Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީއަކަށް އިސްލާމިކް ޔުނިވަރސިޓީ ހަދައިފި ނަމަ މާ ރަނގަޅު ތައުލީމެއް ފޯރިކޮށްދެވޭނެ: މެމްބަރުން

24 ޖޫން 2019 | ހޯމަ 09:36

ސިޔާސީ ނުފޫޒުން ޔުނިވަރސިޓީ މިނިވަން ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖޫން 2019 | ހޯމަ 09:36
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫމް) އެއްކޮށްލައި ގައުމީ ޔުނިވަރސިޓީގެ ފުރާޅުގެ ދަށުގައި ހިނގާ ފެކަލްޓީއަކަށް ހަދައިފި ނަމަ މާރަނގަޅު ފެންވަރުގެ ތައުލީމު ދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ބުނެފިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ބަހުސްކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ދަރިންނަށް ދެވޭ ތައުލީމަކީ އެންމެ ކޮލެޓީ ތައުލީމު ކަމަށް ވާންޖެހޭ ކަމަށާއި، އެގޮތަށް ސަރުކާރު މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

Advertisement - newsAdvertisement

މެމްބަރު އިމްތިޔާޒު ވިދާޅުވީ ޔުނިވަރސިޓީތައް ހިންގާއިރު އެތަންތަނަކީ ސިޔާސީ ކުލަވަރުޖެހި، ސިޔާސީ ނުފޫޒު ވަދެފައިވާ ތަންތަނުގައި ބަދަލުގައި އެކަޑަމިކް ގޮތަކަށް ރާއްޖޭގެ ދަރިވަރުންނަށް އެންމެ ފުރިހަމަ ގޮތަކަށް ތައުލީމު ދެވޭނެ ނިޒާމެއް ގޮތުގައި އެކުލަވާލުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. އަދި ކައުންސިލްގައި ހުރިހާ ގިންތިތަކެއް ވެސް އެކުލެވޭނެ ގޮތަކަށް ބަދަލު ކުރުމަކީ މުހިންމު ކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އިމްތިޔާޒު ވިދާޅުވީ ދެ ޔުނިވަރސިޓީ އެއްކޮށްލެވިގެން އިސްލާމީ ތައުލީމު ދެވޭނެ ގޮތަށް ގައުމީ ޔުނިވަރސިޓީގެ ދަށުން އިސްލާމީ ފެކަލްޓީއެއް ހިންގުމަކީ ވަރަށް ރަނގަޅު ފެންވަރެއްގައި ދައުލަތަށް ކުރެވޭނެ ކަންތައް ކަމަށެވެ.

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ ޔުނިވަރސިޓީގެ ކައުންސިލް މިނިވަންވާންޖެހޭ ކަމަށާއި، އެކައުންސިލް މިނިވަން ކައުންސިލްއަކަށް ވެގެން ނޫނީ ރާއްޖޭގެ ތައުލީމީ ފެންވަރު ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

މެމްބަރު ވިސާމް ވިދާޅުވީ ވޭތުވެދިޔަތަނުގައި ފެނިފައިވަނީ ސިޔާސީ ބައެއް ބޭފުޅުން ނުފޫޒު އެކައުންސިލްގެ މައްޗަށް ބާރުވެރިވެ އެކައުންސިލުން ވަކި ގޮތްތަކަށް ކަންތައް ކުރަމުންދާތަން ކަމަށެވެ.

މެމްބަރު ވިސާމް ވިދާޅުވީ މާލެ ފިޔަވައި އަތޮޅު ތެރޭގައި މިހާރު ގާއިމްވެފައިވާ ޔުނިވަރސިޓީ މަރުކަޒުތައް ނުވަތަ ގޮފިތައް ކައުންސިލްގައި ތަމްސީލް ކުރެވެންޖެހޭ ކަމަށާއި، ކައުންސިލްގައި ތަމްސީލް ކުރެވިގެން ނޫން ގޮތަކަށް އެތަންތަނުގެ ތައުލީމީ ކަންތައްތައް ހަރުދަނާ ކުރެވިގެން ނުދާނެ ކަމަށެވެ.

މެމްބަރު ވިސާމް ވިދާޅުވީ ގަމުގައި ޔުނިވަރސިޓީގެ ކެންޕަހެއް އެޅުމަށް 45 ހެކްޓަރުގެ ބިމެއް ދީފައިވާ ކަމަށާއި، އެކަމުގެ އަމަލީ މަސައްކަތް ފަށާނެ ދުވަހެއްގެ އުންމީދުގައި ރައްޔިތުން އަދިވެސް އެބަތިބި ކަމަށެވެ.

ހިތަދޫ މެދު ދައިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ ގައުމީ ޔުނިވަރސިޓީގެ ގާނޫނަށް އަނެއްކާ ވެސް އިސްލާހު ގެންނަން ހުށަހެޅިފައިވާ ބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށާއި، މިބިލުން ގެނެވޭ އެންމެ މުހިންމު އިސްލާހަކީ އެ އިރެއްގައި އޮންނަ ސަރުކާރެއްގައި ސިޔާސީ ނުފޫޒުން ގައުމީ ޔުނިވަރސިޓީ ސަލާމަތް ކުރެވޭނެ ކަމަށެވެ.

މެމްބަރު ރަޝީދު ވިދާޅުވީ ގައުމީ ޔުނިވަރސިޓީގެ ކައުންސިލް އެކުލެވިގެންވާ ގޮތަށް މިގެނެވޭ އިސްލާހުގެ ސަބަބުން ޑެފިއުޓީ ވައިސް ޗާންސެލަރު ކައުންސިލުން އައްޔަން ކުރެވޭ ކަމަށާއި، ކައުންސިލް މެމްބަރުން އައްޔަންކުރެވޭ ގޮތް ބަދަލުވެގެން ދަނީ މިނިވަންކަމާއި ސިޔާސީ ނުފޫޒެއް ނެތި ބަސްބުނެ ކަންކަން ނިންމޭނެ ގޮތަށް ކަމަށެވެ.

ޔުނިވަރސިޓީގެ ބައެއް ފެކަލްޓީތަކުގައި ދަރިވަރުން ވަރަށް މަދުކަން ފާހަގަކުރައްވައި މެމްބަރު ރަޝީދު ވިދާޅުވީ ޚާއްސަކޮށް ދިވެހިބަހުގެ ޑިގްރީއަށް ކިޔަވާ ކުދިން މަދުކަން ފާހަގަކުރެވޭ ކަމަށާއި، އެހެން ދިމާވަނީ ދިވެހިބަހުން ޑިގްރީ ހާސިލްކުރުމުން ވަޒީފާ ލިބުމުގައި ފުރުސަތު ކުޑަވުމުން ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ދިވެހި ބަހުން ޑިގްރީ ހަދާ ދަރިވަރުންނަށް ވެސް ޔުނިވާސިޓީގައި އޮންނަ އެހެން ފެކަލްޓީއަކުން އެކައުންޓް ފަދަ ޕްރޮގްރާމުތަކުގަ ބައިވެރިވެވޭ ގޮތަށް ކަންކަން ހަމެޖެހިފައި އޮތުން މުހިންމު ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މެމްބަރު ރަޝީދު ވިދާޅުވީ ދެ ޔުނިވަރސިޓީގައި ކަންކަން އޮތީ އެއްގޮތަކަށް ކަމަށް ވާތީ ދެ ޔުނިވަރސިޓީ އެއްކުރެވިއްޖެ ނަމަ ހަރަދުގެ ގޮތުންނާއި، ކިޔަވާދިނުމުގެ އުސޫލަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ގައުމީ ޔުނިވަރސިޓީގައި އިސްލާމިކް ފެކަލްޓީއެއް ތަރައްގީކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެގޮތަށް އަމަލުކޮށްފި ނަމަ އެ ފެކަލްޓީގައި އިސްލާމީ އިލްމު ޕްރޮގްރާމްތައް ފުޅާކޮށް އިސްލާމީ އިލްމު ދެވޭނެ ކަމަށެވެ.

ދުނިޔޭގައި އަމަލު ކުރަމުންދާ އެންމެ ރަނގަޅު އުސޫލަކީ ވެސް ވަކި މާއްދާތަކަށް ޔުނިވަރސިޓީއެއްގައި ވަކި ފެކަލްޓީތަކެއް ގާއިމު ކުރުން ކަމަށް މެމްބަރު ހިސާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
06 މާރިޗު 2017

ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި

06 މާރިޗު 2017
ވާހަކަ ދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ފަށައިފި
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް