Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސައިމަން ޔެމް

ސްޓޭޖް މަތީ ހުއްޓާ ސައިމަން އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި

ހަމަލާދިނީ ކަޅު ކުލައިގެ ވެސްޓެއް ލާފައި ހުރި މީހަކު

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 21 ޖުލައި 2019 | އާދީއްތަ 02:39
ސައިމަން ޔެމް

ސައިމަން ޔެމް

ހޮންގ ކޮންގް ގެ ވެޓެރަން މިއުޒީޝަން ސައިމަން ޔެމް، ޕްރޮމޯޝަނަލް އިވެންޓެއްގައި ޗައިނާގެ ސްޓޭޖެއް މަތީގައި ހުއްޓާ އޭނާގެ ބަނޑަށް ވަޅި ހަރާ ޒަހަމްކޮށްލައިފިއެވެ.

ކަޅު ކުލައިގެ ވެސްޓެއް ލާފައި ހުރި މީހަކު ހޮނިހިރު ދުވަހު ވަނީ ސްޓޭޖް މައްޗަށް އަރާ 64 އަހަރުގެ ސައިމަންގެ ބަނޑަށް ވަޅި ހެރުމަށްފަހު އިތުރަށް އޭނާ ޒަހަމް ކުރުމުގެ މަސައްކަތް ކޮށްފައެވެ.

ޔެމް ގެ މެނޭޖްމެންޓް ކޮމްޕެނީން، ޗައިނާގެ ޓްވިޓާއާއި ދާދި އެއްގޮތްކުރާ މީޑިއާގެ މަންސައެއް ކަމުގައިވާ ވީބޯގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމީހުން ތިބީ އެކަމާއިމެދު ވަރަށް ބޮޑަށް ހައިރާންވެފައި ކަމަށެވެ.

ޔެމް ޒަހަމް ކޮށްލާފައިވަނީ ޒޯންގޝަން ސިޓީގައި ބޭއްވި ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން ދަނިކޮށެވެ. އެގޮތުން އޭނާގެ ބަނޑަށް ވަޅި ހަރާފައިވާއިރު އޭނަގެ އަތަށް ވެސް ހަމަލާ ދިން މީހާ ވަޅިން ހަމަލާ ދީފައިވެއެވެ.

ޔެމް އަށް ލިބުނު އަނިޔާއިން އޭނާގެ ފުރާނައަށް ގެއްލުން ވެފައެއް ނުވެއެވެ. އަދި އޭނާއަށް މިހާރު ދަނީ ފަރުވާ ދެވެމުންނެވެ.

ޗައިނާ ޔޫޓް ޑެއިލީ ނޫހުގައި ރިޕޯޓުކޮށްފައިވަނީ ޔެމްއަށް ހަމަލާ ދިން މީހާ އަދި އެންގިފައި ނުވާ ނަމަވެސް އޭނާއަށް އެ ހަމަލާ ރައްދުވެފައި ވަނީ އެއީ އެހެން މީހެއް ކަމަށް ކުރެވުނު ކުށް ހީއަކުން ކަމަށް އެ ގައުމުގެ ފުލުހުން ބުނެފައިވާ ކަމަށެވެ.

ހަމަލާގެ ވީޑިއޯއެއް އާންމުވެފައިވީނަމަވެސް ސްޓޭޖް ކައިރިން މީހުންތައް ހަރަކާތްތެރިވާން ފެށި ގޮތުން ހަމަލާ ދިން މީހާއަކީ ކާކުކަން ސާފުވެފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޔެމް ވަނީ ޓޫމްބް ރެއިޑާ ދަ ކްރޭޑްލް އޮފް ލައިފް އަދި ނޭކެޑް ކިލަރ ފަދަ ގިނަ ފިލްމުތަކަކުން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައެވެ.

އިތުރަށް ކިޔާލަން

17 ޖޫން 2018

ދަރިފުޅު ކިޑްނެޕް ކުރާނެކަމަށް ބިރު ދައްކާތީ ފޮޓޯ ޝެއާ ކުރުން ކައިލީ ޖެނަރ ހުއްޓާލައިފި

17 ޖޫން 2018
ދަރިފުޅު ކިޑްނެޕް ކުރާނެކަމަށް ބިރު ދައްކާތީ ފޮޓޯ ޝެއާ ކުރުން ކައިލީ ޖެނަރ ހުއްޓާލައިފި
02 ޖޫން 2018

40 ބުރީގެ އުސް އިމާރާތެއްގެ ބެރިތަކުގެ މަތީގައި ސްކޫޓަރު ދުއްވާ މަންޒަރުން މީހުން ކޮސްވެއްޖެ!

02 ޖޫން 2018
40 ބުރީގެ އުސް އިމާރާތެއްގެ ބެރިތަކުގެ މަތީގައި ސްކޫޓަރު ދުއްވާ މަންޒަރުން މީހުން ކޮސްވެއްޖެ!
20 އޮކްޓޯބަރު 2017

ނިއުމާގެ އެންމެ ބޮޑު "ސަޕްރައިޒް": ފިލްމު ކުޅުން ހުއްޓާލަނީ!

20 އޮކްޓޯބަރު 2017
ނިއުމާގެ އެންމެ ބޮޑު "ސަޕްރައިޒް": ފިލްމު ކުޅުން ހުއްޓާލަނީ!
18 އޮކްޓޯބަރު 2017

ގޫޗީއިން ޖަނަވާރުގެ ކެހެރި ބޭނުންކުރުން ހުއްޓާލަނީ

18 އޮކްޓޯބަރު 2017
ގޫޗީއިން ޖަނަވާރުގެ ކެހެރި ބޭނުންކުރުން ހުއްޓާލަނީ
17 ސެޕްޓެމްބަރު 2017

ޑިޓިއުންގެ "ނަށާލާ" ޗެލެންޖް: ބޭންޑާއެކު ސްޓޭޖް މައްޗަށް

17 ސެޕްޓެމްބަރު 2017
ޑިޓިއުންގެ "ނަށާލާ" ޗެލެންޖް: ބޭންޑާއެކު ސްޓޭޖް މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު