Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޔުނިވާސިޓީ

ރާއްޖޭގެ ދެޔުނިވާސިޓީ އެއްކުރުމާމެދު ބަހުސްއަކަށް!

އިސްލާމީ ތައުލީމު ކުރިއަރުވަން އެނގޭނީ އިސްލާމީ ތައުލީމު ލިބިފައިވާ މީހުންނަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 ޖޫން 2019 | ބުދަ 10:41
އިސްލާމީ ޔުނިވާސިޓީ

އިސްލާމީ ޔުނިވާސިޓީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ އިސްލާމިކް ޔުނިވާސިޓީ (އައިޔޫމް) އެއްކޮށްލާ އައިޔޫމް އުވާލާ ބަހުސްއަކީ މިއަދު އެންމެ ބޮޑަށް ބަހުސް ކުރެވޭ މައުޟޫއެވެ. އެއްބަޔަކު އެމްއެންޔޫގެ ދަށަށް އައިޔޫމްގެ މެންޑޭޓް ބަދަލުކޮށް، ދެ ޔުނިވާސިޓީ އެއްކޮށްލައިގެން ހިންގުމަށް ތާއީދުކުރާއިރު، އަނެއް ބަޔަކު މިކަމަށް ދަނީ ދެކޮޅު ހަދަމުންނެވެ. ސިޔާސީ ކަމަކަށް ހަދައި އެއްބަޔަކު އަނެއް ބަޔަކަށް ހޫނު ބަހުގެ ހަމަލާތައް ވެސް ދަނީ ދެމުންނެވެ. މިމައްސަލާގައި ދެޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންގެ ހިޔާލު ވެސް ތަފާތެއެވެ.

މިމައްސަލާގައި ދެކޮޅު ހައްދަވާ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި އިސްލާމީ ތައުލީމު ކުރިއަރުވަން އެނގޭނީ އިސްލާމީ ތައުލީމުގެ ތަޚައްޞުޞް މީހުންނަށެވެ. ގައުމީ ޔުނިވަރސިޓީގެ ވެރިންނަކީ އިސްލާމީ ތައުލީމުގެ ތަޚައްޞުޞް މީހުން ނޫން ކަމުން، އެމީހުންގެ ދަށުގައި މިޒަމާނަށް ފެތޭގޮތަށް އިސްލާމީ ފެކަލްޓީ އެއް ތަރައްގީކުރެވިގެން ހިގައިދާނެ ކަމަށް އެބޭފުޅުން ސުވާލު އުފައްދައެވެ. މިދެ ޔުނިވާސިޓީގެ މެންޑޭޓް ތަފާތުއިރު އެއްކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންގެ ކިޔެވުމަށް ވެސް ކުރާނެ ކަމެއް ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ޔުނިވާސިޓީ އެއްކުރުމާ ދެކޮޅަށް ވާހަކަފުޅު ދައްކާވާފައެވެ. ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނުގެ ޝަހުސިއްޔަތު ރައްކާތެރިކުރުމަށާއި، އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކާއި އަގުތައް ދަސްކޮށްދީ ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުރުމަކީ ލާޒިމް ކަމެއް ކަމަށެވެ.

ރައީސް މައުމޫންގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުންނާއި، އަދާލަތު ޕާޓީންނާއި، ބައެއް މަޝްހޫރު ޝެއިހުން ވެސް ވަނީ އިސްލާމީ ޔުނިވާސިޓީ ގައުމީ ޔުނިވާސިޓީގެ ދަށަށް ގެންދިއުމަށް ދެކޮޅު ހައްދަވާ ނުރުހުން ފާޅުކޮށްފައެވެ.

ގައުމީ ޔުނިވާސިޓީގައި ކިޔަވާ ބައެއް ދަރިވަރުން މިކަމަށް ދެކޮޅު ހަދާ ވާހަކަ ދައްކަމުން ބުނީ އިސްލާމީ ޔުނިވާސިޓީގައި އަރަބި ބަހަށް އިސްކަންދީގެން ކިޔަވައިދެމުންދާއިރު، ގައުމީ ޔުނިވާސިޓީގައި އިސްކަންދެނީ އިނގިރޭސި ބަހަށް ކަމަށެވެ. އަދި ދެޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންގެ ތައުލީމީ ފެންވަރުގައި ބޮޑު ފަރަގެއް ހުންނާނެ ކަމަށް އެދަރިވަރުން ފާހަގަކުރެއެވެ.

މީގެ އިތުރުން ބައެއް ދަރިވަރުން ވަނީ ދެޔުނިވާސިޓީ އެއްކުރުމާއެއްކޮޅަށް ވާހަކަ ވެސް ދައްކާފައެވެ. އެގޮތުން މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެ ކަމަށާއި، ވަސީލަތްތައް އިތުރުވުމަކީ ދަރިވަރުންގެ ކިޔެވުމަށް ލިބޭ ކުރިއެރުމެއް ކަމަށް އެކުދިން ފާހަގަކުރެއެވެ.

މިދެ ޔުނިވާސިޓީ އެއްކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާ އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ މުހައްމަދު ޝަހީމު ވިދާޅުވީ އިސްލާމީ ޔުނިވާސިޓީއަކީ ރާއްޖެއާއި އިސްލާމީ އުންމަތާ ގުޅުވާލަދޭނެ ފާލަމެއް ކަމަށާއި، ރާއްޖޭގައި މުސްތަޤިއްލު އިސްލާމީ ޔުނިވާސިޓީ އެއް ހުރުމަކީ ކޮންމެހެން މުހިންމު ކަމަށެވެ. އަދި އިސްލާމީ ޚިލާފީ މައްސަލަތަކުގައި އިލްމީ ގޮތުން ފަހު ބަސް ބުނާނެ ތަނަކީ އައިޔޫއެމް ކަމަށާއި، ޔުނިވަރސިޓީގެ ޕްލޭންގައި ވާ ގޮތަށް ތަރައްގީ ކޮށްފިނަމަ ޔުނިވަރސިޓީ ވެގެންދާނީ ރާއްޖެއަށް އިގްތިސާދީ ގޮތުން ވެސް ފައިދާ ކުރާނެ ތަނަކަށެވެ.

އެގޮތުން ބައިނަލްއަގުވާމީ ދަރިވަރުންނަށް ހުޅުވާލެވި، މެލޭޝިޔާ ފަދަ ގައުމަކަށް ރާއްޖެ ވެގެންދާނެކަން ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޔުނިވަރސިޓީ އަކީ ޓްރެޑިޝަނަލް ޔުނިވަރސިޓީ އެއް ނޫން ކަމަށާއި، އެއީ މޮޑަން ތަނެއް ކަމަށްވާތީ ގިނަ ބަޔަކު ރާއްޖެއަށް ކިޔަވަން އަންނަން ބޭނުންވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ގާނޫނީ ފެކަލްޓީއަކީ ވަކި މުސްތަގިއްލު ފެކަލްޓީއެއްގެ ގޮތުގައި ހުންނަންޖެހޭނެ ތަނެއް ކަމަށާއި، ގާނޫނީ ފެކަލްޓީގެ ޑީން އަކަށް ހުންނަންޖެހޭނީ ވެސް ޤާނޫނީ ޢިލްމުގެ ބޭފުޅެއް ކަމަށެވެ. އަދި ޕްރޮފެޝަނަލް އުޞޫލަކީ އެއީ ކަމަށާއި، އިސްލާމީ ފެކަލްޓީއަކީ ތަފާތު ތަނެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެތަނުގެ ޑީން އަކަށް ހުންނަންވާނީ އިސްލާމީ ޢިލްމުގެ ބޭފުޅެއް ކަމަށެވެ.

އުސޫލަށް ގެންނަން ބޭނުންވާ ބަދަލަށް އިޝާރާތް ކުރައްވާ ޝަހީމް ވިދާޅުވީ ގައުމީ ޔުނިވަރސިޓީގައިވާ އިސްލާމީ ކުއްލިއްޔާ އުވާލައި އިސްލާމީ ޔުނިވަރސިޓީގެ ދަށަށް އެބައި ގެނައުން މުހިންމު ކަމަށާއި، ގައުމީ ޔުނިވަރސިޓީގައި އޮންނަންވީ ހަމަ އެކަނި އިސްލާމީ ތައުލީމުގެ ޕޯސްޓް ގްރެޖުއޭޓް ބައި ނުވަތަ ޕީއެޗްޑީ ކަމަށެވެ. އަދި އިސްލާމީ ޔުނިވަރސިޓީގައި ވެސް ޕީއެޗްޑޭ ހެދޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މިމަމަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާމިކް ޔުނިވަސިޓީގެ ގާނޫނާއި ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތަކަށް ބަހުސް ކުރައްވަމުން އެމްޑީޕީއާ ޖޭޕީގެ ބައެއް މެމްބަރުން ދެ ޔުނިވާސިޓީ އެއްކޮށްލުމަށް ތާއީދުކޮށް ބަހުސް ކުރައްވާފައިވެއެވެ.

އެގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ދަރިންނަށް ދެވޭ ތައުލީމަކީ އެންމެ ކޮލެޓީ ތައުލީމު ކަމަށް ވާންޖެހޭ ކަމަށާއި، އެގޮތަށް ސަރުކާރު މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. ދެ ޔުނިވާސިޓީ އެއްކޮށްލެވިގެން އިސްލާމީ ތައުލީމު ދެވޭނެ ގޮތަށް ގައުމީ ޔުނިވާސިޓީގެ ދަށުން އިސްލާމީ ފެކަލްޓީއެއް ހިންގުމަކީ ވަރަށް ރަނގަޅު ފެންވަރެއްގައި ދައުލަތަށް ކުރެވޭނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ގައުމީ ޔުނިވާސިޓީގައި އިސްލާމިކް ފެކަލްޓީއެއް ތަރައްގީކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެގޮތަށް އަމަލުކޮށްފި ނަމަ އެ ފެކަލްޓީގައި އިސްލާމީ އިލްމު ޕްރޮގްރާމްތައް ފުޅާކޮށް އިސްލާމީ އިލްމު ދެވޭނެ ކަމަށެވެ.

2000 އަށް ވުރެ ގިނަ ދަރިވަރުން އިސްލާމީ ޔުނިވާސިޓީގައި ތައުލީމު ހާސިލް ކުރަމުންދާއިރު، 7000 އަށްވުރެ ގިނަ ދަރިވަރުން ގައުމީ ޔުނިވާސިޓީގައި ދަނީ ތައުލީމް ހާސިލް ކުރަމުންނެވެ. ދެޔުނިވާސިޓީ އެއްކުރުމަކީ އެތަކެއް ދަރިވަރުންނާ ގުޅިފައިވާ ކަމަކަށްވާއިރު، ވަކި ގޮތަކަށް ނިންމަންވާނީ ރަނގަޅު މަޝްވަރާތަކެއް ކުރުމަށް ފަހު އެއްވެސް ބަޔަކަށް ގެއްލުމެއް ނުލިބޭ ގޮތަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

06 އޮކްޓޯބަރު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު