Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފިޓްނަސް އެޑިއުޓްރެނިން އޭޝިޔާ ޕްރޮގްރާމް

ފިޓްޒޯނުގެ ފިޓްނަސް އެޑިއުޓްރެނިން އޭޝިޔާ ޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

24 ޖޫން 2019 | ހޯމަ 13:22

މިޕްރޮގްރާމް ކުރިއަށްދާނީ ޖުލައި 31 އިން އޮގަސްޓް 6 އަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 24 ޖޫން 2019 | ހޯމަ 13:22
މެލޭޝިޔާގެ އިންޓަނޭޝަނަލް މާސްޓަރ ޓްރެއިނަރެއް ކަމަށްވާ ޖެރިކަން ޓޭން

މެލޭޝިޔާގެ އިންޓަނޭޝަނަލް މާސްޓަރ ޓްރެއިނަރެއް ކަމަށްވާ ޖެރިކަން ޓޭން

މެލޭޝިޔާގެ ފިޓްނަސް އެޑިއުޓްރެނިން އޭޝިޔާގެ ހާއްސަ ފިޓްނަސް ޓްރެއިނިން ޕްރޮގްރާމެއް ފިޓްޒޯނުން ހިންގަން ނިންމާފައިވާއިރު މިޕްރޮގްރާމްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ޖުލައި މަހުގެ 31 އިން ފެށިގެން އޮގަސްޓް 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ މިޓްރެނިން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިޕްރޮގްރާމް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް ފިޓްޒޯންގައި އެވެ.

މިފިޓްނަސް ޓްރެއިނިން ޕްރޮގްރާމްގައި ތަމްރީން ދެއްވާނީ ފިޓް މެލޭޝިޔާގެ އިންޓަނޭޝަނަލް މާސްޓަރ ޓްރެއިނަރެއް ކަމަށްވާ ޖެރިކަން ޓޭންއެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ފިޓްނަސް އެޑިއުޓްރެނިން އޭޝިޔާގެ ޕާސަނަލް ޓްރެއިނިން ދިނުމާއި ފިޓްނަސްގެ ހުރިހާ ދާއިރާއަކުން ހަރަކާތްތެރިވުމަށް ހާއްސަ ސެޓްފިކެޓެއް ދެވޭނެ ކަމަށް ފިޓްޒޯނުން ބުންޏެވެ.

މިޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ 650 ޑޮލަރުއެވެ.

ފިޓްޒޯނުގެ މެނޭޖިން ޑިރެކްޓަ އަހުމަދު ރިޔާޒް ވިދާޅުވީ މިފަދަ ޓްރެއިނިން ޕްރޮގްރާމެއް ހިންގުމުގެ މަޤްޞަދަކީ ފިޓްނަސްގެ ދާއިރާއިންނާއި ޕާސަނަލް ޓްރެއިނިން ހަދަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.

މީގެ އިތުރުން ފިޓް ޒޯންއަކީ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންގެންދާ ތަނަކަށްވާ އިރު ފިޓް ޒޯން އިން ކުރިއަށްގެންދާ ގުރޫޕު ފިޓްނަސް ޕްރޮގްރާމްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ގުރޫޕުގެ ފިޓްނަސްގެ ދަށުން ފިޓް ޒޯނުން ވަނީ ސްޓޫޑިއޯއެއް ވެސް ހުޅުވާފައެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ކްލާސްތައް ހިންގަމުން ގެންދާއިރު، ސްޓީލް ކޮމްބެޓް، ސްޓީލް ޓޮނިކް، ސްޓީލް ޓްރެއިނިން ޕްރޮގްރާމް، ޒުންބާ ކުރިއަށް ގެންދެއެވެ.

ފިޓްޒޯނުން އަންނަނީ ޕާސަނަލް ޓްރެއިނަރުންގެ ހިދުމަތް ވެސް ދެމުންނެވެ. އެގޮތުން ޕާސަނަލް ޓްރެއިނަރުންގެ އަގުތައް އުޅެނީ 2،000ރ. އާއި 3،000ރ. އާ ދެމެދުގަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2019

ފިޒިކަލް ފިޓްނަސް ސެންޓަރުން އާންމުންނަށް ހިލޭ ބައެއް ކްލާސްތައް އަންނަ ހަފްތާގައި

06 ސެޕްޓެމްބަރު 2019
ފިޒިކަލް ފިޓްނަސް ސެންޓަރުން އާންމުންނަށް ހިލޭ ބައެއް ކްލާސްތައް އަންނަ ހަފްތާގައި
10 ޖޫން 2019

ފިޓްނަސް އެޑިއުޓްރެނިން އޭޝިޔާގެ ހާއްސަ ފިޓްނަސް ޓްރެއިނިން ޕްރޮގްރާމެއް ފިޓްޒޯނުން ހިންގަނީ!

10 ޖޫން 2019
ފިޓްނަސް އެޑިއުޓްރެނިން އޭޝިޔާގެ ހާއްސަ ފިޓްނަސް ޓްރެއިނިން ޕްރޮގްރާމެއް ފިޓްޒޯނުން ހިންގަނީ!
26 ފެބުރުއަރީ 2019

އޭޝިޔާގައި ބާއްވާ ބޮޑު ދެ ޓްރެވެލް ޓްރޭޑް ފެއަރގައި މަޓާޓޯއިން ބައިވެރިވަނީ

26 ފެބުރުއަރީ 2019
އޭޝިޔާގައި ބާއްވާ ބޮޑު ދެ ޓްރެވެލް ޓްރޭޑް ފެއަރގައި މަޓާޓޯއިން ބައިވެރިވަނީ
12 އޮކްޓޯބަރު 2018

ހޮޓެލް އޭޝިޔާ އެގްޒިބިޝަންއަށް ބޮޑު ތަރުހީބެއް

12 އޮކްޓޯބަރު 2018
ހޮޓެލް އޭޝިޔާ އެގްޒިބިޝަންއަށް ބޮޑު ތަރުހީބެއް
18 އެޕްރީލު 2018

ވިޔަފާރި ފަށާނެ ގޮތާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

18 އެޕްރީލު 2018
ވިޔަފާރި ފަށާނެ ގޮތާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
18 އެޕްރީލު 2018

ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

18 އެޕްރީލު 2018
ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި
18 ސެޕްޓެމްބަރު 2017

175 ސްޓޯލްއާ އެކި ހޮޓެލް އޭޝިޔާ އެގްޒިބިޝަން 2017 ހުޅުވައިފި

18 ސެޕްޓެމްބަރު 2017
175 ސްޓޯލްއާ އެކި ހޮޓެލް އޭޝިޔާ އެގްޒިބިޝަން 2017 ހުޅުވައިފި
01 އޯގަސްޓު 2017

"އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބީއެމްއެލްއަށް

01 އޯގަސްޓު 2017
 "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބީއެމްއެލްއަށް
13 ޖުލައި 2017

ބްރީތްލައިފްގެ ނަމުގައި ފިޓްނަސް ސެންޓަރެއް ހުޅުވައިފި

13 ޖުލައި 2017
ބްރީތްލައިފްގެ ނަމުގައި ފިޓްނަސް ސެންޓަރެއް ހުޅުވައިފި
05 މާރިޗު 2017

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް