ރާއްޖެ
ތިނަދޫ ޕޯސްޓް އޮފީސް
ތިނަދޫގެ ޕޯސްޓް އޮފީސް ފަޅާލައި، ވައްކަން ކޮށްފި
ވައްކަން ކޮށްފައިވަނީ ބުރާސްފަތި ވިލޭރޭ

އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 18 ޖުލައި 2019 | ބުރާސްފަތި 06:54

ތިނަދޫ ޕޯސްޓް އޮފީސް
ގދ. ތިނަދޫ ޕޯސްޓް އޮފީސް ފަޅާލައި އެ ތަނުން ވައްކަންކޮށްފި އެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެރޭ ގދ. ތިނަދޫ ޕޯސްޓް އޮފީސް ފަޅާލައި އެތަނުގައި ހުރި ގިނަ ޕާރސަލްތައް ކަނޑާ، ވައްކަން ކޮށްފައިވާކަމަށެވެ. އަދި ޕޯސްޓް އޮފީހުގެ ތިޖޫރީ ފަޅާލަން މަސައްކަތް ކޮށްފައިވާކަމަށާއި، ނަމަވެސް އެއްވެސް ފައިސާއެއް ނަގާފަ ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގް ކުރަމުންނެވެ.








