Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހޮލީވުޑް ބޮކްސް އޮފީސް

އެވެންޖަރސް އެންޑްގޭމް: އެވެޓަރގެ ރެކޯޑް މުގުރާލުމާ ގާތަށް

މިއީ އެވެންޖަރޒް ސިލްސިލާގެ ފަހު ފިލްމް

އަމަން ހަލީމް
އަމަން ހަލީމް | 21 ޖުލައި 2019 | އާދީއްތަ 07:02
އެވެންޖަރޒް : އެންޑްގޭމްގެ ޕްރޮމޯޝަނަލް ޕޯސްޓަރ

އެވެންޖަރޒް : އެންޑްގޭމްގެ ޕްރޮމޯޝަނަލް ޕޯސްޓަރ

މިހާތަނަށް ބޮކްސްއޮފީހުން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކަށް މާވެލް ސްޓޫޑިއޯސް އިން އުފައްދާފައިވާ އެވެންޖަރސް: އެންޑްގޭމް ވާނެ ކަމަށް އެ ފިލްމު ޑިސްޓްރިބިއުޓް ކުރާ ވޯލްޓް ޑިޒްނީއިން ހާމަކޮށްފިއެވެ.

ސެންޑިއޭގޯ ގައި މިހާރު ކުރިޔަށްދާ "ކޮމިކް-ކޮން" ގައި ނެރުނު ބަޔާނެއްގައި ޑިޒްނީ އިން ބުނެފައިވަނީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އެންޑްގޭމުން، ޖޭމްސް ކެމެރަންގެ އެވެޓަރ އިން ހޯދި 2.789 ބިލިއަން ޑޮލަރުގެ އާމްދަނި އަށް ވުރެ ބޮޑު އާމްދަނީ އެއް ހޯދާނެ އެވެ.

އެންޑްގޭމް އަކީ ފާއިތުވެ ދިހަ އަހަރު ދުވަހުގެ ތެރޭގައި މާވެލް ޔުނިވަރސްގެ ނެރުނު 22 ފިލްމުގެ ސިލްސިލާގެ އެންމެ ފަހު ފިލްމެވެ. މި ފިލްމަކީ އެ ސިލްސިލާގެ ފިލްމު ތަކުގައި ހަރަކާތްތެރިވި ގިނަ ތަރިންތަކެއް އެ ރޯލުތަކުގައި ހަރަކާތްތެރިވާނެ ފަހު ފިލްމެވެ.

ކޮމިކް-ކޮން ގައި ވާހަކަދައްކަމުން މާވެލް ސްޓޫޑިއޯސްގެ ރައީސް ކެވިން ފައިގީ ބުނީ، އެވެޓަރގެ ރެކޯޑް މުގުރާލެވުނު ކަމުގައިވީ ނަމަވެސް ދެން ނިކުންނަ އެވެޓަރ ފިލްމަކުން އަނެއްކާވެސް އެ ރެކޯޑް މުގުރާލާނެ ކަމަށެވެ.

ހޮލީވުޑްގެ އެންމެ ކާމިޔާބު ޕްރޮޑިއުސަރު ކަމުގައިވާ ޖޭމްސް ކެމެރަންގެ އެވެޓަރ ސިލްސިލާގެ ދެން ނިކުންނަ ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2018

އާރިއާނާ ގްރާންޑޭގެ 'ތެންކް ޔޫ، ނެކްސްޓް ޔޫޓިއުބްގެ ރެކޯޑްތައް މުގުރަނީ

03 ޑިސެމްބަރު 2018
އާރިއާނާ ގްރާންޑޭގެ 'ތެންކް ޔޫ، ނެކްސްޓް ޔޫޓިއުބްގެ ރެކޯޑްތައް މުގުރަނީ
02 ޑިސެމްބަރު 2018

2.0 ފުރަތަމަ ދުވަހުން ރެކޯޑް މުގުރާލައިފި

02 ޑިސެމްބަރު 2018
2.0 ފުރަތަމަ ދުވަހުން ރެކޯޑް މުގުރާލައިފި
12 މެއި 2018

އެވެންޖަރސް: އިންފިނިޓީ ވޯ 1.5 ބިލިއަން ޑޮލަރާއެކު އެންމެ ކާމިޔާބު ސުޕަރ ހީރޯ ފިލްމަށް

12 މެއި 2018
އެވެންޖަރސް: އިންފިނިޓީ ވޯ 1.5 ބިލިއަން ޑޮލަރާއެކު އެންމެ ކާމިޔާބު ސުޕަރ ހީރޯ ފިލްމަށް
03 މެއި 2018

އެވެންޖަރސް: އިންފިނިޓީ ވޯއަށް މިހާތަނަށް 808 މިލިއަން ޑޮލަރު ލިބިއްޖެ، ގިނަ ބޮކްސް އޮފީސް ރިކޯޑްތައް މުގުރާލާނެ ކަމަށް ބެލެވޭ

03 މެއި 2018
އެވެންޖަރސް: އިންފިނިޓީ ވޯއަށް މިހާތަނަށް 808 މިލިއަން ޑޮލަރު ލިބިއްޖެ، ގިނަ ބޮކްސް އޮފީސް ރިކޯޑްތައް މުގުރާލާނެ ކަމަށް ބެލެވޭ
28 މާރިޗު 2018

މާވެލްގެ 'އެވެންޖަރސް: އިންފިނިޓީ ވޯ' ރިލީޒް ކުރަން މަހެއް، ކިހިނެއް ވާނީ؟

28 މާރިޗު 2018
މާވެލްގެ 'އެވެންޖަރސް: އިންފިނިޓީ ވޯ' ރިލީޒް ކުރަން މަހެއް، ކިހިނެއް ވާނީ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު