Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގްރެވިޓީ

ގްރެވިޓީގެ ފުރަތަމަ އަލްބަމް ވެސް ވަރަށް "ރޮކިންގ"

21 ޖުލައި 2019 | އާދީއްތަ 13:33

އަލްބަމް ލޯންޗުކޮށްދެއްވާފައިވަނީ، މިއުޒިކީ ދުނިޔޭގައި މަޝްހޫރު ކަމެއް ލިބިފައިވާ އިބްރާހިމް ވަހީދު (އޮގަރު ވަހީދު)

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 21 ޖުލައި 2019 | އާދީއްތަ 13:33
ގްރެވިޓީ އަކީ ފަސް މެމްބަރުން ހިމެނޭ ބޭންޑެއް

ގްރެވިޓީ އަކީ ފަސް މެމްބަރުން ހިމެނޭ ބޭންޑެއް

ރާއްޖޭގައި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ބޭންޑެއް ކަމުގައިވާ "ގްރެވިޓީ" ބޭންޑްގެ ފުރަތަމަ އަލްބަމް ލޯންޗު ކޮށްފިއެވެ.

ގްރެވިޓީން މި އަލްބަމް ލޯންޗު ކޮށްފައިވަނީ މިކަމަށްޓަކައި މާގިރި ހޮޓެލްގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ތަފާތު އާޓިސްޓުންނަށް އެމީހުންގެ ހުނަރު ދައްކާލެވޭނެ ފަދަ ގޮތަކަށް ފަރުމާ ކޮށްފައިވާ އޮންލައިން ޕްލެޓްފޯމް ބައިސްކޯފާ ގުޅިގެންނެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ އަލްބަމް ލޯންޗުކޮށްދެއްވާފައިވަނީ، މިއުޒިކީ ދުނިޔޭގައި މަޝްހޫރު ކަމެއް ލިބިފައިވާ އިބްރާހިމް ވަހީދު (އޮގަރު ވަހީދު) އެވެ.

ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން އޮގަރު ވަހީދު ވިދާޅުވީ ރާއްޖޭގައި ގިނަ ޒުވާނުން މަސައްކަތްކޮށް ނޫޅޭ ކަމަށް ދައްކާ ވާހަކައަކީ އޭނާ ތާއީދު ކުރައްވާ ވާހަކައެއް ނޫން ކަމަށެވެ.

ގްރެވިޓީ އަކީ ފަސް މެމްބަރުން ހިމެނޭ ބޭންޑެކެވެ. އެގޮތުން، ލީޑް ލަވަ ކިއުންތެރިއަކީ މުހައްމަދު މުއައްޒިންއެވެ. އަދި ގިޓާރިސްޓުންނަކީ ޝަހީދު ލިގަސީ އާއި ޒާހިލްއެވެ. ބޭސް ގިޓަރިސްޓަކީ ޖެސީއެވެ. އަދި ޑްރަމަރ އަކީ ސިންނުއެވެ.

ގްރެވިޓީގެ ފުރަތަމަ އަލްބަމް "ފަހުލަވާނުން" ގައި ހަތް ލަވަ ހިމެނެއެވެ. އެގޮތުން، އެ އަލްބަމުގައި ހިމެނޭ ލަވަތަކަކީ "އަހަރެން، ވަކި، ފަހުލަވާނުން، ހިލި ކަރުނު، ބޮޓުން، ޓިނު އަދި ރަށްފުށު ދޮންކަމަނައެވެ.

މި އަލްބަމްގެ ލަވަތަކުގެ ޅެންތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އަދުގެ ޒުވާނުންނަށް މުޖުމަތައުގައި ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުގެ މައްޗަށެވެ. އެގޮތުން، މުހައްމަދު މުއައްޒިން ރާއްޖެ ޓީވީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި އަލްބަމަކީ ދެ އަހަރު ދުވަހުގެ މަސައްކަތް ކަމަށާއި މި އަލްބަމަކީ އެ ބޭންޑުގެ ކުރީގެ ޑްރަމަރ ހަމްދު ދިން ހިޔާލެއް ކަމަށެވެ.

އަލްބަމްގެ އޯޑިއޯއާއި ލޯންޗުކުރި އޮފިޝަލް ވީޑިއޯ މިހާރު ބައިސްކޯފުންނާއި ސައުންޑްކްލައުޑްގެ އިތުރުން އެހެނިހެން އިންޓަރނޭޝަނަލް ޕްލެޓްފޯމްތަކުން ފެންނަން ހުންނާނެއެވެ.

އަދި ނެރެފައިވަނީ އެންމެ ވީޑިއޯ ލަވައެއް ނަމަވެސް އަލްބަމްގެ ހުރިހާ ލަވައެއްގެ ވީޑިއޯ ވެސް ބައިސްކޯފަށް ނުކުންނާނެ ކަމަށް ބޭންޑުގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
21 ފެބުރުއަރީ 2017

މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި

21 ފެބުރުއަރީ 2017
މައިކަލް ޖެކްޝަންގެ ތްރިލާރ އަލްބަމް އަދިވެސް އެންމެ ކުރީގައި
20 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި
20 ފެބުރުއަރީ 2017

62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި

20 ފެބުރުއަރީ 2017
62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި
09 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު

09 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގެ ޝޫޓީން ވަރަށް އަވަހަށް ފެށޭނެ: ޝާހިދު
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
30 ޖެނުއަރީ 2017

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
07 ޖެނުއަރީ 2017

ބްރެޑް ޕިޓް ހުރީ ވަރަށް ބިރުން، ޢާއްމުންނަށް އަދި ޙަޤީޤަތް އެނގޭނެ: އެންޖެލީނާ ޖޯލީ

07 ޖެނުއަރީ 2017
ބްރެޑް ޕިޓް ހުރީ ވަރަށް ބިރުން، ޢާއްމުންނަށް އަދި ޙަޤީޤަތް އެނގޭނެ: އެންޖެލީނާ ޖޯލީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް