Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކްރިމިނަލް ކޯޓު

ބިޝާމް އަޅުގަނޑުގެ މައްޗަށް ދައުވާ ކުރާނަމަ މަސްލަހަތު ފުށުއަރާ: އާޒިމާ

މައްސަލަ ބެއްލެވީ އިސް ގާޒީ އަހުމަދު ހައިލަމް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 18 ޖުލައި 2019 | ބުރާސްފަތި 10:21
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު

މަނީ ލޯންޑާކުރުމަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމަށް ނުކުރެއްވޭނެ ކަމަށާއި އެގޮތަށް ކުރައްވާނަމަ މަސްލަހަތު ފުށު އަރާކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އޮތް އާޒިމާގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އެމައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި އޭނާގެ މައްޗަށް ދައުވާކުރަނީ ޕީޖީ ބިޝާމްގެ ބައިވެރިވުން އޮވެގެންތޯ އާޒިމާ ވަނީ ދައުލަތުގެ ވަކީލުންނާއި ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ދައުލަތުން ބުނީ އާޒިމާއަށް އެ ސުވާލު ނުކުރެވޭނެކަމަށާއި ދައުލަތުގެ ވަކީލުންނަށް ޕީޖީގެ މަގާމަށް ހުންނެވި ބޭފުޅެއްގެ ބައިވެރިވުމެއް ނެތި އަމިއްލައަށް ދައުވާއެއް ނުކުރެވޭނެ ކަމަށެވެ. އަދި ދައުލަތުން ދައުވާ ކުރެވޭނީ ޕްރޮސެކިއުޓަރ ޖެނެރަލަކަށް ހުންނެވި ފަރާތަށްކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އާޒިމާ ވިދާޅުވީ ބިޝާމްއަށް އޭނާގެ މައްޗަށް ދައުވާ ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެއީ އޭނާ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށާއި އޭގެ ކުރިން އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ގާނޫނީ ލަފާ ދެއްވަން ހުންނެވީ ޕީޖީ ބިޝާމް ކަމަށެވެ. އަދި ބިޝާމް އެމަގާމުގައި 24 ނޮވެމްބަރ 2016 ވަނަ ދުވަހާއި ހަމައަށް ހުންނެވި ކަމަށާއި އެހެންކަމުން އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލަ ހިނގާފައިވަނީ ބިޝާމް އެމަގާމުގައި ހުންނަވަނިކޮށް ކަމަށް ވިދާޅުވިއެވެ. އަދި އެއީ މަސްލަހަތު ފުށުއަރާކަމަކަށް ވާތީ އޭނާގެ މައްޗަށް ބިޝާމަށް އެމަގާމުގައި ހުންނަވައި ދައުވާ ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އާޒިމާ ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ދައުވާ އަކީ ސައްހަ ދައުވާއެއް ނޫން ކަމަށެވެ.

އާޒިމާ އެހެން ވިދާޅުވުމުން ގާޒީ ހައިލަމް ވިދާޅުވީ ބިޝާމް އެމުއްދަތުގައި އެމަގާމުގައި ހުރުން އެއީ ދައުވާއަށް އޮތް ހުރަހެއްތޯ އާޒިމާާއި ސުވާލު ކުރައްވާފައެވެ. ޖަވާބުގައި އާޒިމާ ވިދާޅުވީ މަނީ ލޯންޑްރިން މައްސަލައިގައި ބިޝާމްގެ ޒިންމާ އެބައޮތް ކަމަށެވެ. އެއީ އެކަން ހިނގައި ދިޔަ ކަމަށް ބުނާ މުއްދަތުގައި ރައީސް ޔާމީނަށް ގާނޫނީ ލަފާ ދެއްވަން ހުންނެވީ ބިޝާމް ކަމަށް ވާތީ ކަމަށް ވިދާޅުވިއެވެ.

މިހާރު ޕީޖީ ބިޝާމް ރައީސް އޮފީހުގެ ލީގަލް ސެކެރަޓަރީގެ މަޤާމުގައި ހުންނެވީ 21 ނޮވެމްބަރު 2013 އިން ފެށިގެން 24 ނޮވެމްބަރު 2016 އަށެވެ.

ރައްދުގައި ދައުލަތުގެ ފަރާތުން ބުނީ އާޒިމާ އެ ވިދާޅުވާ ތާރީޚެއްގައި ބިޝާމް ރައީސް އޮފީހުގައި މަސައްކަތް ނުކުރައްވާ ކަމަށާއި ދައުލަތުން ކުރާ ދައުވާތަކުގައި ސޮއި ކުރައްވާފައިވަނީ އާޒިމާ ކަން ހާމަ ވާކަމަށެވެ. އޭގެ ތެރެއިން އެސްކްރޯ އެކައުންޓް ހެދުމަށް 25 މާޗް 2018 ވަނަ ދުވަހު އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އާއިއެކު ހެދި އެއްބަސްވުމުގައި ރައީސް އަބްދުﷲ ޔާމީންގެ ހެކި ވެރިއެއްގެ ގޮތުގައި އާޒިމާ ސޮއި ކުރައްވާފައިވާ ކަމަށާއި އެކަމުގައި ބިޝާމްގެ އެއްވެސް ދައުރެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ. އަދި އޭގެ ކުރިން 13 ޖޫން 2016 ގައި އެސްކްރޯ އެކައުންޓެއް ހެދުމަށް ޑްރާފްޓެއް ހެދި ކަމަށާއި އެ ޑްރާފްޓް ބޭނުންވާގޮތަށް ބަދަލުކުރިކަމަށް ހެކިންގެ ހެކިބަހުން ހާމަވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އެސްކްރޯ އެކައުންޓް ހެދުމުން އޭސީސީއިން ބަޔާން ނެގުމަށް ރައީސް ޔާމީން ހާޒިރު ކުރުމުގެ ކުރިން ރައީސް ޔާމީނާއި ކުރަންޖެހޭ ސުވާލުތައް އެކުލަވާލައި އެސުވާލުތައް އާޒިމާ ބޭނުންވެލައްވާ ގޮތަށް އޭސީސީގެ ތަހުގީގީ ޓީމްލައްވައި ކުރުވުމާއި ބަޔާން ނެގިއިރު ޑްރާފްޓް އޮންނަންވާނެ ގޮތާއި ޑްރާފްޓް އެކުލަވާލުމުގައި އާޒިމާ ބޭނުންވެލައްވާ ގޮތަށް އެކުލަވާލެއްވި ކަމަށް ދައުލަތުން ބުންޏެވެ. އަދި އެކަމުގައި ބިޝާމްގެ މަސްލަހަތު ފުށުއެރުމެއް ނެތްކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އާޒިމާގެ މައްޗަށް ކުރާ ދެ ދައުވާގައި ދައުލަތުން ހުށައެޅި ޝަފައީ ހެކިންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި، މުހައްމަދު ޝަރީފެވެ. ކިތާބީ ހެކިންގެ ގޮތުގައި ދައުލަތުގެ ފަރާތުން ހުށައަޅާފައިވަނީ ބީއެމްއެލްގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްގެ ތަފްސީލާއި، މިއަހަރުގެ ޖެނުއަރީގައި އާޒިމާ ފުލުހަށް ހާޒިރުކޮށް ނަގާފައިވާ ބަޔާނާއި އޭސީސީއިން އެސްކްރޯ އެކައުންޓެއް ހުޅުވުމަށް ވެފައިވާ އެއްބަސްވުމާއި، މުހައްމަދު ވަސީމް އިސްމާއިލްގެ އެކައުންޓްގެ ތަފްސީލާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އެކައުންޓުގެ ތަފްސީލެވެ.

އާޒިމާ ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާގައި ހަވާލު ކުރި ލިޔުންތައް ޝަރީއަތަށް ގެންދެވުނީ މަދުން ކަމަށް ވިދާޅުވެ އިތުރު އަޑުއެހުމަކަށް އެދިފައެވެ. އެހެންކަމުން އޭނާއަށް އެ ދައުވާ ސާފު ނުވާ ކަމަށާއި ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވެލައްވަނީ ލިޔުންތައް ފުރިހަމަ ކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ. އާޒިމާ ވަނީ ލިޔުންތައް ހުށައެޅުމަށް ދެ ހަފްތާއަށް އެދިލައްވާފައެވެ.

ގާޒީ ހައިލަމް ވަނީ ހުށައެޅުންތައް ހުށައެޅުމަށް ރަސްމީ 10 ދުވަސް ދެއްވާފައެވެ. އަދި ދައުލަތުގެ ފަރާތުން ވަނީ އާޒިމާގެ މައްޗަށް ކުރާ ދައުވާގެ އިތުރު 11 ލިޔުމެއް ދިނުމަށް ހުށައަޅާފައެވެ. އެގޮތުން އަންނަ އަންގާރަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެކުރިން 11 ލިޔުން ހަވާލު ކުރާނެ ކަމަށް ދައުލަތުގެ ފަރާތުން ވަނީ ބުނެފައެވެ. ގާޒީ ހައިލަމް ވިދާޅުވީ މިމައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނީ ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހުށައެޅުމަށްފަހު އަންނަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

ބެލެވޭ ގޮތުގައި ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ އީދު ބަންދަށް ފަހު އެވެ.

މައްސަލާގައި ދިފާއުގައި އާޒިމާ ވަކާލާތު ކުރައްވާފައިވަނީ ޤާނޫނީ ވަކީލަކާ ނުލާ އަމިއްލަފުޅަށެވެ. މައްސަލާގެ އަޑުއެހުމަށް އާޒިމާއާއެކު ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު ވަޑައިގެންފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު