Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އައިއޯއައިޖީ ގޭމްސް 2019

ރާއްޖޭގެ ކޮންޓިންޖެންޓް މޮރިޝަސްއަށް އައީ ބޮޑު އުންމީދަކާއެކު

މިފަހަރުގެ ގޭމްސްގައި ރާއްޖެއިން އަމާޒު ހިފާފައިވަނީ 15 މެޑަލް ހޯދުމަށް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 17 ޖުލައި 2019 | ބުދަ 22:10
އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަށް ރާއްޖޭގެ ކޮންޓިންޖެންޓް ބުދަ ދުވަހު ހެނދުނު 08:18 ގައި ފުރިއިރު ހުރިހާ އެތުލީޓުން އަދި އޮފިޝަލުންގެ ފަރާތުންވެސް ފެނިގެންދިޔައީ ހިނިތުންވުމެވެ. އެކި ކުޅިވަރުތައް ގައުމީ ލެވެލްގައި ކުޅޭ ކުޅުންތެރިން، ގައުމީ ރޫހެއްގައި، ގައުމީ އެއާލައިން މޯލްޑިވިއަންއިން މޮރިޝަސްއަށް އާދެވުނީ ހޯމަ ދުވަހު މެންދުރު 12:25 ހާއިރެވެ.

މުޅި ދަތުރުގައިވެސް އެތުލީޓުންގެ ފަރާތުން ފެނިގެންދިޔައީ އެކުވެރިކަމެވެ. ވަކި ކުޅިވަރެއް ނެތެވެ. ހުރިހާ ކުޅިވަރެއް ކުޅޭ ކުޅުންތެރިންވެސް ވަރަށް އެކުވެރިއެވެ. އެކަކު އަނެކަކަށް އެހީތެރިވެދޭ ރީތި މަންޒަރުތައްވެސް ފެނިގެންދިޔައެވެ.

ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނޭ ހުރިހާ އެންމެންވެސް މިފަހަރުގެ އައިއޯއައިޖީ ގޭމްސްއާ ކުރިމަތިލާފައިވަނީ ވަރުގަދަ އަޒުމަކާއެކުގައެވެ. އެ ހުރިހާ އެންމެންވެސް ބޭނުންވަނީ މި ގޭމްސްގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ކަނޑައަޅާފައިވާ 15 މެޑަލްގެ ޓާގެޓް ހާސިލު ކުރުމެވެ.

ރާއްޖެއެމްވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ބުނީ، 2015 ވަނަ އަހަރުގެ އައިއޯއައިޖީ ގޭމްސްއަށްފަހު ކުޅުންތެރިންނާއި، އޮފިޝަލުން އަދި މެނޭޖްމަންޓުން މަސައްކަތް ކުރަމުން އައީ ޕްލޭނަކާ އެއްގޮތަށް ކަމަށާއި، ތަމްރީންތަކެއްވެސް ލިބިފައިވާ ކަމަށެވެ.

އެގޮތުން އަޖުފާން ބުނީ، މޮރިޝަސް އިންޓަނޭޝަނަލް ސީރީޒްގައި ރާއްޖޭގެ އެތުލީޓުން ވާދަކޮށް އެކިވަރުގެ ކާމިޔާބީތައް ހޯދާފައިވާ ކަމަށާއި، ބެޑްމިންޓަން ޓީމު އައިއޯއައިޖީއަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

އައިއޯއައިޖީގައި ބެޑްމިންޓަންއިން ވާދަކުރަނީ ހަތް މެޑަލްއަށްކަން ފާހަގަކުރަމުން އަޖުފާން ބުނީ، އެ ހަތް މެޑަލްވެސް ހޯދުމަށް ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭނާ ބުނީ، މިފަހަރު ރާއްޖެއިން 15 މެޑަލްއަށް ޓާގެޓް ކުރުމުން ޖެހިލުން ނުވާ ކަމަށާއި، އެއަށްވުރެ ގިނައިންވެސް ރާއްޖެއަށް މެޑަލް ހޯދޭނެ ކަމަށެވެ.

މީގެއިތުރުން އަޖުފާން ބުނީ، އެމްއޯސީ އާއި ޔޫތު މިނިސްޓްރީ އަދި އެސޯސިއޭޝަންތައް ގުޅިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތްތަކުގެ ދަށުން ކުޅިވަރުތައް ކުޅޭ އެތުލީޓުން ބޭރު ގައުމުތަކުގައި ތަމްރީން ހަދަމުން އަންނަ ކަމަށެވެ. އަދި އަޖުފާން ބުނީ، ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލު ވަރަށް އުޖާލާ ކަމަށެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނީ، މިފަހަރު އެތުލެޓިކްސްއިން ރާއްޖެއިން ކަނޑައަޅާފައިވާ ޓާގެޓަކީ ފަސް މެޑަލް ހޯދުން ކަމަށާއި، ރާއްޖެއިން ބޭރުގައި ހެދި ތަމްރީންތަކާއެކު އެ ޓާގެޓަށް ހާސިލުވާނެ ކަމަށެވެ.

ސާއިދު ބުނީ، 2015 ވަނަ އަހަރު ބޭއްވުނު އައިއޯއައިޖީ އާއި މިފަހަރުގެ އައިއޯއައިޖީ ވަރަށް ތަފާތުވާނެ ކަމަށެވެ. އެގޮތުން އޭނާ ބުނީ، އެފަހަރު ޖަމައިކާގެ ހެދި ވަރުގަދަ ތަމްރީންތަކަށްފަހު ދިޔައީ މެޑަލް ބަލާ ކަމަށެވެ.

ނަމަވެސް ސާއިދު ބުނީ، މިފަހަރު ގޭމްސްއަށް ތަމްރީން ހަދަން ލިބުނީ ވަރަށް ކުރު މުއްދަތެއް ކަމަށާއި، ކޮންމެ ފަހަރަކުވެސް ޓާގެޓް ކުރާ ފަދައިން މިފަހަރުވެސް ޓާގެޓް ކުރާނީ ރަން މެޑަލް ހޯދަން ކަމަށެވެ. މީގެއިތުރުން ސާއިދު ބުނީ، މިފަހަރުގެ ގޭމްސްގައި ރާއްޖެއިން 15 މެޑަލްއަށްވުރެ ގިނައިން ހޯދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ބުނީ، މިފަހަރު ގޭމްސްއަށް އައީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި، އުންމީދު ކުރަނީ ޓީމް އިވެންޓުން ރަން މެޑަލްއަކަށް ކަމަށެވެ. އަދި އިންޑިވިޖުއަލް އިވެންޓުންވެސް މެޑަލްއަކަށް އުންމީދުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ. ޓީޓީންވެސް ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލުވެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ފާހަގަކުރަމުން ރަފާ ބުނީ، ހުރިހާ ކުޅިވަރަކުންވެސް ޓާގެޓްކުރާ ވަރަށް އަދި އެއަށްވުރެވެސް ގިނައިން މެޑަލް ހޯދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

އައިއޯއައިޖީގައި ވާދަކުރާ ޔޫތު ކޭމްޕްގެ އޮފިޝަލް އިސްމާއިލް ރިފާއު (ޗިޗޫ) ބުނީ، މިފަހަރުގެ ގޭމްސްއަށް ރާއްޖެއިން ވަރަށް ދުރާލާ ތައްޔާރުވެފައިވާ ކަމަށާއި، ރަނގަޅު ކާމިޔާބެއް ހޯދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

އެމްއޯސީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގު ވިދާޅުވީ، މީގެ ހަތަރު އަހަރު ކުރިން ރާއްޖެއިން މި ގޭމްސްއަށް އަޒުމެއް ކަނޑައެޅި ކަމަށާއި، އެ އަޒުމަކީ މި ގޭމްސްގައި 15 މެޑަލް ހޯދުން ކަމަށެވެ. އެގޮތުން މޮރިޝަސްއަށް ރާއްޖޭގެ ކޮންޓިންޖެންޓް އައީވެސް އެ އުންމީދާއެކުގައި ކަމަށާއި، އެނބުރި ރާއްޖެ ދާނީ އެ 15 މެޑަލް ހިފައިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަރުޒޫގު ވިދާޅުވީ، އެހެން ފަހަރުތަކާ ހިލާފަށް މިފަހަރުގެ ގޭމްސްއަށް އެސޯސިއޭޝަންތަކުންވެސް ކުރިމަތިލީ ވަރަށް ބޮޑެތި ޓާގެޓްތަކާއެކުގައި ކަމަށާއި، ވަރަށް ދުރާލާ ގޭމްސްއަށް އެސޯސިއޭޝަންތަކުންވެސް ތައްޔާރުވެފައިވާ ކަމަށެވެ.

މިއީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބައެއް އެތުލީޓުން އަދި އޮފިޝަލުން މޮރިޝަސްއަށް އައި މަގުމަތީގައި ފްލައިޓްގައި ފާޅުކުރި ޝުއޫރުތަކެވެ. އެ އެތުލީޓުންނާއި، އޮފިޝަލުންގެ އުންމީދުތައް ވަރަށް ބޮޑެވެ. ގައުމު ފަހުރުވެރިވާފަދަ ކާމިޔާބީއެއް ގޭމްސްގައި ހޯދަން ރާއްޖޭގެ މުޅި ކޮންޓިންޖެންޓް ވަނީ ކެތްމަދުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު