Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ - ޕީއެސްޖީ

ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ނޭމާ ދޫކޮށްލަނީ

ނޭމާ ޕީއެސްޖީގެ ފަރިތަކުރުން ތަކުގައި ބައިވެރި ނުވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 10 ޖުލައި 2019 | ބުދަ 12:16
ބްރެޒިލް އަދި ފީއެސްޖީގެ ތަރި ނޭމާ

ބްރެޒިލް އަދި ފީއެސްޖީގެ ތަރި ނޭމާ

ޕެރިސް ސެއިންޓް ޖާމަން(ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ގަތުމަށް ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ އޭނާ ވިއްކާލާނެ ކަމަށް ޕީއެސްޖީގެ ސްޕޯޓިންގް ޑިރެކްޓާރ ލިއެނާޑޯ ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނޭމާ ގަތުމަށް ސްޕެއިންގެ ގަދަ ދެބާރު ކަމަށްވާ ރެއާލް މެޑްރިޑް އަދި ބާސެލޯނާއިން އަންނަނީ ތައްޔާރުވަމުންނެވެ.

ޕީއެސްޖީއިން އަންނަ ސީޒަނަށް ޕްރެކްޓިސްތައް ފަށައިފައިވާއިރު، ޕްރެކްޓިސްތަކުގައި ބައިވެރިއެއްނުވެއެވެ.

ލިއެނާޑޯ ބުނީ ނޭމާ ގަތުމަށް އަދި އެއްވެސް ޓީމެއްގެ ހުށަހެޅުމެއް ލިބިފައިނުވާ ކަމަށާއި، ނަމަވެސް ބާސެލޯނާއިން ވަނީ އޭނާ ގަތުމަށް ޝައުގުވެރިކަންފާޅު ކޮށްފައިކަމަށެވެ.

ދުނިޔޭގެ ރެކޯޑް ފީ އަކަށް ނޭމާ 2017 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވިއިރު އޭނާއަށް އެކުލަބުގައި މާކަ އެދެވޭ ކުޅުމެއް ނުދެއްކެއެވެ.

ލިއެނާޑޯ ބީބީސީއަށް ދިން އިންޓަރވިއު އެއްގައި ބުނީ ނޭމާ އާއި ވާހަކަ ދެއްކި ކަމަށާއި، އެވާހަކަތަކުގެ ތަފްސީލު ދޭން ބޭނުން ނުވާ ކަމަށެވެ.

ލިއެނާޑޯ އިތުރަށް ބުނީ ނޭމާ ޕީއެސްޖީ އާއެކު ހަދައިފައިވާ ކޮންޓްރެކްޓްގައި ބާކީ ތިން އަހަރު އޮތް ކަމަށާއި، ޕީއެސްޖީއަށް ރަނގަޅު ހުށަހެޅުމެއް ނުލިބޭނަމަ އޭނާ ވިއްކައި ނުލެވޭނެ ކަމަށެވެ. މީގެ އިތުރަށް އޭނާ ބުނީ ނޭމާ އަށް ޕީއެސްޖީ ދޫކޮށް ދެވޭނީ ދެފަރާތައް ވެސް ފައިދާވާ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމައެވެ.

ބްރެޒިލްގެ ސަންޓޯސްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ނޭމާ ބާސާއަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 186 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް އެޓީމާއެކު ސްޕެނިޝް ލީގު ދެފަހަރު، ކޮޕާ ޑެލްރޭ ދެފަހަރު، ސްޕެނިޝް ސުޕަރކަޕް ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

ނޭމާ އަންނަނީ ޕީއެސްޖީއަށް ބަދަލުވެ، އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 58 މެޗުގައި 51 ލަނޑު ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމާއެކު އޮލިމްޕިކްސް ރަން މެޑަލް މިދިޔަ އަހަރު ކާމިޔާބުކުރި ނޭމާ ވަނީ ގައުމީ ޓީމަށް ކުޅުނު 97 މެޗުގައި 60 ލަނޑު ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަންސް ކަޕް 2013 ވަނަ އަހަރު އަދި ސައުތު އެމެރިކަން ޔޫތް ޗެމްޕިއަންޝިޕް 2011 ވަނަ އަހަރު ބްރެޒިލްއާއެކު ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ
08 މާރިޗު 2017

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ
27 ފެބުރުއަރީ 2017

ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

27 ފެބުރުއަރީ 2017
ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު