Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އެމްޑީޕީ ތެދުވެ ދުއްވައިގަތަސް ޔާމީނަށް އެކަމެއް ނުވާނެ!

އެއްވުމަކަށް ގޮވާލުމުން މާ ގިނަ ބަޔަކު ނުނިކުތް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 10 ޖުލައި 2019 | ބުދަ 07:12
ޕީޕީއެމުން ބޭއްވި އެއްވުމުގެ ތެރެއިން

ޕީޕީއެމުން ބޭއްވި އެއްވުމުގެ ތެރެއިން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ރައްޔިތުން ނޫނެކޭ ވަނީ ބުނެފަ އެވެ. އަނިޔާވެރިކަމާއި ކޮރަޕްޝަނަށް ވެސް ރައްޔިތުން ނޫނެކޭ ބުނެފިއެވެ. އެކަމާ ވެސް ބޮޑާހޭކިއެވެ. ކޯޓުތަކާއި ދެންވެސް އޮތިއްޔާ އޮތް މަގަކުން ވެރިކަމުގައި ހުރެވޭތޯ މަސައްކަތްކުރެއްވިއެވެ.

އިންތިހާބުގެ ބަލި ގަބޫލްނުކޮށް، ރައްޔިތުން ގުނބޯ ހެއްދުމަށް ޕީޕީއެމްގެ މައި ދޮރުމަތީގައި އެއްވަން ފެށި އެއްވުންތައް ފައްޓަވަން ރައީސް ޔާމީން ނުކުންނެވީ އެ މަނިކުފާނުގެ ވެރިކަން އޮވެ، އެ ވެރިކަމުގައި ފާސްކުރި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރުމުގެ ގާނޫނާ ހިލާފަށެވެ. ވެރިކަމުގެ ދުވަސްވަރު އެ މަނިކުފާނުގެ އަރިހުގައި އެތައް ބައިވަރު ބަޔަކު ތިބިތަން ފެނުނު ނަމަވެސް، އިންތިޚާބުން ބަލިވުމާއެކު އެންމެން ކަހަލަ ގޮތަކަށް ފިލި އެވެ. އެކަން ޕީޕީއެމްގެ އޮފީހުގެ ދޮރުމަތީގައި ބޭއްވި އެއްވުންތަކުން ފެނިގެން ދިޔަ އެވެ. އަސްލު ސައިޒު ފެނުނެވެ.

ދެން އޮތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، މި ސަރުކާރާ ދެކޮޅަށް ބާއްވާ އެއްވުމެއް ކަމަށް ބުނެ ބޭއްވި އެއްވުމުގެ ވާހަކަ އެވެ. ޔާމީންގެ ސައިޒު އެނގިއްޖެ އެވެ. ގިނަ ބަޔަކު އެެއްވާނެ ކަމަށް ހީކޮށް، ޕީޕީއެމް އާއި ޕީއެންސީން ބޭއްވި އެ ބައްދަލުވުމަށް މާގިނަ ބަޔަކު ނުދިޔަ އެވެ. އެ އެއްވުން ބާއްވަން އުޅުނުއިރު މައްސަލައަކީ ނޮވެމްބަރު 3 ގެ ހަމަލާގެ މޭސްތިޔާ ހާޖަރާގެ އަބްދުﷲ ލުތުފީއެވެ.

ލުތުފީ ފޮރުވައިގެން އުޅެނީކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރައްޔިތުން ކައްކުވާލެވިދާނެ ކަމަށް ދެކި އެއްވުމެއް ބާއްވަން އުޅުނު ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އެކަން ވީ ގޮތް ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވުމުން، ދެން ލުތުފީގެ ވާހަކައެއް ވެސް ނުވިއްކުނެވެ. އެހެންވެ، ޕީޕީއެމް، ޕީއެންސީގެ އެއްވުމުގެ ވާހަކަތައް ދިޔައި އެއްވެސް އަމާޒެއް ނެތި އެވެ. އިގްތިސޯދީ ވާހަކަތައް ވެސް ހަމަޖެހޭ ގޮތަކަށް ނުދެއްކެވުނެވެ.

ސަރުކާރާއި ދެކޮޅަށް ކޯޓުތައް ތެދުވުމަށް ބާރު އެޅުއްވިނަމަވެސް، ދިވެހި ރާއްޖޭގެ ޖުޑީޝަރީ މިހާރު މިސްރާބު ޖަހާފައި ހުރީ އިސްލާހާ ދިމާއަށް ކަމެއް ހަނދުމަފުޅެއް ނެތެވެ. ކޮރަޕްޝަނޭ، ފޭރުމޭ، ޖުޑީޝަރީއަށް ބާރު ފޯރުވުމޭ ވިދާޅުވެ، ދެއްކެވީ މުޅިންވެސް އަމިއްލަފުޅު ވެރިކަމުގައި ކަން ކުރެއްވި ގޮތުގެ ވާހަކަތަކެވެ. އެކަމެއް ހަނދުމަފުޅު ހުރިހެނެއް ހިއެއް ނުވެއެވެ.

ރައީސް ޔާމީން ވެރިކަން ހޭދަކުރެއްވީ ގަދަބަސް ވިދާޅުވުމުގައެވެ. އަދިވެސް އެކުރައްވަނީ އެމަސައްކަތެވެ. އެމަނިކުފާނުގެ ވެރިކަމުގައި ޖެހުނު މީހަކު ހިތަށް އެރި އިރަކު ޖަލަށްލާހެން މިހާރު އެކަންކަން ނުކުރާތީ، ހިތުހުރި ވާހަކައެއް ބޭނުންހާ ކަމެއް ކުރެވިދާނެ ކަމުގެ އުއްމީދުގައި އުޅުއްވަނީހެން ހީވެ އެވެ. އެހެންނަމަވެސް ޤާނޫނު އެމަނިކުފާނާއި އަރާހަމަކުރާނެ ދުވަސް އޮތީ މާދުރަކު ނޫނެވެ.

ތިމަން މަނިކުފާނަށް ބާރު ލިބިއްޖެނަމަ އެއްބަސްވުންތައް އެފުށް މިފުށަށް ޖަހާނެކަމަށް ވިދާޅުވިއިރު، ޤާނޫނު އެމަނިކުފާނާއި އަރާހަމަކުރާއިރު ދެން ވެރިކަމާއި ގާތްވުމުގެ ފުރުސަތު އެމަނިކުފާނަށް އޮންނާނެތޯ ސުވާލު އުފެދެއެވެ. އަދި އެއަށްވުރެ ބޮޑު ސުވާލަކީ އެމަނިކުފާނަށް ބާރެއް ދޭން ރައްޔިތުން ރުހޭނެތޯއެވެ؟

އެސުވާލުގެ ޖަވާބަކީ ނޫނެކޭކަން، އެއްވުމަށް ގޮވާލުމަށް ގޮސް ތިބި ސިޔާސީ މީހުންނަށް ބަލާލުމުން ފެނެއެވެ. ގިނައީ ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެ، ރައްޔިތުން ތަމްސީލްކުރުމުގެ ޒިންމާތައް އެމީހުންގެ އަތުން ނަގާފައިވާ މީހުންނެވެ. ސްޓޭޖް މައްޗަށް އަރާ ވާހަކަ ދައްކާލާނެ އިސް ސަފުގައި މަސައްކަތްކުރި މާގިނަބަޔަކު ނެތެވެ.

ނަމަވެސް، ރައީސް ޔާމީން ދަތިކުރުމުގެ ތެރެއިން ވެސް އެމްޑީޕީ މަސައްކަތް ކުރި ގޮތް ހަނދާންކުރުން މުހިންމެވެ. އެމްޑީޕީ ވެއްޓުނުވަރަށް ވުރެ މާ ބާރަށް ތެދުވެ، ދުއްވައިގަނެ އަތުނުވާ ހިސާބަށް ދިޔަޔަސް، ރައީސް ޔާމީނަކަށް ތެދުވެވޭނެހެނެއް ހިއެއް ނުވެއެވެ. އެއީ ރައީސް ޔާމީން ހަމައެކަނި ވެއްޓުނީއެއް ނޫނެވެ. ކުރެވުނު ކަންތައްތައް އެ ވަނީ އެ މަނިކުފާނު ޖެހިފައިވާ ހިބަރު ވަދަކަށް ވެފަ އެވެ. ދެން ނައްޓާލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް

ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް

01 މެއި 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު