Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑިއަން އޯޝަން އައިލޭންޑް ގޭމްސް

އައިއޯއައިޖީ: ރާއްޖޭގެ ކޮންޓިޖެންޓްގެ ޓްރެވެލް ޕާޓްނަރ އަކަށް މޯލްޑިވިއަން

11 ޖުލައި 2019 | ބުރާސްފަތި 14:39

މި އެގްރިމެންޓާއެކު ރާއްޖޭގެ ޓީމު މޮރިސިސް އަށް ދަތުރުކުރާނީ މޯލްޑިވިއަން އިން

އަތޫފް އާތިފް
އަތޫފް އާތިފް | 11 ޖުލައި 2019 | ބުރާސްފަތި 14:39
އޮލިމްޕިކް ކޮމެޓީ އާއި އެކު މޯލްޑުވިއަނުން އެގްރިމެންޓްގައި ސޮއި ކުރަނީ

އޮލިމްޕިކް ކޮމެޓީ އާއި އެކު މޯލްޑުވިއަނުން އެގްރިމެންޓްގައި ސޮއި ކުރަނީ

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިޖެންޓްގެ ޓްރެވަލް ޕާޓްނަރ އަކަށް މޯލްޑިވިއަން ހަމަޖައްސައިފިއެވެ.

ބުރާސްފަތި ދުވަހު މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އޮފީހުގައި ވަނީ މޯލްޑިވިއަންއާއެކު މި އެގްރިމެންޓްގައި ސޮއި ކޮށްފައެވެ.

ސޮއިކުރުމަށްފަހު އޮލިމްޕިކް ކޮމެޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު މަރުޒޫގު ވިދާޅުވީ މޯލްޑިވިއަނާއެކު މިއެއްބަސްވުމުގައި ސޮއި ކުރެވުނީ ދިވެހިރާއްޖޭގެ ޓީމުތައް ބޭނުންވި ގޮތައް ބޭނުން ދުލެއް ދީގެން ގެންދާން އެ ފުރުސަތު މޯލްޑިވިއަން އިން ދިނީތީ ކަމަށެވެ. އެކަމަށް ދިވެހި ހުރިހާ އެތުލީޓުންގެ ފަރާތުން މޯލްޑިވިއަންއަށް ސުކުރުއަދާ ކުރާކަމަށް މަރުޒޫގު ވިދާޅުވި އެވެ.

މަރުޒޫގު އިތުރަށް ވިދާޅުވީ ގައުމީ އެއާލައިނުން ދިވެހި ޓީމުތައް ދަތުރު ކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ސަރަފެއްކަމަށެވެ. މީގެކުރިން ވެސް ގައުމީ އެއާލައިން އަބަދުވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެއްވާ ކަމަށާއި، އެތްލީޓުން ބޭނުންވި ވަގުތަށް ފުރުން ހަމަޖައްސަ ދިނީތީ ސުކުރުއަދާ ކުރާ ކަމަށެވެ.

މީގެއިތުރުން މަރުޒޫގު ވިދާޅުވީ މިކަމަށް ބޭނުންވި ހުރިހާ ހަރަދެއް ސަރުކާރު ފަރާތުން ހަމަޖައްސަ ދިނީތީ ސަރުކާރަށް ސުކުރު އަދާކުރާ ކަމަށެވެ.

މޯލްޑިވިއަންގެ މެނޭޖިންގް ޑިރެކްޓާރ ރިޒްވީ ވިދާޅުވީ އައިލޭންޑް އޭވިއޭޝަން އަކީ އަބަދުވެސް ނެޝެނެލް ޑިވެލޮޕްމެންޓްއަށް ވަރަށް ބޮޑު ކޮންޓިބިއުސަން އެއް ދެމުން އަންނަ ކުންފުންޏެއް ކަމަށާއި، އެގޮތުން ކުޅިވަރުގެ ރޮނގުން މިހާރު ވެސް ވަރަށް ބޮޑުތި އެހީތަކެއް ވަމުން އަންނަކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އައިލޭންޑް އޭވިއޭޝަންގެ މުވައްޒަފުންގެ ފަރާތުން އައިއޯއައިޖީގައި ވާދަ ކުރާ ޓީމަށް ކާމިޔާބީއަށް އެދޭ ކަމަށެވެ. އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ވާދަ ކުރާ ކޮންޓިޖެންޓްގެ މިއަހަރުގެ ޓާގެޓަކީ 15 މެޑައްޔެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

10 މެއި 2017

ރާއްޖޭގެ ދެ ކުލަބަކުން އޮއްޕޮ ހޯދުމަށް މަސައްކަތް ކުރަނީ

10 މެއި 2017
ރާއްޖޭގެ ދެ ކުލަބަކުން އޮއްޕޮ ހޯދުމަށް މަސައްކަތް ކުރަނީ
08 މެއި 2017

ރާއްޖޭގެ ދެވަނަ އަޔަން މޭން އަކަށް އާތިފް

08 މެއި 2017
ރާއްޖޭގެ ދެވަނަ އަޔަން މޭން އަކަށް އާތިފް
27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް