Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އާލިއާ ބަޓް

'' ސަދަކް 2'' ގެ ޝޫޓިން އަށް އާލިޔާ އޫޓީ އަށް

ޑައިރެކްޓު ކުރަނީ މަހޭޝް ބަޓް

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 16 ޖުލައި 2019 | އަންގާރަ 03:45
އާލިއާ ބަޓް

އާލިއާ ބަޓް

ނަވާރަ ސަތޭކަ ނުވަދިހަ އެއްވަނަ އަހަރު ނެރުނު ސަދަކް ފިލްމުގެ ދެވަނަ ބައި ''ސަދަކް 2'' ފިލްމު ޝޫޓު ކުރަން އިންޑިއާގެ އޫޓީ އަށް ވަރަށް އަވަހަށް ދާނެ ކަމަށް އާލިއާ ބަޓް ބުނެފިއެވެ.

ސަދަކް 2 ޑައިރެކްޓް ކޮށްފައިވަނީ ސަދަކްގެ ފުރަތަމަ ފިލްމުވެސް ޑައިރެކްޓް ކޮށްފައިވާ އާލިއާގެ ބައްޕަ މަހޭޝް ބަޓްއެވެ.

ފިލްމުގެ ސްކްރިޕްޓުގެ ކަވަރ ފޮޓޯއެއް އަޕްލޯޑްކޮށް ފިލްމުގެ ޝޫޓިން އަށް އޫޓީ އަށް ދާން ތައްޔާރުވާ ކަމަށް އާލިއާ ވަނީ އިންސްޓަގްރާމް ގައި ބުނެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އޫޓީގައި ޝޫޓްކުރަން ހަމަޖެހިފައިވަނީ އާލިއާ އާއި އަދިތްޔާ ރޯއި ކަޕޫރްގެ މަންޒަރުތަކެވެ.

ފިލްމުގެ ފުރަތަމަ ބައި ޝޫޓް ކޮށްފައިވަނީ މޭ މަހުގެ ފަހުކޮޅު މުމްބާއީގައެވެ. މި ފިލްމުގައި އާލިއާގެ އިތުރުން ސަންޖޭދަތް، ޕޫޖާ ބަޓް، އަދިތްޔަ ރޯއި ކަޕޫރްގެ އިތުރުން އަކްޝޭ އަނަންދު ހަރަކާތްތެރިވެއެވެ.

ސަންޖޭދަތުގެ ރަންޒަމާނުގެ ދުވަސްވަރު އާލިއާގެ ދައްތަ ޕޫޓާ ބަޓްއާ އެކު ކުޅެފައިވާ ސަދަކް ހިމެނެނީ 1991 ވަނަ އަހަރު ބޮލީވުޑް ގައި ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެއްގެ ގޮތުގައެވެ. ވަކިން ހާއްސަކޮށް ފިލްމުގެ ލަވަތައް ވެގެން ގޮސްފައިވަނީ އާއްމުންގެ ތެރޭގައި ވަރަށް ކާމިޔާބު ލަވަތަކަކަށެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2017

"ސަޑަކް" ގައި ޕޫޖާ އާއި ސަންޖޭގެ ދަރުފުޅުގެ ރޯލަށް އާލިޔާ

27 މާރިޗު 2017
"ސަޑަކް" ގައި ޕޫޖާ އާއި ސަންޖޭގެ ދަރުފުޅުގެ ރޯލަށް އާލިޔާ
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
13 މާރިޗު 2017

ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ

13 މާރިޗު 2017
ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ
01 މާރިޗު 2017

އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟

01 މާރިޗު 2017
އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟
20 ފެބުރުއަރީ 2017

"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި

20 ފެބުރުއަރީ 2017
"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު