Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެރިން މުއްސަނދިވުން

ސަރުކާރުގެ ވެރިން ބޭނުން ވަނީ ސަރުކާރު ބޭނުން ކޮށްގެން މުއްސަނދިވާން: އަމީރު

ސަރުކާރަށް ބާރު ލިބޭގޮތައް ޤާނޫނުތައް ބަދަލު ކުރީ އެކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 5 މާރިޗު 2017 | އާދީއްތަ 23:53
އާދީއްތަ ދުވަހުގެރޭ ފަލަ ސުރުޚީ ޕްރޮްގްރާމްގައި އަމީރު ވާހަކަ ދައްކަވަނީ

އާދީއްތަ ދުވަހުގެރޭ ފަލަ ސުރުޚީ ޕްރޮްގްރާމްގައި އަމީރު ވާހަކަ ދައްކަވަނީ

މިހާރު މިއޮތް ރައީސް ޔާމީންގެ ސަރުކާރުގެ ވެރިން ބޭނުން ވަނީ ސަރުކާރު ބޭނުންކޮށްގެން އެމީހުންގެ އަމިއްލަ ފައިދާތައް ހާސިލްކޮށް މުއްސަނދިނވާން ކަމަށް އެމްޑީޕީ އިގްތިޞޯދީ ކޮމެޓީގެ ނައިބު މުގައްރިރު އަދި އެމްޔޫއޯގެ ހިޔަނި ކެބިނެޓްގެ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ

އާދީއްތަ ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެނގޭނެ ފަދައިން މިސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބޮޑެތި ޖަރީމާތައް ހިންގަމުން އައިސް މިހާރު މިފެންނަނީ ޤައުމު އެއްކޮށް ވިއްކާލާތަން ކަމަށެވެ. މިޤައުމުގެ ރަށްތައް މިޤައުމުގެ ފަޅުތައް ވިއްކާލާތަން ކަމަށެވެ.

Advertisement - newsAdvertisement

އަމީރު އެހެން ވިދާޅުވާ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، އެމްޑީޕީގެ ސަރުކާރު އޮތްއިރު ހެދިފައިވާ ޤާނޫނުތައް ފުރަތަމަ ދުވަހުން ފެށިގެންވެސް މިކަމަށްޓަކައި ސަރުކާރަށް ބާރުތައް ލިބޭގޮތައް ބަދަލުކުރާން ފެށުން ކަމަށާއި އޭގެ ތެރޭގައި މާލިއްޔަތު ޤާނޫނާއި ބޭންކިން ޤާނޫނަށް ބަދަލު ގެނައުން ފާހަގަ ކުރެވޭ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާއަށް ބޭނުންވެއްޖެ ހިނދެއްގައި ބަޔަކަށް ލޯނު ދިނުމާއި ސޮވެރިން ގެރެންޓީ ދިނުންފަދަ ކަންކަން ކުރެވޭ ކަމަށާއި އޭގެ އިތުރުން އެސްއީޒެޑް ޤާނޫނާ ބިން މިލްކުވެރި ކުރުމުގެ ޤާނޫނުފަދަ ޤާނޫނުތަކަށް ބަދަލު ގެނެސްގެން ކުރިކަމަކީ ސިއްރުން ރަށްތައް ވިއްކާ ފައިސާ ހޯދުން ކަމަށެވެ.

އަމީރު ވިދާޅުވީ އެކަމަކީ ނޭނގިގެން ކުރިކަމެއް ނޫން ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެންވެސް އެނގިގެން މިދަނީ ސަރުކާރަކީ ރައްޔިތުންނަށް ޓްރާންސް ޕޭރެންޓްކޮށް ދެފުށް ފެންނަ ގޮތަކަށް ކަންކުރާ ސަރުކާރެއް ނޫން ކަމަށެވެ.

އަމީރު ވިދާޅުވީ އެމްއެމްޕީއާރުސީން ފެނުނު ވައްކަން ތަކަކީވެސް ދެފުށް ނުފެންނަ ގޮތަކަށް ކަންތައްތައް ކުރަމުންދާތީ ފެނިގެންދިޔަ ކަންތައްތަކެއް ކަމަށެވެ. ހަމައެގޮތައް ފ އަތޮޅު ވިއްކާލުމުގެ ކަންކަންވެސް ފެނިގެން މިދަނީ އެކިވަޒީރުން އެކިއިރު އެކިގޮތައް ވާހަކަ ދައްކަމުންދާތީ ކަމަށެވެ.

އަމީރު ވިދާޅުވީ ހުރިހާވެސް ބޭނުމަކީ ސަރުކާރު ބޭނުން ކޮށްގެން އަމިއްލަ މުއްސަނދިކަން ހޯދުން ކަމަށެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު