Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހޯބްސް އެންޑް ޝޯވ

'ފާސްޓް 9' ރިލީޒް ކުރުން 2020އަށް ލަސްކޮށް، 'ހޯބްސް އެންޑް ޝޯވ'ގެ ނުބައިބާ ރޯލަށް އިދްރިސް އެލްބާ

"ފާސްޓް 9" ރިލީޒް ކުރަން ކުރިން އޮތީ އަންނަ އަހަރު

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 8 ޖުލައި 2018 | އާދީއްތަ 07:14
(ކ - ވ) ޖޯޑާނާ ބްރޫސްޓަރ، ކްރިސް \'ލުޑަކްރިސް\' ބްރިޖަސް، ޓައިރީސް ގިބްސަން، ވިން ޑީސަލް، ޕޯލް ވޯކަރ، މިޝޭލް ރޮޑްރިގެޒް އަދި ޑްވޭން \'ދަ ރޮކް\' ޖޯންސަން

(ކ - ވ) ޖޯޑާނާ ބްރޫސްޓަރ، ކްރިސް \'ލުޑަކްރިސް\' ބްރިޖަސް، ޓައިރީސް ގިބްސަން، ވިން ޑީސަލް، ޕޯލް ވޯކަރ، މިޝޭލް ރޮޑްރިގެޒް އަދި ޑްވޭން \'ދަ ރޮކް\' ޖޯންސަން

"ފާސްޓް އެންޑް ދަ ފިއުރިއަސް"ގެ ސްޕިން އޮފް "ހޯބްސް އެންޑް ޝޯވ" އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ އިރު، ފިލްމްގެ ނުބައިބައި ރޯލުން އިދްރިސް އެލްބާ ފެންނާނެ ކަމަށް ފިލްމްގެ ތަރި ޑްވޭން 'ދަ ރޮކް' ޖޯންސަން ބުނެފިއެވެ.

ޓްވިޓަރ މެދުވެރިކޮށް ޖޯންސަން ވަނީ އެލްބާއަށް ފިލްމްގެ ކާސްޓަށް މަރުހަބާ ކިޔާފާއެވެ. އަދި 'ކޮންމެ ހީރޯއަކަށް ވެސް ވިލަންއެއް ބޭނުންވޭ'ކަން އޭނާގެ ޓްވީޓްގައި ފާހަގަކޮށްފައިވެއެވެ.

"ފާސްޓް އެންޑް ދަ ފިއުރިއަސް"ގެ ސްޕިންއޮފް ވަރަށް ވަރުގަދަ ކުރަން އަހަރެން ވައުދުވިން. (އެލްބާ)އަކީ ގަދަ މީހެއް،" އިތުރު ޓްވީޓެއްގައި ޖޯންސަން ބުނެފައިވެއެވެ.

އިދްރިސް އެލްބާ

2001 ވަނަ އަހަރު ރިލީޒްކުރި "ފާސްޓް އެންޑް ދަ ފިއުރިއަސް"ގެ ސްޕިންއޮފްއެއް ހެދުމަށް ޔުނިވަރސަލް ސްޓޫޑިއޯސްއިން ނިންމާފައިވާއިރު، މި ނިންމުމާ ގުޅިގެން އެ ސްޓޫޑިއޯއަށާއި ޖޯންސަންއަށް ގިނަ ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް "ހޯބްސް އެންޑް ޝޯވ" ރިލީޒްކުރުމަށް ފްރެންޗައިސްގެ ދެން ނެރެން އޮތް ފިލްމް "ފާސްޓް އެންޑް ދަ ފިއުރިއަސް 9"ގެ ރިލީޒް ޑޭޓް ލަސްކުރުމުންނެވެ.

ޖޯންސަންއާއި އެލްބާގެ އިތުރުން "ހޯބްސް އެންޑް ޝޯވ" އިން ޖޭސަން ސްޓެތަމްއާއި ޑޭވިޑް ލެއިޗްވެސް ފެނިގެންދާނެއެވެ. މިހާތަނަށް އަށް ފިލްމް ނެރެފައިވާ "ފާސްޓް އެންޑް ދަ ފިއުރިއަސް" ފްރެންޗައިސްއިން ޖޯންސަން ފެނިގެންދަނީ ލޫކް ހޯބްސްގެ ރޯލުން، އަދި ސްޓެތަމް ފެނިގެންދަނީ ޑެކަރޑް ޝޯވފެ ރޯލުންނެވެ. ޖޯންސަންގެ ރޯލް ފުރަތަމަ ފެނިފައިވަނީ 2011 ވަނަ އަހަރުގެ "ފާސްޓް ފައިވް"އިން އަދި ސްޓެތަމްގެ ރޯލް ފެނިފައި ވަނީ 2013 ވަނަ އަހަރުގެ "ފާސްޓް ސިކްސް"އިންނެވެ.

ވިން ޑީސަލް، ޕޯލް ވޯކަރ، މިޝޭލް ރޮޑްރިގެޒް، ޓައިރީޒް ގިބްސަން، ކްރިސް 'ލުޑަކްރިސް' ބްރިޖަސް، ލޫކް އެވަންސް އަދި ޖޯޑާނާ ބްރޫސްޓަރ ފަދަ ތަރިންނާއެކު "ފާސްޓް އެންޑް ދަ ފިއުރިއަސް" ފަށާފައިވާ އިރު، ކާރު އެކްސިޑެންޓެއްގައި ވޯކަރ ވަނީ 2013 ވަނަ އަހަރު މަރުވެފައެވެ.

އަދި ފިލްމްގެ ސްޕިންއޮފްއެއް ހަދަން ނިންމުމުން ހިތްހަމަނުޖެހުން ފާޅު ކުރި ފަރާތްތަކުގެ ތެރޭގައި އޭގެ ތަރިންތަކެއް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ގިބްސަން އާއި ޑީސަލް ހިމެނެއެވެ.

އަންނަ އަހަރު ރިލީޒް ކުރަން އޮތް "ފާސްޓް އެންޑް ދަ ފިއުރިއަސް 9" 2020 ވަނަ އަހަރުގެ އޭޕްރިލް 10ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ އިރު، "ހޯބްސް އެންޑް ޝޯވ" ރިލީޒް ކުރާނީ 26 ޖުލައި 2019 ގައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި

07 ފެބުރުއަރީ 2017
"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި
05 ފެބުރުއަރީ 2017

މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ

05 ފެބުރުއަރީ 2017
 މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު