Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަނޑިޔާރު ދީދީ

ފަނޑިޔާރު ދީދީ ލިޔުމުން ޖޭއެސްސީ އަށް ޖަވާބުދާރީވެއްޖެ

ޖަވާބުދާރީވެފައި ވަނީ ބުރާސްފަތި ދުވަހު

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 27 ޖޫން 2019 | ބުރާސްފަތި 13:23
ފަނޑިޔާރު އަބްދުﷲ ދީދީ

ފަނޑިޔާރު އަބްދުﷲ ދީދީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ލިޔުމުން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޖަވާބުދާރީވެއްޖެއެވެ.

ޖޭއެސްސީ އަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު އެމަނިކުފާނުގެ ތަހުގީގު ވަނީ އާއްމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިޔަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

ތަހުގީގުގައި ޖޭއެސްސީން ހުށައަޅާފައިވާ ލިޔެކިޔުންތަކަށް ޖަވާބުދާރީވުމަށް ވަގުތު ބޭނުންވާ ކަމަށް ދީދިގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އަދި ޖޭއެސްސީން ދީދީއަށް ޖަވާބުދާރިވުމަށް ދިފައިިވާ ފަސް ދުވަސް ހަމަވެފައިވަނީ ބުދަ ދުވަހުއެވެ.

ޖޭއެސްސީން ބުނީ ބުރާސްފަތި ދުވަހު ދީދީ ލިޔުމުން އެ ކޮމިޝަނަށް ޖަވާބު ހުށައަޅުއްވާފައިވާކަމަށެވެ. ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ދީދީގެ ހުށައަޅާފައިވާ ލިޔުމަށް ކޮމިޝަނުން ގޮތެއް ނިންމުމަށް ފަހު ހާމަކުރާނެ ކަމަށެވެ.

ދީދީގެ މައްޗަށް ކުރެވޭ ތުހުމަތުގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނަތުގައި ހިމެނޭ މީހުންގެ އަތުން ފައިސާ ނެގުމުގެ އިތުރުން މަގާމު ބޭނުންކޮށް ނާޖާއިޒު މަންފާ ހޯދުންވެސް ހިމެނެއެވެ. އެ ހުރިހާ ތުހުމަތުތަކަކަށް ދީދީ އިންކާރު ކުރައްވައެވެ.

ޖޭއެސްސީން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ތަހުޤީޤުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، ފަނޑިޔާރު ދީދީގެ އަނބިކަނބަލުންނަށް ނުފޫޒުން މަޤާމެއް ހޯދައިދެއްވުމަށް އެދިވަޑައިގެން ކޮށްފައިވާ މެސެޖުތަކެއް ވެސް ހިމެނެ އެވެ. އެގޮތުން މެލޭޝިއާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް އޭނާގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ގަފޫރު ހަމައްޖައްސައިދޭން އެދިފައިވާކަން އެ މެސެޖުތަކުން ހާމަވެއެވެ.

އޭގެ އިތުރުން އޭސީސީ އަށް މީހަކު އައްޔަންކުރުމުގައި ވެސް ވަކި މީހެއްގެ ނަން އަބްދުﷲ ދީދީ "ސަސްޕެކްޓް 1" ގެ ފޯނަށް ފޮނުވާފައިވާކަން އެނގޭ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ. އަދި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ހިމެނޭ މީހަކު ބަންދުން ދޫކޮށްލަން އަބްދުﷲ ދީދީ، ކުށުގެ ވެށީގައި ހިމެނޭ މީހަކު މުއާމަލާތް ކޮށްފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށާއި، އަދި އެ މީހާ ވަނީ އަބްދުﷲ ދީދީ ބަންދުން ދޫކޮށްލާފައި ކަމަށް ވެސް ޖޭއެސްސީން ތަހުޤީޤްގައި ހާމަކޮށްފައި ވެެއެވެ.

ޖޭއެސްސީން ކުރިއަށްގެންދިޔަ ތަހުޤީޤުން ހާމަވި އިތުރު ކަންތައްތަކުގެ ތެރޭގައި ސިޔާސީ ފަރާތްތަކަށް ވަކި ގޮތަކަށް ހުކުމް ކުރުމަށް އަބްދުﷲ ދީދީ އަށް ފައިސާ ދިންކަން ފުލުހުންގެ ތަހުޤީޤަށް އެނގިފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އެއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލޯންޑަކުރުމުގެ ތުހުމަތުކުރެވޭ މީހުންގެ އަތުން އަބްދުﷲ ދީދީ އެކި ފަހަރުމަތިން ފައިސާ ނެންގެވި ކަމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދަން އުޅުއްވި ކަމަށް ބެލެވޭ ހެކި އެމްއެމްޕީއާރްސީގެ ތަހުގީގުން ފުލުހުންނަށް ލިބިފައިވާކަން ވެސް ހާމަކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު