Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުވެކޭޝަންސް އެކްސްޕޯ 2019

ވެކޭޝަންސް އެކްސްޕޯ 2019: މިފަހަރުވެސް ތަފާތު ތަޖުރިބާތަކަކާއި އެކު

3 ޖުލައި 2019 | ބުދަ 04:34

ފުޑް އެންޑް ބެވަރޭޖަސް ޝޯގެ މެއިން ސްޕޮންސަރަކީ ނެސްލޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 3 ޖުލައި 2019 | ބުދަ 04:34
ވެކޭޝަންސް އެކްސްޕޯ 2019 - ފޭސްބުކް

ވެކޭޝަންސް އެކްސްޕޯ 2019 - ފޭސްބުކް

ހަތަރުވަނަ ވެކޭޝަންސް އެކްސްޕޯ އަދި ފުޑް އެންޑް ބެވެރޭޖަސް ޝޯ ދަރުބާރުގޭގައި މިހާރު ފެށިގެން ކުރިއަށް ދަނީ އެވެ. ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދު ބަންދާ ދިމާކޮށް ކުރިއަށް ގެންދާ ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރުންނަކީ "އޭސްއޭވިއޭޝަން، އޭސް ޓްރެވެލެސް އަދި އިނަރ މޯލްޑިވްސް"އެވެ. އަދި ފުޑް އެންޑް ބެވަރޭޖަސް ޝޯގެ މެއިން ސްޕޮންސަރަކީ ނެސްލޭއެވެ.

ޖުލައި ދޭ ކުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި އެކްސްޕޯގައި ތަފާތު ގިނަ ޕްރޮމޯޝަން ތަކާއި ލަކީޑްރޯތަކުގައި އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ. މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު މެންދުރުފަހު 2:00 އިން ހަވީރު 6 އަކަށް އަދި ރޭގަނޑު 8 އިން 11 އަށެވެ. ފާއިތުވެދިޔަ އިވެންޓް ތަކަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދައިފައިވާ އިވެންޓް ތަކެކެވެ.

އިވެންޓް ބާއްވާ ހައިރައިޒް އިން ބުނީ އިވެންޓްގެ މައިގަނޑު މަގްސަދަކީ އާންމުންނަށާއި ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ ފަރާތްތަކަށާއި ރާއްޖެއިން ބޭރަށް އަދި ރާއްޖެތެރޭގެ ރަށްތަކަށް ދަތުރު ކުރަން ބޭނުންވާ ފަރާތަތަކަށް ވަރަށް ހާއްސަ އަގުތަކަކާއި ރޭޓް ތަކެއް ހުރިކަން އަންގައި ދިނުން ކަމުގައެވެ.

ހައިރައިޒްގެ ފަރާތުން އިތުރަށް ވާހަކަ ދައްކަމުން އެކުންފުނީގެ މާކެޓިންގް މެނޭޖާރ މަރިއަމް މައިޝާ ސުޖާއު ވަނީ އެކްސްޕޯގައި ބައިވެރިވެ ސްޓޯލްތަކުން ވަރަށް އަގުހުރި މައުލޫމާތު ތަކާއި ތަޖުރީބާތަށް ލިބިގެންދާނެ ކަމަށް ބުނެފައެވެ.

ދަރުބާރުގޭގެ ރަންނަބަޑޭރި މާލަމުގައި ކުރިއަށްދާ ވެކޭޝަންސް އެކްސްޕޯގައި ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީގައި އުޅޭ ގިނަ އަދަދެއްގެ އެއާރލައިންސް، ރިސޯޓް، ގެސްޓްހައުސް، ޓްރެވަލް އެޖެންސީތައް އަދި ޓުއާ އޮޕަރޭޓަރުންގެ ސްޓޯލްތައް ހިމެނެއެވެ. އެކްސްޕޯގެ ކޮންމެ ސްޓޯލަކުންވެސް އެ ސްޓޯލަކާ ގުޅޭ މައުލޫމާތު ލިބިގެން ދާނެއެވެ.

ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރުން ކަމުގައިވާ "އޭސްއޭވިއޭޝަން، އޭސް ޓްރެވަލެސް އަދި އިނަރ މޯލްޑިވްސް" ގެ ސްޓޯލުން ތަފާތު ގިނަ މަންޒިލް ތަކަކަށް ދަތުރުކުރުމުގެ ޕެކޭޖްތަކުގެ މައުލޫމާތު އޮޅުން ފިލުވާ، ޕެކޭޖުތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ސްޓޯލްގެ ފަރާތުން މައުލޫމާތުދެއެވެ. އަދި މި ޕެކޭޖް ތަކުގެ ފުރިހަމަ ހިދުމަތްތައް ތަޖުރިބާ ކޮށްލުމަށްޓަކައި އެކްސްޕޯއަށް ވަޑައިގެން އެ ސްޓޯލަށް ޒިޔާރަތް ކޮށްލުމަށް އެ ބޭފުޅުން ދައުވަތު އަރުވާފައިވެއެވެ.

މިއަހަރުގެ އެކްސްޕޯގައި ބައިވެރިވާ ގައުމީ އެއާލައިން، އައިލެންޑް އޭވިއޭޝަނުން ބުނީ އެ އެއާލައިންގެ ސްޓޯލަށް ޒިޔާރަތް ކޮށް މިވަގުތު އެ އެއާލައިން އިން ފޯރު ކޮށްދެމުން އަންނަ ހުރިހާ ހިދުމަތްތަކެއްގެ ފުރިހަމަ މައުލޫމާތު ލިބިގެން ދާނެ ކަމުގައެވެ. އަދި ސްޓޯލަށް ޒިޔާރަތް ކުރައްވައިގެން ކޮންމެ ދުވަހަކު ކުރިއަށް ގެންދާ ލަކީ ޑްރޯގައި ބައިވެރި ވެވޭނެ ކަމަށް އެއާލައިން ބުނެފައިވެއެވެ. ތުކުސްދޫ، ޗެންނާއި އަދި މިނޫންވެސް އެހެން މަންޒިލްތަކަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މިއަހަރުގެ އެކްސްޕޯގައި ބައިވެރިވާ ސްޓޯލްތަކުގެ ތެރެއިން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ސްޓޯލުން އެ އެސޯސިއޭޝަން އާއި ބެހޭ މައުލުމާތުގެ އިތުރުން އެސޯސިއޭޝަންގެ މެމްބަރޝިޕް ފޯމް ފުރާލައިގެން ކުރިއަށް ދިއުމުގެ ފުރުސަތު އޮތް ކަމަށް އެ އެސޯސިއޭޝަން އިން މައުލޫމާތު ދެއެވެ. ގެސްޓްހައުން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގައި ތިން ވައްތަރެއްގެ މެމްބާޝިޕް ހިމެނޭކަމަށާއި އެއީ "އޯޑިނަރީ މެމްބާސް، އެކްޒެކެޓިވް މެމްބާސް އަދި އޮނޮނަރީ މެމްބާސް" ކަމަށް އެ އެސޯސިއޭޝަން އިން ހިއްސާކުރިއެވެ.

މީގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެކްސްޕޯއަށް ވަޑައިގެން ލަކީ ޑްރޯގައި ބައިވެރިވާ ދެ ބޭފުޅަކަށް އުމްރާ ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތާއި ދިހަ ބޭފުޅަކަށް 100 ލީޓަރުގެ ޒަމްޒަމް ފެންފުޅިއެށް ލިބުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވެއެވެ. އަދި އެކްސްޕޯގައި ބައިވެރިވި ގިނަ ގެސްޓްހައުސް ތަކުން ދިވެހި ރައްޔިތުންނަށް ހާއްސަ އަގުހެޔޮ ގިނަ ޕެކޭޖުތަކެއް ވެސް ވަނީ ހިމަނާފައެވެ.

ވޮޔޭޖަސް މޯލްޑިވްސް، މޯލްޑިވްސް އެއަރޕޯޓްސް ލިމިޓެޑްގެ ދޮވެމި ފިހާރަ، ގިނަ އަދަދެއްގެ ގެސްޓްހައުސްތަށް އަދި ވޯޓާ ސްޕޯޓްސްއަށް ހާއްސަ ސްޓޯލްތަށް މިފަހަރުގެ އެކްސްޕޯގައި ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ސައުތް އީސްޓް އޭޝިއާގެ އެންމެ ބޮޑު ހޮސްޕިޓަލް ނެޓްވޯކްގެ ހެޑްކުއާޓަރ ބެންކޮކް ހޮސްޕިޓަލް އާއި ގިނަ އަދަދެއްގެ ނަން މަޝްހޫރު އެއަރލައިންތައް ވެސް އެކްސްޕޯގައި ބައިވެރިވެފައިވެއެވެ.

ތިން ދުވަހުގެ މުއްދަތައް ދަރުބާރުގޭގެ ހަކުރާ މާލަމުގައި ކުރިއަށްދާ ފުޑް އެންޑް ބެވަރޭޖަސް ޝޯ އަށް ވަޑައިގެން އެންމެ ފަހުން ރާއްޖޭގެ މާކޭޓަށް ނެރިފައިވާ ޕްރޮޑަކްޓް ތަކުގެ އަޖުމަ ބަލާލުމަށް ވަނީ ހުޅުވާލެވިފައެވެ.

ޝޯގެ މެއިން ސްޕޮންސަރު ،ނެސްލޭގެ ޕްރޮޑަކްޓްސް ތަކާބެހޭ މައުލޫމާތާއި އެ ޕްރޮޑަކްޓް ތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ. އަދި އެ ކުންފުނިން މުޅިން އަލަށް ތައާރަފް ކުރާ ވެންޑިން މެޝިންއާއި ގުޅުން ހުރި މައުލުމަތު ވެސް މިފަހަރުގެ ޝޯއިން ލިބިގެންދާނެއެވެ.

ޝޯގެ އެއް ކޯސްޕޮންސަރު ކަމަށްވާ ސަނީ އެންޓަޕްރައިސެސް ގެ ސްޓޯލުން އެ ކުންފުނީގެ ހުރިހާ ޕްރޮޑަކްޓެއްގެ ރަހަތަށް ބަލާލުމުގެ ފުރުސަތުވެސް ޝޯއަށް ޒިޔާރަތްކުރާ ބޭފުޅުންނަށް ލިބިގެންދާނެއެވެ. އަދި ދެވަނަ ކޯ ސްޕޮންސަރު ކަމަށްވާ މޯލްޑިވް ގޭސްގެ ސްޓޯލަށް ޒިޔާރަތްކޮށް އެ ކުންފުނިން ލިބެން ހުންނަ ހުރިހާ ވައްތަރެއްގެ ގޭސް އާއި ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ. އަދި އެ ކުންފުނިން މުޅިން އަލަށް ތައާރަފް ކޮށްގެން އުޅޭ ލުއި ފުޅި އާއި ބެހޭ ފުރިހަމަ މައުލޫމާތުވެސް ސްޓޯލުން ލިބިގެންދާނެއެވެ. މީގެ އިތުރުން މޯލްޑިވް ގޭސްގެ ހުރިހާ ހިދުމަތްތަކެއްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

މި ކުނއްފުނި ތަކުގެ އިތުރުން ކޮކަ ކޯލާ، މިފްކޯ، ޕިރަމިޑް، ރެޑްބޮކްސް އަދި ހެޕީ މާކެޓް ފަދަ ކުންފުނިތަށް ވަނީ މިފަހަރުގެ ފުޑް އެންޑް ބެވެރޭޖަސް ޝޯގައި ބައިވެރި ވެފައެވެ.

އެކްސްޕޯ ކުރިއަށް ގެންދާ ހައިރައިސް އާއި އެކްސްޕޯގެ ބައިވެރިން ވަނީ ވީހާވެސް ގިނަ ބަޔަކު ވެކޭޝަންސް އެކްސްޕޯ އަދި އެފް އެންޑް ބީ ޝޯ ތަޖުރިބާ ކޮށްލުމަށް އައުމަށް ދައުވަތު އަރުވާފައެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

05 ޖުލައި 2017

އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ

05 ޖުލައި 2017
އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ
05 ޖުލައި 2017

ބޮޑެތި އިނާމްތަކާއި އެކު "ވެކޭޝަންސް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ

05 ޖުލައި 2017
ބޮޑެތި އިނާމްތަކާއި އެކު "ވެކޭޝަންސް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ
24 ޖޫން 2017

ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު

24 ޖޫން 2017
ވެކޭޝަންސް އެކްސްޕޯ 2017 އަންނަ ޖުލައި މަހު
23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
14 ފެބުރުއަރީ 2017

އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު

14 ފެބުރުއަރީ 2017
އެކްސްއެލް ޕްރޮމޯޝަން: ދުބާއީ ދަތުރު ވަރަށް ތަފާތު
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
30 ޖެނުއަރީ 2017

ސްޓައިލޯ ސެލޫން: ތަފާތު ސެލޫނެއް

30 ޖެނުއަރީ 2017
ސްޓައިލޯ ސެލޫން: ތަފާތު ސެލޫނެއް
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް