Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް 2019

ގައުމީ ޔުނިވަރސިޓީ ބިލްގެ ރިޕޯޓް އަލުން ހުށަހެޅުމަށް 3 ދުވަހުގެ މުހުލަތެއް

ގިނަ ބިލްތަކެއްގެ މަސައްކަތް ކޮމިޓީތަކުން ދަނީ ކުރަމުން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 16 ޖުލައި 2019 | އަންގާރަ 12:19
މަޖިލިސް ޗެމްބަރުގައި މެމްބަރުން

މަޖިލިސް ޗެމްބަރުގައި މެމްބަރުން

ގައުމީ ޔުނިވަރސިޓީ ބިލްގެ ރިޕޯޓަށް އިތުރު އިސްލާހުތަކެއް ހުށަހަޅަން ބޭނުންވާ ކަމަށް ކޮމިޓީގައި ހިމެނިވަޑައިގެންފައިވާ މެމްބަރުން އެދިވަޑައިގެންފައިވާތީ، އިތުރު ތިން ދުވަސް މަޖިލީހުގެ ރިޔާސަތުން ދެއްވައިފިއެވެ.

އަންގަރާދުވަހުގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގައުމީ ޔުނިވަރސިޓީގެ ބިލްގެ މަސައްކަތް ނިންމުމަށްފަހު، ކޮމިޓީގެ ރިޕޯޓް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓަށް އިތުރު އިސްލާހުތަކެއް ހިމަނަން ބޭނުންވާތީ، ދުވަސް އިތުރުކޮށް ދެއްވުމަށް ކޮމިޓީގެ މެމްބަރުން އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން ތިން ދުވަހުގެ މުއްދަތު އިތުރުކޮށް ދެއްވާ ކަމަށާއި، ތިން ދުވަސް ތެރޭގައި ކޮމިޓީގެ ރިޕޯޓް ނިންމުމަށްފަހު ފޮނުއްވައިދެއްވަންވާނެ ކަމަށެވެ. މި ބިލް ދިރާސާ ކުރެއްވީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީންނެވެ.

މީގެ އިތުރުން މިހާތަނަށް އައިރު މަޖިލީހުގައި ނުނިމި ހުރި މަސައްކަތްތަކާއި، ނިމިފައި ހުރި މަސައްކަތްތަކުގެ ތަފްސީލުވެސް މަޖިލީހުގެ ރައީސް ވަނީ އަންގަރާދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން ހިއްސާކުރައްވާފައެވެ. މަޖިލީހުގައި ހުރި މަސައްކަތްތަކުގެ ތަފްސީލް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީގެ ބިލްގެ މަސައްކަތް ނިންމުމަށްފަހު، ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ކޮމިޓީން ފޮނުވާފައިވާ ކަމަށެވެ.

މަޖިލީހަށް ހުށަހެޅި ބަހުސް ކުރައްވަމުން ގެންދަވާ ބިލްތަކުގެ ތެރެއިން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ވިސްލް ބްލޯވަރ ބިލްގެ ބަހުސް އަދި ނިމިފައިނުވާ ކަމަށާއި، ތަރިކައިގެ ބިލް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އަދިވެސް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ބިލްވެސް އަދި އޮތީ އިތުރަށް ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީގައި ކަމަށެވެ.

ޗެމްބަރ އޮފް ކޮމާރސް ބިލް އިގްތިސާދީ ކޮމިޓީއިން ދިރާސާ ކުރަމުން އަންނައިރު، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، މާލީ އިނާޔަތް ބޮޑު ކުރުމާއި ބެހޭ ބިލްގެ ބަހުސް އަދި ނިމިފައިނުވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓްގެ ބެންޗުގެ އަދަދު 5 އިން 7 ބަދަލުކުރުމަށް ކޯޓްތަކުގެ ގާނޫނަށް ހުށަހެޅުނު އިސްލާހު ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމުމަށްފަހު، ކޮމިޓީގެ ރިޕޯޓް ފޮނުވާފައިވާ ކަމަށާއި،އެ ރިޕޯޓް ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަަމަށެވެ. އަންގާރަދުވަހުގެ ޖަލްސާއަށް ޕެންޝަނާއި ބެހޭ ގާނޫނަށް ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ހުށަހެޅުއްވި އިސްލާހަށް ބަހުސްކޮށް ވަނީ ނިމިފައެވެ.

19 ވަނަ މަޖިލިސް މިހާތަނަށް އައިއިރު، ފެނިގެންދަނީ ވަރަށް އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު