Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސްރުގެ އާސާރި ތަރިކަތައް

ވަގަށް ނަގާފައިވާ ޓޫޓަންކާމުންގެ ބުދެއް 6 މިލިއަން ޑޮލަރަށް ވިއްކާލައިފި

5 ޖުލައި 2019 | ހުކުރު 07:38

މިސްރުގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް އެ ބުދު ރައްދުކުރުމަށް އެދިފަ

އަމަން ހަލީމް
އަމަން ހަލީމް | 5 ޖުލައި 2019 | ހުކުރު 07:38
ކްރިސްޓިސް އިން ވިއްކާލީ ޓޫޓަންކާމުންގެ ބުދު

ކްރިސްޓިސް އިން ވިއްކާލީ ޓޫޓަންކާމުންގެ ބުދު

މިސްރުން ވަގަށް ނަގައިގެން ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ "ޓޫޓަންކާމުން" ގެ ބުދެއް، މަޝްހޫރު ނީލަން ކިޔާ ކްރިސްޓީސްއިން ހަ މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

މީގެ 3000 އަހަރު ކުރިން މިސްރުގައި ރަސްކަންކުރި ޓޫޓަންކާމުންގެ ބުދަކީ ލޯ މައުދަނުން ހަދާފައިވާ 11 އިންޗީގެ ބުދެކެވެ. މިސްރުގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް އެ ބުދު ވިއްކާ ނުލުމަށާއި އަނބުރާ އެ ގައުމަށް ރައްދު ކުރުމަށް ކްރިސްޓީސްގައި އެދިފައެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެ މީހުން ވަނީ އެ ބުދު ނީލަން ކިޔުން ހުއްޓުވޭތޯ މަސައްކަތް ކޮށްފައެވެ.

އެގޮތުން މިދިޔަ ޖޫންމަހުގެ ތެރޭގައި ވެސް މިސްރުގެ އާސާރީ ތަރިކައާ ބެހޭ ވުޒާރާ ކަމުގައިވާ މިނިސްޓްރީ އޮފް އެންޓިކުއިޓީސްއިން ވަނީ އެ ބުދު ވިއްކުން ހުއްޓުމަށް ކްރިސްޓީސްގެ އިތުރުން ޔުނެސްކޯގައި ވެސް އެދިފައެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބުދުގެ ވެރިފަރާތުގެ ސައްހަކަން އަންގައިދޭ ލިޔެކިޔުން ހުށައަޅަން އެދިފައެވެ.

އެއްވެސް ފަރާތަކަށް އެ ގައުމުގެ ތަރިކައެއް ހުއްދައާ ނުލާ ވިއްކާނުލެވޭނެ ކަމަށް ބުނެ، އެ މިނިސްޓްރީން ވަނީ އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގައި ވެސް ދަންނަވާފައެވެ.

މިސްރުގެ ތުހުމަތުތަކަށް ރައްދު ދެމުން ކްރިސްޓީސް އިން ބުނެފައިވަނީ، އެ ބުދުގެ ވެރިފަރާތުގެ ސައްހަކަން ކަށަވަރު ނުވީ ނަމަ އެ ވިއްކާލުމުގެ މަސައްކަތް އެ ފަރާތަކުން ނުކުރާނެ ކަމަށެވެ. ބުދު ވިއްކާލަން ނިންމީ މި ހުރިހާ ކަމެއް ކަށަވަރު ކުރުމަށް ފަހުގައި ކަމަށް އެ ފަރާތުން ހާމަކޮށްފައިވެއެވެ. ކްރިސްޓީސް އިން ވަނީ އެ ބުދު ގަން ފަރާތުގެ މައުލޫމާތު ހާމަކުރަން ވެސް ދެކޮޅު ހަދާފައެވެ.

ޓޫޓަންކާމުންއަކީ 1333 ބީ.ސީގައި މިސްރުގެ ރަސްކަން ކުރެއްވި ފުރާވަރުގެ ޒުވާނެކެވެ. އޭނާ ވެރިކަމުގެ ތަހުތަށް އަރާވަޑައިގެންނެވީ އުމުރުން އެންމެ ނުވަ އަހަރުގައެވެ. ދިހަ އަހަރު ވަންދެން ރަސްކަން ކުރެއްވުމަށް ފަހު އޭނާ އަވަހާރަވީ އުމުރުން އެންމެ ނަވާރަ އަހަރުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

09 ޖުލައި 2017

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި
13 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!

13 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!
29 މެއި 2017

ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

29 މެއި 2017
ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި
29 މެއި 2017

ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ

29 މެއި 2017
ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ
23 މެއި 2017

ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު

23 މެއި 2017
ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް