Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަޝްކަރޭ ތައިބާ

ޕާކިސްތާނުގެ ފުލުހުން ލަޝްކަރޭ ތައިބާގެ ފައުންޑަރ ހައްޔަރުކޮށްފި

ހާފިޒް ސައީދު ހައްޔަރުކުރީ ބުދަ ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 17 ޖުލައި 2019 | ބުދަ 13:30
ހާފިޒް ސައީދް އަކީ ހަނގުރާމަވެރި ލަޝްކަރޭ ތައިބާގެ ފައުންޑަރގެ އިތުރުން އިންސާނީ އެހީދޭ ޖަމާއަތުއް ދައުވާ ގެ ވެރިޔާ

ހާފިޒް ސައީދް އަކީ ހަނގުރާމަވެރި ލަޝްކަރޭ ތައިބާގެ ފައުންޑަރގެ އިތުރުން އިންސާނީ އެހީދޭ ޖަމާއަތުއް ދައުވާ ގެ ވެރިޔާ

ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތް، ލަޝްކަރޭ ތައިބާ އަދި އެ ޖަމާއަތުގެ އިންސާނީ އެހީގެ ގޮފި، ޖަމާއަތު ދާވާ ގެ ވެރިޔާ، ހާފިޒް މުހައްމަދު ސައީދު އެ ގައުމުގެ މެދުތެރޭގެ ސިޓީއެއްކަމަށްވާ ގުޖުރަންވާލާގެ ކޯޓަކަށް ދަނިކޮށް ހުއްޓުވައި ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.

ޖަމާއަތުދާވާގެ ތަރުޖަމާނު ނަދީމް އަވާން އަލް ޖަޒީރާގައި ބުނެފައިވަނީ ބުދަ ދުވަހު ކައުންޓަރ ޓެރެރިޒަމް ޑިޕާޓްމަންޓުގެ ފުލުހުން ސައީދު ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގެ ދެވަނަ ސިޓީ ލާހޫރުގެ އުތުރުން 50 އަކަށް ކިލޯމީޓަރ ދުރުމިނުގައި ހުންނަ ކަމޮކެ ޓޮލް ޕްލާޒާއިން ކަމަށެވެ.

އަވާން ބުނެފައިވަނީ އޭނާއާ ގުޅޭ ހުރިހާ މައްސަލަތަކަކީވެސް ފަންޑްރެއިސް ކުރުމާ ބެހޭ މައްސަލަތައް ކަމަށާއި އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ޓެރެރިޒަމަށް ފައިސާ ޚަރަދުކުރިކަމުގެ ދައުވާކަމަށެވެ.

ޖަމާއަތު ދާވާއިން ބުނީ ސައީދު ހައްޔަރުކުރުމާ ދެކޮޅަށް ކޯޓުގައި ވަކާލާތުކޮށް އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހުށަހަޅާނެކަމަށެވެ.

"އަޅުގަނޑުމެން ހައިކޯޓަށް ދާނަން އަދި އަޅުގަނޑުމެންނާމެދު އޮތް ނާއިންސާފަށް ގާނޫނީގޮތުން ކުރެވެންހުރި ހުރިހާކަމެއް ކުރާނަން،އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ކޯޓުން އަޅުގަނޑުމެންނަށް ތާއީދުކުރާނެ" އަވާން ބުނެފައިވެއެވެ.

ލަޝްކަރޭ ތައިބާ އުފެއްދި ސައީދު ބުނަމުންދަނީ 2001 ވަނަ އަހަރުން ފެށިގެން އެ ޖަމާއަތުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނަކަމަށެވެ. ނަމަވެސް 2008 ވަނަ އަހަރު މުމްބާއީގައި ދިން ހަމަލާގެ މޭސްތިރިއަކީ އޭނާކަމަށް އަވަށްޓެރި އިންޑިއާއިން ތުހުމަތުކުރެއެވެ. އެ ހަމަލާގައި 160 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ކެރެލާގައި ފުލުހުންތަކެއް ކާނާ ވިހަވި މައްސަަލަ ތަހުގިީގު ކުރަނީ

ކެރެލާގައި ފުލުހުންތަކެއް ކާނާ ވިހަވި މައްސަަލަ ތަހުގިީގު ކުރަނީ

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު