ، ޖޭއެސްސީން ވެސް އޮންނަ އުސޫލާ ހިލާފަށް ކަންތައް ކުރަމުން ގެންދާނަމަ ބާ ކައުންސިލުން އެކަމާއި ދެކޮޅަށް އަޑު އުފުލާއި އެކަން ހުރިހާ އެންމެންގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ.

ޖޭއެސްސީ އަށް ބާ ކައުންސިލްގެ ފަރާތުން މެމްބަރަކު އައްޔަން ކުރުމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު މެމްބަރުކަމަށް ކުރިމަތިލުމުގެ އެއްވެސް ޝައުގުވެރިކަމެއް ނުގެންގުޅުއްވާ ކަމަށް މާނު އެ ޕްރޮގްރާމް ގައި ވިދާޅުވިއެވެ. މާނު ވިދާޅުވީ، ބާ ކައުންސިލްގެ ރައީސް ކަމަށް އޭނާ އިންތިހާބު ކޮށްފައިވަނީ ގިނަ ބަޔަކުގެ އިތުބާރަކާ އެކު ކަމަށާއި، މިހާރު ހުންނެވެި މަގާމުގައި ހުންނަވައިގެން އެފަދަ މަގާމަކަށް ކުރިމަތިލުމުގެ ވިސްނުމެއް ގާނޫނީ ހުރަހެއް ނެތަސް ނުގެންގުޅުއްވާ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް