Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފެންޓަސީ

"ފެންޓަސީ ޓްރޭޑް ޑޭސް 2019" ކުރުނބާ މޯލްޑިވްސްގައި ފެށިއްޖެ

15 ޖުލައި 2019 | ހޯމަ 14:51

އިވެންޓް ކުރިޔަށް ދާނީ ޖުލައި މަހުގެ 15 އިން 17 ގެ ނިޔަލަށް

މުހައްމަދު ލިސާން
މުހައްމަދު ލިސާން | 15 ޖުލައި 2019 | ހޯމަ 14:51
މި އިވެންޓްގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑް ތަކުގެ އުފެއްދުންތަކުގެ ޝެފުން ބައިވެރިވޭ

މި އިވެންޓްގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑް ތަކުގެ އުފެއްދުންތަކުގެ ޝެފުން ބައިވެރިވޭ

ރިސޯޓްތަކުގައި ކެއްކުމަށް ބޭނުންވާ އެންމެ ކޮލިޓީ ތަކެއްޗާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން "ފެންޓަސީ ޓްރޭޑް ޑޭސް 2019" ގެ ނަމުގައި ހާއްސަ އިވެންޓެއް ފެށިއްޖެއެވެ.

ޖުލައި މަހުގެ 15 އިން 17 ގެ ނިޔަލަށް ކުރިޔަށްދާ މި އިވެންޓުގައި އިޓަލީގެ އިތުރުން ފްރާންސްގެ މަޝްހޫރު، އެންމެ ކޮލިޓީ ބްރޭންޑްތަކުގެ މުދަލާ ބެހޭގޮތުން ބްރޭންޑްތަކުގެ ޝެފުން، މި އިވެންޓްގައި މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

ކުރުންބާ މޯލްޑިވްސްގައި ކުރިޔަށްދާ މި އިވެންޓްގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު ވަނީ ބައިވެރިވެވަޑައިގަންފައެވެ.

މި އިވެންޓްގައި ފްރާންސްގެ ކަލިނަރީ އެކަޑެމީގެ ރައީސް ޝެފް ފެބްރީސްގެ އިތުރުން 2003 ވަނަ އަހަރު ދުނިޔޭގެ ޕޭސްޓްރީ ޗެންޕިއަން ޝެފް އެންޖަލޯ ވަނީ ބައިވެރިވެފައެވެ. އަދިވެސް މީގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުން މަޝްހޫރު ޝެފުން ވަނީ ބައިވެރިވެފައެވެ. އިވެންޓްގައި ފެންޓަސީގެ ފަރާތުން ޑިސްޓްރިބިއުޓް ކުރާ އުފެއްދުންތަކުގެ ޝެފުންވެސް ބައިވެރިވެއެވެ.

މި އިވެންޓްގައި ފެންޓަސީން ދިވެހިރާއްޖޭގެ ރިސޯޓްތަކަށް ހާއްސަކޮށްގެން ގެނެސްދޭ ތަފާތު އެކި ބާވަތްތަކުގެ ތަކެތި ބޭނުންކޮށްގެން، މި އިވެންޓުގައި ބައިވެރި މަޝްހޫރު ޝެފުން ވަނީ، ރިސޯޓް ތަކުގެ ފަރާތުން މި އިވެންޓުގައި ބައިވެރިވި ޝެފުންނަށް، ތަފާތު އެކި ޑިޝްތައް ތައްޔާރުކޮށްދީފައެވެ.

ފެންޓަސީގެ ސީއީއޯ އިބްރާހިމް ރަޝީދު ވިދާޅުވީ މި އިވެންޓަކީ ފެންޓަސީގެ ފަރާތުން ދިވެހިރާއްޖޭގެ ރިސޯޓް މާކެޓަށް ހާއްސަކޮށްގެން ގެންނަ ޕްރޮޑަކްޓްސް އާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ކުރިޔަށް ގެންދާ އިވެންޓެއްކަމަށާއި މަގުސަދަކީ މަތީ ފަންތީގެ ހޮޓާތަކަށް ބޭނުންވާ ތަކެތި ހެޔޮ އަގުގައި ރާއްޖޭގެ މާކެޓްގައި ވިއްކުންކަމަށެވެ. އަދި މި އިވެންޓް ވަކި އިވެންޓެއްގެ ގޮތުގައި ބާއްވާ މީ ފުރަތަމަ ފަހަރުކަމަށާއި، މީގެ ކުރިން ފެންޓަސީން ދިވެހިރާއްޖޭގެ ރިސޯޓް މާކެޓަށް ގެންނަ ތަފާތު މުދަލާބެހޭގޮތުން މައުލޫމާތު ފޯރުކޮށްދެނީ އެކި އެކި ފުޑް ފެއާތަކުގައި ބައިވެރިވެގެންކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ފެންޓަސީން އަބަދުވެސް މަސައްކަތްކުރަނީ އެއް އަހަރުން އަނެއްއަހަރަށް ކުރާކަންތައްތައް ތަރައްގީ ކުރަންކަމަށާއި އުއްމީދު ކުރަނީ "ފެންޓަސީ ޓްރޭޑް ޑޭސް" އަކީ ރާއްޖޭގައި ބާއްވާ ޕްރައިމް އިވެންޓަކަށް ވުންކަމަށެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2018

މާރުކޭޓުގައި ކުރުނބާގެ އަގު ހެޔޮވެއްޖެ

13 ޖޫން 2018
މާރުކޭޓުގައި ކުރުނބާގެ އަގު ހެޔޮވެއްޖެ
02 ޖޫން 2018

ޗައިނާއިން ބޭނުންވާހާ ގޮތެއް ނުވުމުން ޗައިނާ-ލަންކާ ފްރީ ޓްރޭޑް އެގްރިމެންޓް މަޑުޖެހިއްޖެ!

02 ޖޫން 2018
ޗައިނާއިން ބޭނުންވާހާ ގޮތެއް ނުވުމުން ޗައިނާ-ލަންކާ ފްރީ ޓްރޭޑް އެގްރިމެންޓް މަޑުޖެހިއްޖެ!
23 މެއި 2018

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

23 މެއި 2018
ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
19 ފެބުރުއަރީ 2018

އެމްޓީސީސީ އާއި އަލްޝާލީ މެރިން މޯލްޑިވްސްއާ ދެމެދު ޓްރޭޑް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި

19 ފެބުރުއަރީ 2018
އެމްޓީސީސީ އާއި އަލްޝާލީ މެރިން މޯލްޑިވްސްއާ ދެމެދު ޓްރޭޑް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި
03 ޑިސެމްބަރު 2017

ފްރީ ޓްރޭޑް އެގްރިމެންޓް: ޗައިނާ މީހުންނަށް ވެސް ރާއްޖޭގައި ކަންމަތީ ފިހާރަ ހުޅުވޭނެ؟!

03 ޑިސެމްބަރު 2017
ފްރީ ޓްރޭޑް އެގްރިމެންޓް: ޗައިނާ މީހުންނަށް ވެސް ރާއްޖޭގައި ކަންމަތީ ފިހާރަ ހުޅުވޭނެ؟!
12 އޮކްޓޯބަރު 2017

އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

12 އޮކްޓޯބަރު 2017
އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް