Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފޭކް ޕްރިންސް

ފޭކް ޕްރިންސެއް އިޓަލީ ފުލުހުން ހޯދަނީ

15 ޖޫން 2017 | ބުރާސްފަތި 15:21

އޭނާ ވަނީ ޕްރިންސަކަށް ހެދިގެން އެތައް ބަޔަކަށް ޝަރަފްވެރި އެވޯޑްތައް ދީފައި

ރާއްޖެ އެމްވީ | 15 ޖޫން 2017 | ބުރާސްފަތި 15:21
މަޝްހޫރު އެކްޓްރެސް ޕަމެލާ އެންޑަސަން އަށް ޕްރިންސް އެއް ކަމަށް ހެދިގެން އުޅުނު މީހާ އެވޯޑް ދެނީ

މަޝްހޫރު އެކްޓްރެސް ޕަމެލާ އެންޑަސަން އަށް ޕްރިންސް އެއް ކަމަށް ހެދިގެން އުޅުނު މީހާ އެވޯޑް ދެނީ

ޕްރިންސެއް ކަމަށް ހެދިގެން އެތައް ނާޖާއިޒް ފައިދާތަކެއް ހޯދަމުން ދިޔަ މީހަކު ހޯދުމުގެ މަސައްކަތް އިޓަލީ ފުލުހުން ފަށައިފިއެވެ.

ޕްރިންސް ސްޓެފަންގެ ނަމުގައި އަގު ބޮޑެތި ރެސްޓޯރެންޓުތަކުން ހިލޭ ކެއުމާއި، އަގު ބޮޑެތި ހޮޓާތަކުގައި އެންމެ ލާރިއެއްވެސް ހަރަދު ނުކޮށް ހުރުމާއި، ދުނިޔޭގެ މަޝްހޫރު މީހުންނާ ބައްދަލު ކޮށް ފައިދާތަކަށް ނަގަމުން ދިޔަ މި މީހާ އުޅުނީ މޮންޓެނިގްރޯ އެންޑް މެސެޑޯނިއާގެ ޕްރިންސެއް ކަމަށް ހެދިގެންނެވެ.

އޭނާ ވަނީ ޕްރިންސް ސްޓެފަންގެ ނަމުގައި ފޭސްބުކް ޕޭޖަކާއި ވެބްސައިޓެއް ވެސް ހަދާފައެވެ. ތަންތަނަށް ދާއިރު އޭނާގެ ގާތުގައި މީހަކުވެސް ގެންގުޅެއެވެ. އެއީ "ސަފީރެއްގެ" ގޮތުގައި އޭނާ ތައާރުފް ކޮށްދޭ މީހެކެވެ. އިޓަލީގެ ފުލުހުން ގެންދަނީ ފޭކް އެމްބެސެޑަރު ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އިޓަލީގައި މި ދެމީހުން ތަންތަނަށް ދަތުރުކޮށް އުޅުނީ މާސިޑީޒް ކާރެއްގައެވެ. އޭގައި ހުންނަނީ ރިޕަބްލިކް އޮފް މޮންޓެނެގްރޯގެ ޑިޕޮލޮމެޓިކް ޕްލޭޓް އާއި ދިދަ ހަރުކޮށްފައެވެ.

މޮންޓެނެގްރޯ އަކީ އިރުމަތީ ޔޫރަޕަށް ނިސްބަތްވާ ކުޑަކުޑަ ގައުމެކެވެ.

ފޭކް ޕްރިންސާއި އޭނާގެ ފޭކް އެމްބެސެޑަރު ފައިދާތައް ހޯދަމުން އިޓަލީގެ އެތަންމިތާގައި އުޅެމުންދަނިކޮށް މި މީހުންނަކީ ފޭކް ބައެއް ކަމުގެ ތުހުމަތު ކުރެވެން ދިމާވީ، ހުސްވި އަހަރުގެ އޮގަސްޓު މަހު އިޓަލީގެ ޕުލްގިއާގެ އަގު ބޮޑު ރިސޯޓެއްގައި ހަފްތާއެއް ވަންދެން ތިބުމަށްފަހު ހޮޓަލުން ނުކުތުމުން އެ ދެމީހުންގެ ބިލް މޮންޓެނެގްރޯގެ ފޮރިން މިނިސްޓްރީއަށް ފޮނުވުމުން އެ ބިލަށް ފައިސާ ދެއްކުމަށް އިންކާރު ކުރި ހިސާބުންނެވެ.

އެ ހިސާބުން އިޓަލީގެ ފުލުހުން ތަހުގީގު ފަށާ، އެ ދެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅޭ ހެކި ހޯދަން ފެށިއެވެ.

ފޭކް ޕްރިންސްގެ ފޭސްބުކް ޕޭޖް ހަދާފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެ ޕޭޖްގައި ޕްރިންސް ބައްދަލުކޮށްފައިވާ މީހުންނާ އެކު ނަގާފައިވާ ފޮޓޯ ތަކާއި، އޭނާ އެކި ނަންނަމުގައި ލަގަބު ދީފައިވާ މީހުންގެ ފޮޓޯތައްވެސް ހުއްޓެވެ. އޭގެ ތެރޭގައި ޕޮލިޓީޝަނުންނާއި، ވިޔަފާރިވެރިންނާއި، ޑިޕްލޮމެޓުންނާއި، ފިލްމީ ތަރިންފަދަ މީހުން ހިމެނެއެވެ. ޕްރިންސެއް ކަމަށް ހެދިގެން އިޓަލީގެ މި މީހާ ބައްދަލު ކުރި މަޝްހޫރު މީހުންގެ ތެރޭގައި ޕަމެލާ އެންޑަސަން ހިމެނެއެވެ. ޕަމެލާ މި ފޭކް ޕްރިންސްގެ މަޅީގައި ޖެހި އޭނާގެ އަތުން ޝަރަފެއްވެސް ވަނީ ހޯދާފައެވެ. އަދި އެ ޝަރަފް ދިން ރަސްމިއްޔާތުގެ ފޮޓޯވެސް އޭނާގެ އިންސަޓަގްރާމްގައި ޕޯސްޓްވެސް ކުރިއެވެ.

އިޓަލީގެ ނޫހެއް ކަމަށްވާ އަންސާއިން ބުނެފައިވާ ގޮތުގައި، މި ދެމީހުންގެ މަގްސަދެއް ކަމަށް ބެލެވެނީ ޔޫރަޕްގެ އެކި އަގު ބޮޑު ތަންތާގައި ހިލޭ ތިބުމާއި، ޚިދުމަތް ހޯދުމެވެ.

މޮންޓެނެގްރޯގެ ޕްރިންސަކަށް ހެދިގެން މި ހުރިހާ ކަމެއް އިޓަލީގެ އުމުރުން 57 އަހަރުގެ މި މީހާ ކުރަމުން ދިޔައިރު، 1918 ގެ ފަހުން މޮންޓެނެގްރޯ އަކީ ރަސްކަމެއް އޮންނަ ގައުމެއްވެސް ނޫނެވެ.

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2018

ދިޕިކާ އާއި ރަންވީރު ކައިވެނިކުރަން އިޓަލީއަށް

10 ނޮވެމްބަރު 2018
ދިޕިކާ އާއި ރަންވީރު ކައިވެނިކުރަން އިޓަލީއަށް
11 ޖުލައި 2018

ޖޯޖް ކްލޫނީ އިޓަލީގައި އެކްސިޑެންޓްވެ ފަރުވާ ދީފި، ހާލު ރަނގަޅު

11 ޖުލައި 2018
ޖޯޖް ކްލޫނީ އިޓަލީގައި އެކްސިޑެންޓްވެ ފަރުވާ ދީފި، ހާލު ރަނގަޅު
03 ޖުލައި 2018

ރަންވީރާއި ދީޕިކާގެ ކައިވެންޏަށް ޝާހުރުކް ޚާން އާއި އަރުޖުން އިޓަލީއަށް!

03 ޖުލައި 2018
ރަންވީރާއި ދީޕިކާގެ ކައިވެންޏަށް ޝާހުރުކް ޚާން އާއި އަރުޖުން އިޓަލީއަށް!
09 ޑިސެމްބަރު 2017

އަނުޝްކާ އިޓަލީގައި

09 ޑިސެމްބަރު 2017
އަނުޝްކާ އިޓަލީގައި
27 ސެޕްޓެމްބަރު 2017

ސަލްމާން ދަރިޔަކު ހޯދަނީ

27 ސެޕްޓެމްބަރު 2017
ސަލްމާން ދަރިޔަކު ހޯދަނީ
21 ސެޕްޓެމްބަރު 2017

ޓްރަމްޕް ވިދާޅުވި ނެމްބިއާ ކިޔާ އެފްރިކާ ގައުމެއް މީހުން ޗާޓުން ހޯދަނީ...!

21 ސެޕްޓެމްބަރު 2017
ޓްރަމްޕް ވިދާޅުވި ނެމްބިއާ ކިޔާ އެފްރިކާ ގައުމެއް މީހުން ޗާޓުން ހޯދަނީ...!
18 ސެޕްޓެމްބަރު 2017

އެކްޓަރު ޓޮމް އޮލްޓާ ކެންސަރަށް ފަރުވާ ހޯދަނީ

18 ސެޕްޓެމްބަރު 2017
އެކްޓަރު ޓޮމް އޮލްޓާ ކެންސަރަށް ފަރުވާ ހޯދަނީ
30 އޯގަސްޓު 2017

މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި

30 އޯގަސްޓު 2017
މަގުމަތީގައި ނަށަމުންދިޔަ 14 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި
01 ޖޫން 2017

ޑުބާއީގެ ފުލުހުންގެ ޚިދުމަތައް ރަސްމީ ކޮށް ރޮބޮޓިކް ފުލުހެއް ނުކުމެއްޖެ

01 ޖޫން 2017
ޑުބާއީގެ ފުލުހުންގެ ޚިދުމަތައް ރަސްމީ ކޮށް ރޮބޮޓިކް ފުލުހެއް ނުކުމެއްޖެ
02 މެއި 2017

އެރިކް ޑޭން ޑިޕްރެޝަނަށް ފަރުވާ ހޯދަނީ

02 މެއި 2017
އެރިކް ޑޭން ޑިޕްރެޝަނަށް ފަރުވާ ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް