Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

"ކޫލީ ނަމްބަރު 1"ގެ ލަވައެއްގެ ރީމޭކް ހަދަނީ

މި ލަވަ ޝޫޓް ކުރާނެ ތަނެއް އަދި ހާމަކޮށްފައެއް ނުވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 9 ޖުލައި 2019 | އަންގާރަ 09:46
ކޫލީ ނަމްބަރު 1 ގެ ތަރިން

ކޫލީ ނަމްބަރު 1 ގެ ތަރިން

ގޯވިންދާ އާއި ކަރިޝްމާ ކަޕޫރު ލިޑް ޜޯލް ކުޅެފައިވާ ކާމިޔާބު ފިލްމް "ކޫލީ ނަމްބަރު 1" ގައި ހިމެނޭ މަޝްހޫރު ލަވައެއް ކަމަށްވާ "މައިތޯ ރާސްތޭސެ ޖާރަހަތާ" ގެ ރީމޭކެއް ހެދުމަށް ނިންމައިފިއެވެ.

މި ލަވަ ހިމެނުމަށް ހަމަޖެހިފައިވަނީ ވަރުން ދަވަން އާއި ސާރާ އަލީ ހާން ލީޑް ރޯލް ކުޅުމަށް ހަމަޖެހިފައިވާ "ކޫލީ ނަމްބަރު 1" ގެ ރީމޭކްގައެވެ.

ފިލްމްގެ ޑައިރެކްޓަރ ޑޭވިޑް ދަވަން ބުނެފައިވަނީ މި ލަވައަކީ ފިލްމްގައި ވަރަށް ޚާއްސަ ލަވައެއް ކަމަށާއި ނަމަވެސް އެދުވަސް މިހާރު ބަދަލުވެފައިވުމުން މި ލަވައިގެ ރީމޭކް ފެނިގެންދާނީ ތަފާތު ގޮތަކަށް ކަމަށެވެ.

އޮރިޖިނަލް ލަވަ ޝޫޓް ކޮށްފައިވަނީ ބެންގަލޫރު ގައެވެ. ނަމަވެސް ރީމޭކް ޝޫޓް ކުރާނެ ތަނެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ފިލްމްގެ ޝޫޓިންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް 5 ގައި ބެންކޮކްގައެވެ.

ވަރުން މިހާރު މަސައްކަތް ކުރަމުންދަނީ ރީމޯ ޑި ސޫޒާ ޑައިރެކްޓް ކުރާ ފިލްމް "ސްޓްރީޓް ޑާންސަރ 3ޑީ" ގައެވެ. މި ފިލްމްގައި ވަރުން އާއި އެކު ލީޑް ރީލުން ފެނިގެންދާނީ ޝްރައްދާ ކަޕޫރެވެ.

ސާރާ މިވަގުތު ދަނީ އޭނާގެ އާއިލާއާއި އެކު ލަންޑަން ގައި ޗުއްޓީ ހޭދަކުރަމުންނެވެ. ދާދި ފަހުން ސާރާ ވަނީ އޭނާގެ އަންނަން އޮތް ފިލްމް އިމްތިއާޒް އަލީގެ ފިލްމް "ލަވްއާޖްކަލް2" ގެ ޝޫޓިންތައް ނިންމާލާފައެވެ. މި ފިލްމްގައި ސާރާ އާއި އެކު ލީޑް ރޯލުން ފެނިގެން ދާނީ ކާތިކް އާރްޔަން އެވެ.

ސާރާ ބޮލީވުޑަށް ތަޢާރަފްވެގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމް "ކެދަރްނާތް" އިންނެވެ. އެއަށްފަހު އޭނާ ފެނިގެން ގޮސްފައިވަނީ ރަންވީރު ސިންގް އާއި އެކު ސުޕް ހިޓް ފިލްމް "ސިމްބާ" އިންނެވެ.

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2019

ކޮރެޔާ ފިލްމު ''ބްލައިންޑް'ގެ ހިންދީ ރީމޭކް ގައި ސޯނަމް

30 ސެޕްޓެމްބަރު 2019
ކޮރެޔާ ފިލްމު ''ބްލައިންޑް'ގެ ހިންދީ ރީމޭކް ގައި ސޯނަމް
18 ސެޕްޓެމްބަރު 2019

ކޫލީގެ ސެޓްގައި ހިނގި އަލިފާނުގެ ހާދިސާގައި 2.5 ކްރޯޑްގެ ގެއްލުމެއް ލިބިފައިވޭ

18 ސެޕްޓެމްބަރު 2019
ކޫލީގެ ސެޓްގައި ހިނގި އަލިފާނުގެ ހާދިސާގައި 2.5 ކްރޯޑްގެ ގެއްލުމެއް ލިބިފައިވޭ
13 ސެޕްޓެމްބަރު 2019

ކޫލީ ނަންބަރ 1'' ގެ ސެޓްގައި ރޯވި އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާނުވޭ

13 ސެޕްޓެމްބަރު 2019
ކޫލީ ނަންބަރ 1'' ގެ ސެޓްގައި ރޯވި އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާނުވޭ
18 މެއި 2019

'ގޭމް އޮފް ތްރޯންސް'ގެ ފަހު ސީޒަން ރީމޭކް ކުރުމަށް ގޮވާލާ ޕެޓިޝަންގައި ނުވަ ލައްކައަށް ވުރެ ގިނަ ސޮއި!

18 މެއި 2019
'ގޭމް އޮފް ތްރޯންސް'ގެ ފަހު ސީޒަން ރީމޭކް ކުރުމަށް ގޮވާލާ ޕެޓިޝަންގައި ނުވަ ލައްކައަށް ވުރެ ގިނަ ސޮއި!
24 އެޕްރީލު 2019

ކޫލީ ނަމްބަރު 1 ރީމޭކް ގެ ޝޫޓިން އޮގަސްޓްގައި ފަށަނީ

24 އެޕްރީލު 2019
ކޫލީ ނަމްބަރު 1 ރީމޭކް ގެ ޝޫޓިން އޮގަސްޓްގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު