Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ބިޝާމް ހުދުފޮތި ކޮޅަކަށްވީތޯ؟

ދައުވާތައްކުރެއްވުނީ ގޯސްކޮށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 15 ޖުލައި 2019 | ހޯމަ 11:42
ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބުނަނީ ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ބުރަ ނުވާ މިނިވަން މުސްތަގިއްލު ޕްރޮސިކިއުޓަރ ޖެނެރަލަކު ހުންނަން ވާނެކަމަށެވެ. ގާނޫނޫ އަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާހަކަތައް ފެށިގެން އަންނަނީވެސް އެ މަގާމުގައި ހުންނަންވާ ބޭފުޅެއްގެ ކިބައިގައި ހުންނާން ވާނޭ ޝަރުތެއް ބަޔާން ކުރަމުންނެވެ. މިހާރު ދިވެހިރާއްޖޭގައި ހުންނެވި ޕްރޮސިކިއުޓަރ ޖެނެރަލް އެ މަގާމުގައި އެ ހުންނަވަނީ އެ ހުރިހާ ޝަރުތެއް ހަމަވެގެންތޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭންގެ މައިގަނޑު ވައުދަކީ އަދުލު އިންސާފު ހޯދައިދިނުމެވެ. މާޒީއަށް އިންސާފު ހޯދާ އަނިޔާވެރިކަމުގައި ބައިވެރިވީ ފަރާތްތަކުގެ މައްޗަށް އިންސާފު ގާއިމުކުރުމުގެ ވައުދާއެކު ކުރި ކެމްޕެއިން ބަލައިގަނެ ރައްޔިތުން އެ ޕާޓީއަށް ދިނީ އެ ޕާޓީއާ ވާދަވެރި ފަރާތްތައް ހައިރާން ކޮށްލާފަދަ ބޮޑު އަޣުލަބިއްޔަތެކެވެ. މެއި މަހުގެ 28 ވަނަ ދުވަހު ހުވާކުރި 19 ވަނަ މަޖިލިސް މިހާތަނަށް ފެންނަމުންދަނީ ޒިންމާދާރު މަސައްކަތްތެރި މަޖިލީހެއްގެ ގޮތުގައެވެ. އެކި ކޮމިޝަންތައް ހާޒިރުކޮށް ސުވާލުކޮށް ސަރުކާރު ހިންގާ މައި ޕާޓީއަށް ނިސްބަތްވާ މެމްބަރުން އިސްވެ ތިއްބަވައި ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ ވަޒީރުން މަޖިލީހަށާއި މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް ސުވާލުކުރުމަށް ފަސްޖެހުމެއް ނެތެވެ. ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހުގައި މިއަދު އެތިއްބެވި އެތައް މެމްބަރުންނަކާއި އަދި އާއްމު އެތައް ރައްޔިތުންނެއް ހިމެނޭގޮތަށް ނުހައްގު ދައުވާތަކެއްކުރެއްވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އަރިހުގައި އަދި މަޖިލީހުން "ޗަކޮއެ ކޮން ރަށެއްތޯވެސް އަހާ ނުލައެވެ".

ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ކުރައްވާފައިވާ އެތައް ދައުވާތަކެއް ކުރެއްވިފައިވަނީ ނަހަމައިންކަމަށް އަމިއްލަފުޅަށް އިއުތިރާފްވެ ވަޑައިގެން ކޯޓުގައި އެ ކަންކަމަށް އެވަނީ އިއުތިރާފްވެވަޑައިގެންފައެވެ. ނަހަމައިން އެތައް އެތައް ދައުވާތަކެއް ކުރެއްވިއިރު އެކަންކަން ދިފާއުކުރައްވަމުން ގެންދެވުމަށްފަހު 2018ގެ އިންތިޚާބުގެ ނަތީޖާއަށް ފަހު ކުރިން ކުރެއްވުނު ހުރިހާ ދައުވާއެއް ކުއްލިއަކަށް ގޯސްވި ބޭފުޅަކު ވަކި ފަރާތަކަށް ބުރަ ނުވާ މިނިވަން މުސްތަގިއްލު ޕްރޮސިކިއުޓަރ ޖެނެރަލެއްގެ ގޮތުގައި ދެކެންޖެހޭ ސަބަބަކީ ކޮބައިތޯ؟

ގާނޫނު އަސާސީގެ 223 ވަނަ މާއްދާގައި ހ އިން ފެށިގެން ފ އަށް ބަޔާން ކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކެވެ. މީގެ ތެރެއިން ރ ގައި ބުނަނީ ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ އަމަލުތަކާއިގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއެއްކަމަށެވެ.

ދާދިފަހުން މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާކުރި މައްސަލައާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރުމުގައި ފުލުހުން އަނިޔާކުރަނިކޮށް ވީޑިއޯ އާއްމުވި ހާދިސާއާގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް އެޅުއްވި ފިޔަވަޅެއް ދެނެހުރި މީހަކުނެތެވެ. ގާނޫނު އަސާސީގައި ލާޒިމްކުރާ ކަމެއް ދޫކޮށްލައްވައިގެން ހުންނެވިއިރުވެސް ހޭވެސް ސުވާލު އުފައްދާނެ މުއައްސަސާއެއް ވެސް ނެތެވެ.

މިފަދަ އެތައްކަމެއް ފާހަގަވާއިރުވެސް ޕީޖީ މަގާމުގައި ބަހައްޓަވައިގެން އުޅުއްވަނީ އެކަމަނާ ލައްވައި މީގެ ކުރިން ގޯސްތައް ހެއްދެވިކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ ވެރިންގެ މައްޗަށް ދައުވާކޮށް ހުކުމް ނިންމާލެވެންދެން ތޯއެވެ؟ ނުވަތަ މަގާމަށް އެކަށީގެންވާލެއް ބޮޑުކަމުންތޯއެވެ؟

އިތުރަށް ކިޔާލަން

18 ޖުލައި 2019

އާޒިމާއަށް ކުރާ ދައުވާތައް ބިޝާމްގެ ބޮލަށް؟!

18 ޖުލައި 2019
އާޒިމާއަށް ކުރާ ދައުވާތައް ބިޝާމްގެ ބޮލަށް؟!
24 މާރިޗު 2018

ޕީޖީ ބިޝާމް އެވެ. އިންސާފު ގާއިމު ކޮށްދެއްވާ ށެވެ.

24 މާރިޗު 2018
ޕީޖީ ބިޝާމް އެވެ. އިންސާފު ގާއިމު ކޮށްދެއްވާ ށެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު