Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ 2019:

އައިއޯއައިޖީ 2019: މަޑަގަސްކަރައިގެ މައްޗަށް ފިރިހެން އަދި އަންހެން ބެޑްމިންޓަން ޓީމު ކުރިހޯދައިފި

21 ޖުލައި 2019 | އާދީއްތަ 10:05

ފިރިހެން ޓީމު މޮޅުވީ 1-4 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 21 ޖުލައި 2019 | އާދީއްތަ 10:05
އައިއޯއައިޖީ ގޭމްސްގެ ތެރެއިން

އައިއޯއައިޖީ ގޭމްސްގެ ތެރެއިން

މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި މަޑަގަސްކަރައިގެ މައްޗަށް ފިރިހެން އަދި އަންހެން ބެޑްމިންޓަން ޓީމު ކުރިހޯދައިފިއެވެ.

އާދީއްތަ ދުވަހު ފިރިހެން ޓީމު ކުޅުނު މެޗުން މޮޅުވީ މަޑަގަސްކަރައާ ވާދަކޮށް 1-4 ގެ ނަތީޖާއަކުންނެވެ. ޓީމް އިވެންޓް ކުރިއަށް ދަނީ ސިންގަލްސް ތިން މެޗާއި ޑަބަލްސް ދެމެޗުކުޅޭ ގޮތަށެވެ.

މިގޮތުން ދިވެހި ފިރިހެން ޓީމު ވަނީ މިމެޗުގައި ކުޅުނު ސިންގަލްސް ތިން މެޗުވެސް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ޑަބަލްސް ދެ މެޗުގެ ތެރެއިން ރާއްޖެއަށް ކާމިޔާބުކުރެވުނީ އެއް މެޗެވެ. އަނެއް މެޗުން ވަނީ ބަލިވެފައެވެ.

ސިންގަލްސް ފުރަތަމަ މެޗުގައި މަޑަގަސްކަރައާ ދެކޮޅަށް ރާއްޖެ ޓީމުން ނިކުތީ މުހައްމަދު އަޖުފާންއެވެ. އޭނާ ވަނީ ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. ސެޓްތައް ގެންދިޔައީ 8-21 އަދި 12-21 އިންނެވެ.

ސިންގަލްސް ދެވަނަ މެޗުގައި މަޑަގަސްކަރައާ ދެކޮޅަށް ރާއްޖެ ޓީމުން ނިކުތީ ނިބާލް އަހުމަދުއެވެ. އޭނާ ވަނީ ދެ ސެޓު އެއް ސެޓުން މި މެޗު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ސެޓް 16-21 އިން ނިބާލް ގެންދިޔައިރު، ދެވަނަ ސެޓް 19-21 އިން ގެންދިޔައީ މަޑަގަސްކަރައެވެ. ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓް ނިބާލް ކާމިޔާބުކުރީ 17-21 އިންނެވެ.

ސިންގަލްސް ތިންވަނަ މެޗުގައި މަޑަގަސްކަރައާ ދެކޮޅަށް ރާއްޖެ ޓީމުން ނިކުތީ ނަޝީއު ޝަރަފުއްދީންއެވެ. އޭނާ ވަނީ ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. ސެޓްތައް ގެންދިޔައީ 16-21 އަދި 10-21 އިންނެވެ.

ޑަބަލްސްގައި މަޑަގަސްކަރައާ ދެކޮޅަށް ފުރަތަމަ ރާއްޖެއިން ނިކުތީ އިބްރާހިމް ސާމިއު އާއި އަޖުފާންއެވެ. މި މެޗު ސީދާ ދެ ސެޓުން ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. ސެޓްތައް ގެންދިޔައީ 14-21 އަދި 14-21 އިންނެވެ.

ޑަބަލްސް ދެވަނަ މެޗުގައި މަޑަގަސްކަރައާ ދެކޮޅަށް ރާއްޖެއިން ނިކުތީ ނަޝީއު އާއި ނަޝްފާން މުހައްމަދެވެ. މި މެޗު ރާއްޖެއިން ވަނީ ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ.

އާދީއްތަ ދުވަހު ކުޅުނު މެޗުން އަންހެން ބެޑްމިންޓަން ޓީމު މޮޅުވީ މަޑަގަސްކަރާ ވާދަކޮށް 0-5 ގެ ނަތީޖާއަކުންނެވެ. އެއީ ސިންގަލްސް ތިން މެޗާއި، ޑަބަލްސް ދެ މެޗެވެ.

ފުރަތަމަ ސިންގަލްސް މެޗުގައި މަޑަގަސްކަރައާ ދެކޮޅަށް ރާއްޖެއިން ނިކުތީ ފާތިމަތު ނަބާހާއެވެ. މި މެޗު ސީދާ ދެ ސެޓުން ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. ސެޓްތައް ގެންދިޔައީ 10-21 އަދި 14-21 އިންނެވެ.

ސިންގަލްސް ދެވަނަ މެޗުގައި ރާއްޖެއިން ނީލާ އަހުމަދު ނަޖީބެވެ. މި މެޗުންވެސް ރާއްޖެ މޮޅުވީ ސީދާ ދެ ސެޓުންނެވެ. ރާއްޖެއިން ސެޓްތައް ގެންދިޔައީ 14-21 އަދި 09-21 އިންނެވެ.

ސިންގަލްސް ތިންވަނަ މެޗުގައި ރާއްޖެއިން ނިކުތީ އާމިނަތު ނަބީހާއެވެ. މި މެޗުވެސް ރާއްޖެއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ރާއްޖެއިން ސެޓްތައް ގެންދިޔައީ 10-21 އަދި 07-21 އިންނެވެ.

ޑަބަލްސް ފުރަތަމަ މެޗުގައި ރާއްޖެއިން ނިކުތީ ނަބާހާ އާއި ނަބީހާއެވެ. މި މެޗުވެސް ރާއްޖެއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 17-21 އަދި 14-21 އިންނެވެ.

ޑަބަލްސް ދެވަނަ މެޗުގައި ރާއްޖެއިން ނިކުތީ ނީލާ އަދި މައިސާ ފަތުހުﷲ އިސްމާއިލްއެވެ. މި މެޗުވެސް ރާއްޖެއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. 09-21 އަދި 05-21 އިންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް
15 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

15 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް