Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުއީނާ މުހައްމަދު

މުއީނާގެ އުންމީދަކީ ޓީޓީއަށް މެޑަލްއެއް ހޯދައިދިނުމަށްފަހު ކުޅުން ހުއްޓާލުން

އައިއޯއައިޖީ 2019 އަށްފަހު މުއީނާ ޓީޓީ ކުޅުން ހުއްޓާލާނެ

ލީވާން އަލީ
ލީވާން އަލީ | 13 ޖުލައި 2019 | ހޮނިހިރު 13:29
އައިއޯއައިޖީ 2011 ގައި ލިބުނު ކާމިޔާބީ މުއީނާ މުހައްމަދު ފާހަގަކުރަނީ

އައިއޯއައިޖީ 2011 ގައި ލިބުނު ކާމިޔާބީ މުއީނާ މުހައްމަދު ފާހަގަކުރަނީ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުއީނާ މުހައްމަދުގެ އުންމީދަކީ މެޑަލްއެއް ހޯދައިދިނުމަށްފަހު ކުޅުން ހުއްޓާލުން ކަމަށް އޭނާ ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މުއީނާ ބުނީ، ކުރިޔަށް އޮތް އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އަށް ފަހު ޓީޓީ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި، އުންމީދަކީ އެ މުބާރާތުގައި މެޑަލްއެއް ހޯދުން ކަމަށެވެ.

ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން އައިއޯއައިޖީއަށް ފަހު ކުޅުން ހުއްޓާލަން ނިންމި މުއީނާ ބުނީ، ފުދޭވަރަށް ޓީޓީއަށް އޭނާއަށް ހިދުމަތްކޮށްދެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށާއި، މިވަގުތު މުހިންމީ ވަޒީފާ ކަމަށެވެ.

އެގޮތުން މުއީނާ ބުނީ، ވަޒީފާ އަދާކުރަމުން ޓީޓީއަށް ދޭންޖެހޭ ވަރަށް ސަމާލުކަން އޭނާއަށް ނުދެވޭ ކަމަށާއި، އައިއޯއައިޖީއަށް ފަހު ހުރިހާ ފޯކަސްއެއްވެސް ދެން ކުރާނީ ވަޒީފާއަށް ކަމަށެވެ.

މުއީނާ މިވަގުތު ވަޒީފާ އަދާކުރަމުން އަންނަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އަންހެން ގައުމީ ޓީމު އަދި ޔޫތު ޓީމުތަކުގެ ފިޓްނެސް ކޯޗެއްގެ ހައިސިއްޔަތުންނެވެ.

ޓީޓީ ކުރިއަރުވަން ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަން ފާހަގަކުރަމުން މުއީނާ ބުނީ، ޓީޓީ ކޯޗެއްގެ ގޮތުގައި އޭނާ ނުފެންނާނެ ކަމަށެވެ.

ނަމަވެސް މުއީނާ ބުނީ، ދެން އޭނާ ފެނިގެންދާނީ ސްޕޯޓްސް ފިޓްނެސް ކޯޗެއްގެ ގޮތުގައި ކަމަށާއި، އެއީ ހުރިހާ ކުޅިވަރަކަށްވެސް ވަރަށް މުހިންމު ބައެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އައިއޯއައިޖީގައި 2011 ވަނަ އަހަރު ރިހި މެޑަލް ހޯދި މުއީނާ ވަނީ 1995 ވަނަ އަހަރު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ތަށި ހޯދައިފިއެވެ. އޭނާ ވަނީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ޗެމްޕިއަންކަން 16 ފަހަރު، ޑަބަލްސް ޗެމްޕިއަންކަން 12 ފަހަރު އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދައިފައެވެ.

ގައުމީ މުބާރާތުގެ ޗެމްޕިއަންކަން 2003 ވަނަ އަހަރު ފެށިގެން 13 ފަހަރު ޖެހިޖެހިގެން ހޯދި މުއީނާ ވަނީ ގައުމީ މުބާރާތުގައި ޑަބަލްސްގެ ޗެމްޕިއަންކަން 11 ފަހަރު އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން 12 ފަހަރު ހޯދައިފައެވެ.

އިތުރަށް ކިޔާލަން

25 ޖުލައި 2022

ލަޕޯޓާގެ އުންމީދަކީ މެސީ އަލުން އަނބުރާ ބާސެލޯނާއަށް އައުން

25 ޖުލައި 2022
ލަޕޯޓާގެ އުންމީދަކީ މެސީ އަލުން އަނބުރާ ބާސެލޯނާއަށް އައުން
17 ޖުލައި 2022

ބޮޑީ ބިލްޑިންގ މުބާރާތުގައި ރާއްޖޭގެ އަޒުނީންއަށް ރަން މެޑަލްއެއް

17 ޖުލައި 2022
ބޮޑީ ބިލްޑިންގ މުބާރާތުގައި ރާއްޖޭގެ އަޒުނީންއަށް ރަން މެޑަލްއެއް
23 މާރިޗު 2022

އުންމީދަކީ ކުރިއަށް ވުރެ ރަނގަޅަށް މޮޅުވުން: ކަބްރޭރާ

23 މާރިޗު 2022
އުންމީދަކީ ކުރިއަށް ވުރެ ރަނގަޅަށް މޮޅުވުން: ކަބްރޭރާ
22 މާރިޗު 2022

ޒޯރާންއާއެކު ޓީޓީއަށް ދޮރުތަކެއް ހުޅުވިއްޖެ

22 މާރިޗު 2022
ޒޯރާންއާއެކު ޓީޓީއަށް ދޮރުތަކެއް ހުޅުވިއްޖެ
13 މާރިޗު 2022

އުންމީދަކީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ދިގު މުއްދަތަކަށް ދެމިގެން ދިޔުން: އަކްރަމް

13 މާރިޗު 2022
އުންމީދަކީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ދިގު މުއްދަތަކަށް ދެމިގެން ދިޔުން: އަކްރަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު