Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ޝަރީއަތް ފަށައި ހެކި ހުށައަޅަން ފަސް ދުވަސް

ދައުލަތުން އިތުރު ދެ ހެކިން ހުށައެޅި، ބަލައެއް ނުގަނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 21 ޖުލައި 2019 | އާދީއްތަ 12:50
ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން

ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ އިބްތިދާއީ އަޑުއެހުން ނިންމައި ޝަރީޢަތް އާދީއްތަ ދުވަހު ފަށައިފިއެވެ.

އިބްތިދާއީ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ފަސް ކަމެއް ދިފާއުގައި ހުށައަޅާފައެވެ.

Advertisement - newsAdvertisement

1. ކުރި ކުށް ސާބިތު ކޮށްފައި ނުވާކަން

ރައީސް ޔާމީންގެ ފަރާތުން އެމަނިކުފާނުގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާގައި ކުރީ ކޮން ކުށެއްކަން އަދި ހަވާލާދީފައިވާ ކުށަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކަށް ނުވާކަމަށެވެ.

ދައުލަތުން އެދައުވާ ސާފު ކޮށްދެމުން ބުނީ އެމަނިކުފާނުގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ ކަމަށާއި އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރަނީ މަނީ ލޯންޑަރ ކުރުމާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ ދެވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި އެކްސްކްރޯ އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާގެ އަސްލު އޮޅުވާލަން ޔާމީން މަސައްކަތްކުރެއްވި ކަމަށް ފާހަގަ ވެފައިވާކަމަށާއި އެގޮތަށް އެމަނިކުފާނު ކަންތައްތައް ކުރެއްވީ އެއީ ހިޔާނާތުގެ ފައިސާކަން އެނގިވަޑައިގެންނެވި ފަހުން ކަމަށެވެ.

2. ދައުވާ ކުރާ ކުށަަކީ ކޮން ވަގުތެއްގައި ކޮށްފައިވާ ކަމެއްކަން ސާފެއް ނުވޭ

ރައީސް ޔާމީންގެ ފަރާތުން ހުށައެޅުއްވި ދެވަނަ ހުށައެޅުމުގައި ބުނެފައިވަނީ ދައުވާ ލިބޭ ފަރާތްކަމުގައިވާ ރައީސް ޔާމީން ކުށް ކުރީ ކޮންވަގުތެއްގައި ކަން ދައުލަތުން ކުރާ ދައުވާގައި ބުނެފައި ނުވާ ކަމަށެވެ. އިސް ގާޒީ ހައިލަމް ވަނީ ދައުލަތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް ވަގުތަކީ ކޮންމެ މައްސަލައެއްގައި ކަނޑައެޅޭ ހާލަތްތަކެއް ނޫންކަން ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ޝަރީއަތް ކުރިއަށްދާވަރަކުން އެކަން އެނގިގެންދާނެ ކަމަށް ވިދާޅުވެ ހައިލަމް ވަނީ ދެވަނަ ހުށައެޅުން ވެސް ބަަލައި ނުގަތުމަށް ނިންމަވާފައެވެ.

3. ރައީސް ޔާމީނަށް ކޮށްފައިވާ ދައުވާއަކީ ހަމަހަމަ ކޮށް ކޮށްފައިވާ ދައުވާއެއް ނޫންކަން

އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ރިޕޯޓުގައި ހިމެނޭ އެސްއޯއެފްގެ އެކައުންޓުން ފައިސާ ވަދެފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް މީހުންގެ މައްސަލަ ނުބަލާ ކަމަށާއި އެހެންކަމުން އެކަމުގައި ހަމަހަމަކަމެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އޭގެ ޖަވާބުގައި ދައުލަތުން ބުނީ އެމްއެމްޕީއާރުސީ މައްސަލައިގައި ދައުވާކޮށް މިހާރުވެސް މައްސަލަ ކޯޓުގައި ހިނަގަމުންދާ ކަމަށާއި އަދި ބައެއް ފަރާތްތަކަށް ހުކުމް ވެސް ކޮށްފައިވާ ކަމަށެވެ. ގާޒީ ހައިލަމް ވަނީ އެ ހުށައެޅުން ވެސް ބަލައި ނުގަންނަކަމަށް ނިންމާފައެވެ.

4. އެދައުވާގައި އެމްއެމްއޭގެ އެފްއައިޔޫގެ ނިންމުން ހިމަނާފައި ނުވާކަން

ރައީސް ޔާމީނުގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެމްއެމްއޭއިން ނެރުނު އެސްޓީއާރު( ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް)އަކާއި ގުޅިގެން ކަމަށާއި އެ ރިޕޯޓް އެފަރާތަށް ލިބިފައި ނުވާކަން އެމަނިކުފާނުގެ ފަރާތުން ހުށައެޅިއެވެ.

ޖަވާބުގައި ދައުލަތުން ބުނެފައިވަނީ ފުލުހުން އެމައްސަލަ ފަށާފައި ވަނީ ވެސް އެފްއައިޔޫގެ ރިޕޯޓަކާއި ގުޅިގެން ކަމަށާއި އެރިޕޯޓު ލިބެން ނެތީ އެއީ ސިއްރު ރިޕޯޓަކަށް ވާތީ ކަމަށެވެ. ގާޒީ ހައިލަމް ވަނީ އެ ރިޕޯޓް ކޮންމެހެން ބޭނުން ނުވާކަމަށާއި ރިޕޯޓް ނެތި މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގީ އިދާރާއަކަށް ނުބެލޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިނުވާތީ އެ ނުކުތާ ވެސް ބަލައިނުގަންނަން ނިންމަވާފައެވެ.

5. އަދީބާއި ޒިޔަތު ހެކީގެ ގޮތުގައި ހުށައެޅުމުން އެކަމުގައި އަދާވާތްތެރިކަން އޮންނާނެތީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތު އެމަނިކުފާނުގެ މައްޗަށް ހެކި ދެއްވާއިރު އަދާވާތްތެރިކަމެއް އޮވެދާނެ ކަމަށް ބެލެވޭ ކަމަށް ރައީސް ޔާމީން ޝަރީއަތުގައި ވެސް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ އަދީބުގެ މައްޗަށް އެމަނިކުފާނުގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމުގެ ތުހުމަތު ކޮށް ޝަރީއަތް ހިންގާފައިވާ ކަމަށާއި އެކަމުގައި އަދީބުގެ ހިތްޕުޅުގައި އަދާވާތްތެރިކަމެއް އޮވެދާނެ ކަމަށެވެ.

އަދި ޒިޔާތު އެމްއެމްޕީއާރުސީގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ކަމަށް ވިދާޅުވިއެވެ.

އެކަމުގެ ރައްދުގައި ގާޒީ ހައިލަމް ވިދާޅުވީ ކުށެއް ކޮށްގެން ތަހުގީގުކޮށް އަދަބު ލިބިގެން ދިޔުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކަށް އަދާވާތްތެރިވުމުގެ ސަބަބެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. ނަމަވެސް، އެ ދެ ހެކިންގެ ހެކި ބަސް ނެގުމުގައި އެފަދަ ކަމެއް ފާހަގަވެއްޖެނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށައެޅުއްވި ފަސް ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ޝަރީޢަތުން ބަލައިގަނެފައެއް ނުވެއެވެ. އިބްތިދާއީ އަޑުއެހުން ނިންމަވާލެއްވުމަށް ފަހު ހައިލަމް ވަނީ މައުޟޫއީ ގޮތުން ޝަރީއަތް ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާތީ ޝަރީއަތް ފަށާފައެވެ.

ޝަރީއަތް ފެށުމުން ދައުލަތުން ވަނީ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަފައީ ހެއްކާއި ކިތާބީ ހެކި ވެސް ހުށައަޅާފައވެ.

ޝަފައީ ހެކީގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހުސަން ލުތުފީއާއި، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފު ވަނީ ހެކިންގެ ގޮތުގައި ދައުލަތުން ހުށައަޅާފައެވެ.

ކިތާބީ ހެކީގެ ގޮތުގައި އޭސީސީއިން ހެދި އެސްކޮރޯ އެކައުންޓް އެއްބަސްވުމާއި، އޭސީސީގެ ތަހުގީގު ރިޕޯޓާއި، އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓާއި، ރައީސް ޔާމީން އޭސީސީއަށް ދިން ބަޔާނާއި، މައްސަލާގައި ހިމެނޭ ޓްރާންސްސެކްޝަންތަކުގެ ޗެކްތަކާއި، ސްލިޕްތަކާއި، ބޭންކް ސްޓޭޓްމެންޓްތަކާއި، ޔާމީންގެ މާލީ ބަޔާން ހުށައަޅާފައެވެ.

މީގެ އިތުރުން ވެސް ދައުލަތުން ވަނީ އިބްތިދާއީ އަޑުއެހުމުގެ ފަހުން ދެ ހެކި ހުށައަޅާފައެވެ. އެއީ އެސްއޯއެފް މުހައްމަދު އައްލާމް ލަތީފާއި އަހްމަދު އިސްފާހު އެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެ ދެހެކި ބަލައި ނުގަނެވޭނެކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ދިފާއީ ހެކި ބޭނުންވާ ކަމަށް ބުނުމުން ގާޒީ ވަނީ ފަސް ދުވަސް ދެއްވާފައެވެ. އަދި ދެން ރައީސް ޔާމީންގެ ޝަރީއަތް ބާއްވާނެ ދުވަހަކަށް އަންނަ އޮގަސްޓް މަހުގެ 4 ވަނަ ދުވަސް ކަނޑައަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު