Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނަކަ

ތެޔޮ އަގުބޮޑުކޮށް ވިއްކުމުގެ މުއާމަލާތް ކޮށްފައި ވަނީ އަދުރޭއާއި ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ ދެ ކުންފުނިން: ފެނަކަ

ފެނަކައިން ވަނީ 8.50 ނުވަތަ 8.75 ރުފިޔާއަށް ފިއުލް ސަޕްލައި ތަކުން ގަނެފައި ހުރި ތެޔޮ 18 ރުފިޔާއާއި 26 ރުފިޔާއަށް ވިއްކާފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 10 ޖުލައި 2019 | ބުދަ 13:00
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓާރ އަހުމަދު ސައީދު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓާރ އަހުމަދު ސައީދު

ތެޔޮ އަގުބޮޑުކޮށް ވިއްކުމުގެ މުއާމަލާތް ކޮށްފައި ވަނީ ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ކުރީގެ ވިލުފުށީ ދާއިރާގެ މެެމްބަރު ރިޔާޒް ރަޝީދް ގެ މަސްލަހަތު އޮންނަ ދެކުންފުނިން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓާރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސައީދް މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވުނު ސްޓޭޓް އެންޓަޕްރައިޒެސް ކޮމިޓީގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ސައީދު ވިދާޅުވީ ފެނަކައިން 8.50 ނުވަތަ 8.75 ރުފިޔާއަށް ފިއުލް ސަޕްލައި ތަކުން ގަނެފައި ހުރި ތެޔޮ 18 ރުފިޔާއާއި 26 ރުފިޔާއަށް ވިއްކާފައި ހުރި ކަމަށެވެ.

މި މުއާމަލާތާއި ބެހޭ ހުރިހާ މައުލޫމާތުތައް ސަރުކާރުން އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނަށާއި އޭސީސީ އަށް ވެސް ހުށަހަޅާފައިވާ ކަމަށް ސައީދު ފާހަގަ ކުރެއްވިއެވެ.

މެމްބަރަކު ކުރިމަތި ކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ، ފެނަކައިން ކުރީގެ ފޮނަދޫ މެމްބަރަށާއި ކުރީގެ ވިލުފުށީ ދާއިރާގެ މެމްބަރަށް ފައިސާތަކެއް ދައްކަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ފައިސާތައް ނުދައްކާ މަޑު ޖައްސާލާފައިވަނީ އެ މުއާމަލާތްތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައި ހުރި މުއާމަލާތްތަކަކަށް ވުމުން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އަދުރޭއާއި ރިޔާޒް ރަޝީދު ގެ މައްޗަށް މި ނޫން ވެސް ވަރަށް ބޮޑެތި ކޮރަޕްޝަން ގެ އަމަލުތައް ހިންގާފައިވާކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު