Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެޗްއެމް ޓްރޭޑާސް

ރާއްޖެއަށް ކޯސްޓް ކިރު ތައާރަފް ކުރިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް ހާއްސަ ލޯގޯ އެއް ލޯންޗުކޮށްފި

ކޯސްޓް ކިރަކީ ކެލްޝިއަމް، ޕްރޮޓީން އަދި ވިޓަމިން ފަދަ އެތަކެއް ފައިދާތަކެއް އެކުލެވިގެންވާ ކިރެއް

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 2 ޖުލައި 2019 | އަންގާރަ 13:40
30 އަހަރު ފުރުމުގެ މުނާސަބަތުގައި ލޯންޗުކުރި ލޯގޯ

30 އަހަރު ފުރުމުގެ މުނާސަބަތުގައި ލޯންޗުކުރި ލޯގޯ

ބީއެޗްއެމް އިން ރާއްޖެއަށް ކޯސްޓް ކިރު ތައާރަފް ކުރިތާ 30 އަހަރު ފުރުމުގެ މުނާސަބަތުގައި ހާއްސަ ލޯގޯއެއް ލޯންޗު ކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ލޯގޯ ލޯންޗު ކޮށްދެއްވާފައިވަނީ ބީއެޗްއެމް ޓްރޭޑާސްގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިންގ އިބްރާހިމް ޝަރީފްއެވެ.

ބީއެޗްއެމުން ބުނީ ކޯސްޓް ކިރަކީ ކެލްޝިއަމް، ޕްރޮޓީން އަދި ވިޓަމިން ފަދަ އެތަކެއް ފައިދާތަކެއް އެކުލެވިގެންވާ ކިރެއް ކަމަށާއި، މި އުފެއްދުމަކީ ރާއްޖޭގައި ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ބާވަތެއް ކަމަށެވެ.

އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ މައުމޫން އިބްރާހިމް ވިދާޅުވީ، ކޯސްޓު ކިރު އެންމެ ފުރަތަމަ ރާއްޖެ އެތެރެ ކޮށްފައިވަނީ ބީއެޗްއެމް ޓްރޭޑާސް އިން ކަމަށާ އެއީ 1989 ގައި ކަމަށެވެ. މި ބްރޭންޑްގެ ކިރަކީ ރާއްޖޭގެ ގިނަ މީހުންނަށް އެންމެ ކަމުދާ ކިރަށްވެފައވާ ކަމަށާއި މިހާރު އެއީ ރާއްޖޭގެ ސަގާފަތުގެ ބައެއް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

ނެދަލެންޑްގެ މި ބްރޭންޑް އާއި ބީއެޗްއެމް އިން ވަނީ 1989 އަކުން ފަށައިގެން ރާއްޖޭގެ ކުޅިވަރާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހި ކުރުމަށް ގިނަ ކަންތައްތަކެއްގައި ބައިވެރިވެފައެވެ. ވޭތުވެ ދިޔަ 30 އަހަރު ތެރޭ ބީއެޗްއެމްއިން ވަނީ ރަހައަށް އެއްވެސް ބަދަލެއް އައުމެއް ނެތި، ތަފާތު ކޮންޓެއިނަރު ތަކުގައާއި އެކި ސައިޒުތަކުގައި ކޯސްޓު ކިރު ރާއްޖެ އެތެރެ ކޮށްފައެވެ.

ކޯސްޓް ކިރު އުފައްދަނީ ފްރީސްލޭންޑް ކެމްޕީނާ އިންނެވެ. އެ ކުންފުނިން ކޯސްޓް ކިރުގެ އިތުރުން ތުއްތު ކުދިންނަށް ބޭނުންވާ ކިރާއި ޗީޒް އަދި ތަފާތު ފޮނި ކާތަކެތި ވެސް ތައްޔާރު ކުރެއެވެ.

ބީއެޗްއެމް ޓްރޭޑާސް އުފެއްދީ 1982 ވަނަ އަހަރު ހުސައިން މޫސާ އެވެ. މިހާރު އެ ކުންފުންޏަކީ، އަގުހެޔޮކަމާއެކު ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ ކުންފުންޏެކެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި

09 އެޕްރީލު 2017
އެއަރ ފްރާންސްއިން ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ބާއްވަން ނިންމައިފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު