Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހާއުފާ އީދު ޝޯ

'ހާއުފާ'' އީދު ޝޯގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޓީވީ، އޮންލައިން ޕާޓްނަރަކަށް ރާއްޖެ.އެމްވީ

29 ޖޫން 2019 | ހޮނިހިރު 19:38

ސުނިތާވެސް ޝޯ ހުށައަޅައިދޭން ހަމަޖެހިފައިވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 29 ޖޫން 2019 | ހޮނިހިރު 19:38
ރާއްޖެޓީވީގެ އެކްޒެކްޓިވް ޑިރެކްޓަރ ނާޒްމީ ސައީދު، އެއްބަސްވުމުގައި ސޮއިކުރައްވަނީ

ރާއްޖެޓީވީގެ އެކްޒެކްޓިވް ޑިރެކްޓަރ ނާޒްމީ ސައީދު، އެއްބަސްވުމުގައި ސޮއިކުރައްވަނީ

މި އަހަރުގެ ޢަޝްހާ އީދު ފާހަގަކުރުމަށް ހޯރަފުށި ޔޫތް ޑިވޮލޮޕްމެންޓް ސޮސައިޓީ (ހައިޑްސް) އިން އިންތިޒާމު ކޮށްގެން ކުލަގަދަ ގޮތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ''ހާއުފާ" އީދު ޝޯ އާއްމުންނަށް ގެނެސްދިނުމަށްޓަކައި، ރާއްޖެޓީވީ އާއި ހައިޑްސް ޖަމިއްޔާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ ޝޯގެ ބްރޯޑްކާސްޓިންގ މީޑިއާ ޕާޓްނަރަކީ ރާއްޖެ ޓީވީ އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ރާއްޖެ.އެމްވީއެވެ.

މީޑިއާ އަދި އޮންލައިން ޕާޓްނަރުގެ އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެ ޓީވީގެ އެކްޒެކްޓިވް ޑިރެކްޓަރ ނާޒްމީ (ނާޒް) ސައީދުއެވެ. ނާޒް ވިދާޅުވީ، ރާއްޖެ ޓީވީގެ އަމާޒަކަށް ވާނީ އެ ޝޯގެ މަންޒަރުތައް އެންމެ ފުރިހަމަ ކަމާއިއެކު ބެލުންތެރިންނާއި ހަމަޔަށް ވަގުތުން ގެނެސްދިނުން ކަމަށެވެ.

ހޮނިހިރު ދުވަހު ހަވީރު ބޭއްވި އެ ރަސްމިއްޔާތުގައި އީދު ޝޯ ހުށައަޅައިދިނުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ކުޅަދާނަ ނެޝުންތެރިޔާ ސުނިތާ އަލީ (ސުނީ) ވެސް ވަނީ ހައިޑްސާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޝޯގައި ސުނީތާގެ ފަރި ހަރަކާތްތައް ފެނިގެންދާނެއެވެ.

ސުނީތާގެ އިތުރުން މަޝްހޫރު އިތުރު ފަންނާނުވެސް އެ ޝޯގައި ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ރިޝްމީ, އަޒޭ, ރަވީ އަދި ޖުމައިއިލް އިތުރުން މަޖޫވެސް ހިމެނެއެވެ.

ހައިޑްސް އިން ވަނީ ޝޯގެ ސައުންޑް ސިސްޓަމް ފޯރުކޮށްދޭ ބަޔާކައި އެކުވެސް ސޮއިކޮށްފައެވެ.

ހައިޑްސްގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ، ހާއުފާ އީދުގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގައި ހޯރަފުއްޓަށް މުޅިން އާ ކަންތައްތަކެއް ފެނިގެންދާނެ ހަރަކާތެއް ކަމަށެވެ.

އީދުގެ ހަރަކާތްތައް ފުރިހަމަ ކަމާއިއެކު ގެނެސްދިނުމުގެގޮތުން ކައުންސިލުންގެ އިތުރުން ރަށުގެ ޒުވާނުންގެ ބުރާ މަސައްކަތް ހިމެނޭއެވެ. ވީހާވެސް ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވުމަށް އެ ރަށަށް އައުމަށް ހައިޑްސް އިން ވަނީ ދައުވަތު ދީފައިއެވެ.

ހައިޑްސް އިން ބުނީ، އެ ހަރަކާތަކީ ހޯރަފުށި ދާއިރާގައި ހިމެނޭ ހޯރަފުށި، ތުރާކުނު، އުލިގަމަށް ހާއްސަ ކޮށްގެން ބާއްވާ ހަރަކާތެއް ކަމަށެވެ. ރަށުގައި ހިންގާ މި ފަދަ ހަރަކާތްތަކަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ގެ ފަރާތުން ލިބޭ އެހީތެރިކަން ހައިޑްސް އިން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2018

މޭގަން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި

10 ޖެނުއަރީ 2018
މޭގަން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
25 ނޮވެމްބަރު 2017

ޕަދްމަވަތީއަށް އޮތް ތާއީދު ހާމަކުރުމަށް އިންޑިއާގެ ފިލްމް ސެޓުތައް ހުއްޓުމަކަށް!

25 ނޮވެމްބަރު 2017
ޕަދްމަވަތީއަށް އޮތް ތާއީދު ހާމަކުރުމަށް އިންޑިއާގެ ފިލްމް ސެޓުތައް ހުއްޓުމަކަށް!
12 ނޮވެމްބަރު 2017

"ފެނީ ޚާން" އަންނަ އަހަރުގެ އީދުގައި

12 ނޮވެމްބަރު 2017
"ފެނީ ޚާން" އަންނަ އަހަރުގެ އީދުގައި
20 ސެޕްޓެމްބަރު 2017

"އޯލްޑް އިޒް ގޯލްޑް" ގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޕްލަސް

20 ސެޕްޓެމްބަރު 2017
"އޯލްޑް އިޒް ގޯލްޑް" ގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޕްލަސް
13 ސެޕްޓެމްބަރު 2017

"ހައްދު" މާދަމާރޭ ކުޅުދުއްފުށީގައި، ފުރަތަމަ ޝޯގެ ހައުސް ފުލްވެއްޖެ

13 ސެޕްޓެމްބަރު 2017
"ހައްދު" މާދަމާރޭ ކުޅުދުއްފުށީގައި، ފުރަތަމަ ޝޯގެ ހައުސް ފުލްވެއްޖެ
06 ސެޕްޓެމްބަރު 2017

ރާއްޖެޓީވީގެ އީދު ލަވަ އެއްލައްކައަށް ވުރެ ގިނަ ފަހަރު ބަލައިފި

06 ސެޕްޓެމްބަރު 2017
ރާއްޖެޓީވީގެ އީދު ލަވަ އެއްލައްކައަށް ވުރެ ގިނަ ފަހަރު ބަލައިފި
24 ޖޫން 2017

"ދަސްތާ" ދައްކާނީ އީދު ދުވަހު 22:30 ގައި

24 ޖޫން 2017
"ދަސްތާ" ދައްކާނީ އީދު ދުވަހު 22:30 ގައި
18 ޖޫން 2017

އީދު ދުވަހު ރާއްޖެ ޓީވީން ހާއްސަ "ދަސްތާއެއް"

18 ޖޫން 2017
އީދު ދުވަހު ރާއްޖެ ޓީވީން ހާއްސަ "ދަސްތާއެއް"
26 ޖެނުއަރީ 2017

މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން

26 ޖެނުއަރީ 2017
މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން
07 ޖެނުއަރީ 2017

ކާޑޭޝިއަން އަނބުރާ ސޯޝަލް މީޑިއާއަށް!

07 ޖެނުއަރީ 2017
ކާޑޭޝިއަން އަނބުރާ ސޯޝަލް މީޑިއާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް